ނަފްސާނީ ބަލި: ދުނިޔޭގެ އިގްތިސާދަށް އަހަރަކު އެއް ޓްރިލިއަން އެމެރިކާ ޑޮލަރުގެ ގެއްލުން ލިބޭ

ނަފްސާނީ ބަލި: ދުނިޔޭގެ އިގްތިސާދަށް އަހަރަކު އެއް ޓްރިލިއަން އެމެރިކާ ޑޮލަރުގެ ގެއްލުން ލިބޭ
ލިޔުން:
ނަފްސާނީ ބަލިތަކުގެ ސަބަބުން ދުނިޔޭގެ އިގްތިސާދަށް ކޮންމެ އަހަރަކު ގާތްގަނޑަކަށް އެއް ޓްރިލިއަން އެމެރިކާ ޑޮލަރުގެ ގެއްލުން ލިބޭ ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާގެ ހިސާބުތަކުން ދައްކައެވެ.
މިއަދު ފާހަގަކުރަމުންދާ ބައިނަލްއަގްވާމީ ނަފްސާނީ ބަލީގެ ދުވަހާއި ގުޅުވައިގެން ދެއްވި ހިތާބުގައި ހެލްތް މިނިސްޓަރު އަބްދުﷲ ނާޒިމް ވެސް މިކަން ވަނީ ފާހަގަ ކުރައްވާފައެވެ.
މިނިސްޓަރު ވިދާޅުވި ގޮތުގައި ޑިޕްރެޝަންގެ އަލާމާތްތައް ކޮންމެ 5 މީހަކު އެކަކު ތަހައްމަލުކުރެއެވެ.
ނާޒިމްގެ ހިތާބުގައި ވަނީ ދުނިޔޭގެ ނިސްބަތުގައި ކޮންމެ 8 މީހަކުން އެކަކީ ނަފުސާނީ އުނދަގޫ ތަކެއް ތަޙައްމަލުކުރަމުންދާ މީހެއްކަން ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާއިން ފާހަގަކޮށްފައިވާ ކަމަށް ވިދާޅުވެފަ އެވެ. އަދި 2022 ވަނަ އަހަރުގެ ޑަބްލިޔުއެޗްއޯގެ ސްޓެޕް ސާވޭއިން ހާމަވެފައިވާގޮތުން، ޑިޕްރެޝަންގެ އަލާމަތްތައް ކޮންމެ 5 މީހަކުން އެކަކު ތަހައްމަލުކުރާ ކަންވެސް މިނިސްޓަރު ފާހަގަކުރެއްވި އެވެ.
“އަދި ނަފްސާނީ ބައްޔެއްގެ ސަބަބުން އަމިއްލަ ނަފްސަށް ގެއްލުން ދިނުމުގެ ޚިޔާލު ކޮންމެ 20 މީހަކުން އެކަކުގެ ހުންނަކަން ފާހަގަވެފައިވޭ. ޑިޕްރެޝަނާއި ހާސްކަމުގެ ސަބަބުން އަހަރަކު 12 ބިލިއަން މަސައްކަތު ދުވަހުގެ ގެއްލުން ލިބޭ”
ނަފްސާނީ ބަލިތަކަށް ކުރިއާލާ ރައްކާތެރި ނުވެވިއްޖެނަމަ، ފަރުވާ ދިނުމަށް ހުންނަ ގިނަ ގޮންޖެހުންތަކުގެ އިތުރުން ބޮޑު ހޭދައެއް ކުރަންޖެހޭ ކަމަށްވެސް މިނިސްޓަރު ވިދާޅުވި އެވެ.
މި އަހަރު ނަފްސާނީ ސިއްހަތުގެ ދުވަހުގެ ޝިއާރުގެ ގޮތުގައި ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާއިން ކަނޑައަޅާފައިވަނީ “މެންޓަލް ހެލްތް އެޓް ވޯކް” ނުވަތަ “މަސައްކަތުގެ ވެށީގައި ނަފްސާނީ ދުޅަހެޔޮކަން” މި ޝިއާރެވެ.
“މުވައްޒިފުންނަށް ރައްކާތެރި، އަޅާލާ، އޯގާތެރި މަސައްކަތު މާހައުލެއް ބިނާކުރުމަކީ ނަފްސާނީ ގޮތުން ދުޅަހެޔޮ ސިއްޙަތަކަށް މަގުފަހިކޮށްދީ، ވަޒީފާގެ މަޤުޞަދުތައް ހާސިލްކުރުމަށް ވަރަށް ބޭނުންތެރި ކަމެއް. ނަފްސާނީ ބަލީގެ ޙާލަތު ރާއްޖޭގައި ވެސް އެއްދުވަހުން އަނެއްދުވަހަށް ނުރައްކާތެރިވަމުންދާކަމަށް ތަފާސްހިސާބު ތަކުން ދައްކާ”
މުވައްޒިފުންނަށް ނަފްސާނީ ގޮތުން ދުޅަހެޔޮ ވަޒީފާގެ މާހައުލެއް އުފެއްދުމަށް މިނިސްޓަރު ގޮވާލައްވާފައި ވެއެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

ފުލުހުން ބަލައިފާސްކުރަން ފެށުމުން އަތުގައި އޮތް މަސްތުވާއެއްޗެއް އެއްލާލި މީހަކު ބ މާޅޮހުން ހައްޔަރުކޮށްފި

ކަރަންޓާއި ފެނުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް އޭޑީބީ އިން ރާއްޖެއަށް 50 މިލިއަން ޑޮލަރުގެ އެނާޖީ ސެކިއުރިޓީ އިމަޖެންސީ ލޯނެއް ދޫކުރަން ނިންމައިފި

މަސްތުވާތަކެތި ވިއްކާ މީހަކު ހުޅުދޫ އިން ހައްޔަރުކޮށްފި

ތަފާތު ރަށްރަށާއި ތަފާތު ޖަމާޢަތްތަކާއި ތަފާތު ސަގާފަތްތަކުގެ އަހުލުވެރި ޒުވާނުންނަށް ތަޖުރިބާކުރެވެނީ ތަފާތު ޙަޤީޤަތްތަކެއް: ރައީސް

މަސްތުވާތަކެތީގެ މައްސަލައެއް ސާބިތުވެ މާއުނގޫދޫ ޒުވާނަކު 25 އަހަރަށް ޖަލަށް ލައިފި

ކުރިއަށް އޮތް 3 ހަފްތާގައި ބޭންކު ތަކަށް ދޫކުރާ ޑޮލަރުގެ މިންވަރު 51 އިންސައްތަ އިތުރުކުރަން އެމްއެމްއޭ އިން ނިންމައިފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
