މާލެ: 31°C

ސްޕޯޓްސް ކާރު އެކްސިޑެންޓްވުމުން ފިލި ތިން މީހުންނަށް ދައުވާކޮށް މިއަދު ޝަރީއަތް ފަށަނީ

ސްޕޯޓްސް ކާރު އެކްސިޑެންޓްވުމުން ފިލި ތިން މީހުންނަށް ދައުވާކޮށް މިއަދު ޝަރީއަތް ފަށަނީ
October 10, 2024
2 ފަހަރު ބަލާފައި
ސްޕޯޓްސް ކާރު އެކްސިޑެންޓްވުމުން ފިލި ތިން މީހުންނަށް ދައުވާކޮށް މިއަދު ޝަރީއަތް ފަށަނީ

ވިނަރެސް ފްލެޓްތައް ކައިރީ މި އަހަރުގެ ޖުލައި ފަހުކޮޅު ހިނގި ނުރައްކާތެރި އެކްސިޑެންޓަށް ފަހު ފިލި ތިން މީހުންގެ މައްޗަށް ދައުވާކޮށްފި އެވެ.

މި މައްސަލަތައް ކްރިމިނަލް ކޯޓުގައި ފަށަން މިއަދަށް އޮތީ ތާވަލުކޮށްފަ އެވެ.

ޖުލައި މަހުގެ ފަހު ދުވަހު، ވިނަރަސް ފްލެޓް ސަރަހައްދު ގައި އެކްސިޑެންޓް ހިނގީ ބާރު ސްޕީޑްގައި ދުއްވި ރަތް ކުލައިގެ ސްޕޯޓްސް ކާރެއް ކޮންޓްރޯލް ނުވެގެންނެވެ. އެނބުރެމުން އެނބުރެމުން އައި ރަތްކުލައިގެ އެ ކާރުން ޖެހުނީ އެވަގުތު މަގުގެ އެއް ފަރާތުގައި ސައިކަލެއްގައި މަޑުކޮށްގެން އިން މީހެއްގެ ގައިގަ އެވެ. މި ހާދިސާގައި އެ މީހާއަށް ބޮޑެތި އަނިޔާތަކެއްވެސް ވިއެވެ. އެކްސިޑެންޓްގައި މީހަކަށް ބޮޑެތި އަނިޔާތަކެއް ވެފައިވަނިކޮށް ފިލި ތިން މީހުންނަކީ މ. ލޭންޑްއޮފްގާޑްން، އިބްރާހިމް އިކްރާމާއި ހ. ނޫރަންމާގެއާގޭ އިކްރާމުއްރަހުމާނާއި ގއ. ކަނޑުހުޅުދޫ އާޒާދު، ޖިނާހު އިސްމާއީލެވެ. މި ތިން މީހުންގެ މައްޗަށް ގިނަ ދައުވާތަކެއް ވަނީ ކޮށްފައިވާއިރު، ތިން މީހުންވެސް ތިބީ ބަންދުކޮށްފައެވެ. އެ ތިން މީހުންގެ މައްޗަށް އުފުލާފައިވާ ދައުވާތަކަކީ އަނިޔާއެއް ދިނުމުގެ ދައުވާއާއި، މީހަކު ފަރުވާލެއް ނެތި ކުރާ އަމަލެއްގެ ސަބަބުން މީހަކަށް، އޭނާގެ ހަށިގަނޑަށް ބޮޑު އަނިޔާއެއް ލިބިދާނެ ކަމުގެ ބިރެއް ކުރިމަތިކުރުވުމުގެ ދައުވާއާއި މުދަލަށް ގެއްލުން ދިނުމުގެ ދައުވާއާއި އެކްސިޑެންޓް ވުމުން އެކަމުގެ ރިޕޯޓް ނުކުރުމުގެ ދައުވާ އަދި އެހީއަށް ބޭނުންވެފައިވާ މީހާއަށް އެކަށީގެންވާ ސަބަބެއް ނެތި އެހީތެރިކަން ފޯރުކޮށްނުދިނުމުގެ ދައުވާއެވެ. ތިން މީހުންގެ މައްޗަށް ހުރިހާ ދައުވާއެއް ނުކުރެއެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ