މާލެ: 31°C

ރައީސްގެ އިންޑިއާ ދަތުރުފުޅު: ގައުމުގެ ސިޔާދަތީ ބާރު ގެއްލޭ ފަދަ އެއްވެސް ކަމެއް ނެތް: ޣައްސާނު

ރައީސްގެ އިންޑިއާ ދަތުރުފުޅު: ގައުމުގެ ސިޔާދަތީ ބާރު ގެއްލޭ ފަދަ އެއްވެސް ކަމެއް ނެތް: ޣައްސާނު
October 10, 2024
3 ފަހަރު ބަލާފައި
ރައީސްގެ އިންޑިއާ ދަތުރުފުޅު: ގައުމުގެ ސިޔާދަތީ ބާރު ގެއްލޭ ފަދަ އެއްވެސް ކަމެއް ނެތް: ޣައްސާނު
ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ދިވެހިންގެ ފުރިހަމަ ސިޔާދަތީ ބާރު ގެއްލޭ ފަދަ ނޫނީ ނުރައްކާވާ ފަދަ އެއްވެސް ކަމެއް، އެއްވެސް އެއްބަސްވުމެއްގެ ދަށުން ކޮށްފައި ނުވާ ކަމުގައި ޑިފެންސް މިނިސްޓަރު މުހައްމަދު ޣައްސާން މައުމޫން ވިދާޅުވެއްޖެ އެވެ. އިންޑިއާގެ ރައީސް, ދުރޫޕަދީ މުރުމޫގެ ދައުވަތަކަށް އެ ގައުމަށް ކުރައްވާ ފުރަމާނަ ދަތުރުފުޅު ރައީސް ފެއްޓެވީ މިދިޔަ އާދިއްތަ ދުވަހު އެވެ. މިއަދުގެ ނިޔަލަށް ކުރައްވާ ދަތުރުފުޅުގައި މިހާތަނަށް އެ ގައުމުގެ މަތީ ފަންތީގެ ގިނަ ބޭފުޅުންނާ ބައްދަލު ކުރައްވައި ގިނަ މަޝްވަރާތަކެއް ވަނީ ކުރައްވާފަ އެވެ. އަދި ރާއްޖެ އާއި އިންޑިއާ އާ ދެމެދު ފަސް އެއްބަސްވުމެއްގައި ވަނީ ސޮއިކޮށްފަ އެވެ. ދައުލަތުގެ މީޑިއާ ގައި ވާހަކަ ދައްކަވަމުން ޣައްސާން ވިދާޅުވީ ރައީސްގެ އިންޑިއާ ދަތުރުފުޅަކީ ވަރަށް ކާމިޔާބު ދަތުރުފުޅެއް ކަމަށެވެ. ދިވެހި ރައްޔިތުންނަށް ފައިދާވާނެ ވަރަށް ބައިވަރު ކަންތައްތަކެއް އެމަނިކުފާނުގެ ބުރަ މަސައްކަތްޕުޅުން ހާސިލުކޮށްދެއްވާފައިވާ ކަމަށް މިނިސްްޓަރު ވިދާޅުވި އެވެ. ޣައްސާން ވިދާޅުވީ ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތާ އަދި އިސްތިގުލާލަށް ޒައްރެއްގެ މިންވަރު ވެސް ބުރޫއަރާފަދަ ކަމެއް އެ ދަތުރުފުޅުގައި އަދި އެހެން ދަތުރުފުޅެއްގައި ވެސް ރައީސް ނުކުރައްވާނެ ކަމަށެވެ. "އެއްވެސް އެއްބަސްވުމެއްގެ ދަށުން ދިވެހިންގެ ފުރިހަމަ ސިޔާދަތީ ބާރު ގެއްލޭ ފަދަ ނޫނީ ނުރައްކާވާ ފަދަ އެއްވެސް ކަމެއް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒުގެ ސަރުކާރަކުން ކުރައްވާފައެއް ނެތް،" ޣައްސާން ވިދާޅުވި އެވެ. ދިވެހި ރައްޔިތުން ބޭނުންވާ ގޮތަށް ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތާ އަދި އިސްތިގުލާލު ހިމާޔަތް ކުރާނީ ގައުމީ ދިފާއީ ބާރު، މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ކަމުގައި ފާހަގަކުރެއްވި އެވެ. އެގޮތުން ގާބިލިއްޔަތު އިތުރުކުރުމުގެ މަސައްކަތް ރައީސް ދަނީ ކުރައްވަމުން ކަމަށެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ