މާލެ: 31°C

އިންޑިއާ ދަތުރުފުޅުގެ ކާމިޔާބީގައި ރައީސް ހުންނެވީ ހިތްހަމަ ޖެހިވަޑައިގެން

އިންޑިއާ ދަތުރުފުޅުގެ ކާމިޔާބީގައި ރައީސް ހުންނެވީ ހިތްހަމަ ޖެހިވަޑައިގެން
October 10, 2024
3 ފަހަރު ބަލާފައި
އިންޑިއާ ދަތުރުފުޅުގެ ކާމިޔާބީގައި ރައީސް ހުންނެވީ ހިތްހަމަ ޖެހިވަޑައިގެން
އިންޑިއާގެ ދަތުރުފުޅަކީ ވަރަށް ކާމިޔާބު ދަތުރުފުޅެއް ކަމަށާއި އެ ދަތުރުފުޅުން މުހިއްމު ކަންތައްތަކަކަށް މަސައްކަތްފެށި, މަގު ހުޅުވިގެން ގޮސްފި ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ. ރައީސް އެެހެން ވިދާޅުވީ އިންޑިއާއަށް މިހާރު ކުރައްވަމުންގެންދަވާ ދަތުރުފުޅުގައި ބެންގަލޫރަށް ވަޑައިގެން އެތަނުގައި ދިރިއުޅޭ ދިވެހިންނާ ރޭ ބައްދަލުކުރައްވަ އެވެ. ރައީސް ވިދާޅުވީ އިންޑިއާގެ ދަތުރުފުޅު ކާމިޔާބުވާ ސަބަބަކީ ކަނޑައެޅި މަގުސަދު ހާސިލުވާތީ ކަމަށެވެ. "މި ދަތުރުގެ އިރާދަކުރެއްވިއްޔާ ވަރަށް ކާމިޔާބު ދަތުރެއް. ކާމިޔާބު އަޅުގަނޑު މިދަންނަވާ ސަބަބަކީ އަޅުގަނޑު ކަނޑައެޅި މަގުސަދު ހާސިލުވާތީ. ދިވެހި ރައްޔިތުންނަށް ކަންކަން މަގުފަހިވެގެންދާ ގޮތަށް ދިވެހި ރައްޔިތުންގެ  ހައްގުގައި ރައްޔިތުންނަށް މުހިއްމު ކަންތައްތަކަކަށް މަސައްކަތްފެށި, މަގު ހުޅުވިގެން ދިޔައީމަ." ރައީސް ވިދާޅުވީ އެހެން ގައުމުތަކާ ދޭތެރޭގައި އޮންނާނީ ކޮންކަހަލަ ގުޅުމެއްކަން ހާރިޖީ ސިޔާސަތު އޮންނާނީ ކިހިނެތްކަން ރިޔާސީ އިންތިހާބުގައި މެނިފެސްޓޯ ލޯންޗުކުރަން ބޭއްވި ޖަލްސާގައި އިއުލާނުކުރައްވާފައިވާނެ ކަމަށެވެ. "އެ ސިޔާސަތު އެއީ އަޅުގަނޑު އަބަދުވެސް ކުރިއަށް ގެންދާނެ ސިޔާސަތަކީ. އެއީ ކޮން ސިޔާސަތެއްތޯ. އެއީ ދިވެހި ރައްޔިތުން އިސްކުރުމުގެ ސިޔާސަތު. ދިވެހި ގައުމު އިސްކުރުމުގެ ސިޔާސަތު." އެ ގާތްގުޅުން ބާއްވާއިރު މިނިވަންކަމާއި ސިޔާދަތާއި އިސްތިގުލާލު ހިމާޔަތްވާކަން އަބަދުވެސް ކަށަވަރުވާނެ ކަމަށް ރައީސް ވިދާޅުވި އެވެ. ރައީސް ވިދާޅުވީ އެ ދުވަހުން ފެށިގެން މިއަދާ ހަމައަށް ވެސް އަދި ކުރިއަށް އޮތްތަނުގައިވެސް މަސައްކަތްކުރައްވާނީ އެ ސިޔާސަތާއެކު ކަމަށެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ