ދޭ ޚިދުމަތާ އެކަށީގެންނުވާ އަގުތައް އުމްރާވެރިން އަތުން ނުނެގޭ ގޮތަށް ގަވާއިދު އެކުލަވާލައިފި

ދޭ ޚިދުމަތާ އެކަށީގެންނުވާ އަގުތައް އުމްރާވެރިން އަތުން ނުނެގޭ ގޮތަށް ގަވާއިދު އެކުލަވާލައިފި
ލިޔުން:
ދޭން ކަނޑައަޅާ ހިދުމަތްތަކާ އެކަށީގެންނުވާ އަގުތައް ޢުމްރާއަށް ދާ މީހުންގެ އަތުން ނަގައިގެން ނުވާނެ ކަމަށް ކަނޑައަޅައިފިއެވެ.
ސަރުކާރުގެ ގެޒެޓުގައި އިސްލާމިކް މިނިސްޓްރީން މިއަދު ޝާއިއުކުރި އުސޫލުގައި ބުނީ މިއީ އުމްރާއަށް މީހުން ގެންދާ ފަރާތްތަކާއ،ި އުމްރާވެރީންގެ ހައްގުތަށް ހިމާޔަތްކޮށް އުމްރާއަށް ދާން ބޭނުންވާ ދިވެހި ރައްޔިތުންގެ ފައިސާ ރައްކައުތެރިކަމާއެކު ބެލެހެއްޓޭނެ ގޮތްތަކާއ،ި ފެންވަރު ރަނގަޅު ހިދުމަތެއް ލިބޭނެ ފަދަ އިންތިޒާމެއް
ހަމަޖައްސައިދިނުމުގެ މަގުސަދުގައި އެކުލަވާލި އުސޫލެއް ކަަމަށެވެ.
އަދި އުމްރާގެ ހިދުމަތްދޭ ކުންފުނިތަކުގެ އުމްރާގެ ހިދުމަތާ ގުޅޭ ކަންކަން ރެގިއުލޭޓްކޮށް ބެލެހެއްޓުމަކީ އުސޫލު ގެ މަގުސަދެއް ކަމަށެވެ.
އެ އުސޫލުގައި ބުނެފައިވާ ގޮތުގައި އުމުރުން 45 އަހަރު ހަމަނުވާ އަންހެނުން މަހުރަމަކާ ނުލައި އުމްރާއަށް ގެންގޮސްގެން ނުވާނެ އެވެ. އަދި 18 އަށާރަ އަހަރު ނުވާ ފިރިހެންކުދީން ބެލެނިވެރިޔަކާ ނުލައި އުމްރާއަށް ގެންގޮސްގެން ނުވާނެއެވެ.
އަދި ޖިސްމާނީގޮތުން ނުވަތަ ނަފްސާނީގޮތުން ނުވަތަ ސިއްހީ ގޮތުން އުމްރާގެ އަޅުކަން އަދާކުރުމަށް ކުޅަދާނަ ވެގެންނުވާކަމަށް ކުންފުންޏަށް ފެންނަ ފަރާތެއް އެހީތެރިޔަކާއެކު ގެންދާގޮތަށް ނަމަވެސް އެ ފަރާތަކަށް އުމްރާގެ އަޅުކަން އަދާކުރެވޭނެކަމަށް ދިވެހި ސަރުކާރު ގަބޫލުކުރާ ސިއްހީ ހިދުމަތްދޭ މަރުކަޒަކުން ދޫކޮށްފައިވާ ލިޔުމާއެކު ނޫނީ އުމްރާއަށް ގެންގޮސްގެން ނުވާނެކަމަށް ބުނެފައި ވެއެވެ.
.
ކިޔުންތެރިންގެ ސަމާލުކަމަށް

އިންޑިއާއާއި ގުޅުން އިތުރަށް ބަދަހިކޮށް އެ ގުޅުން ކުރިއަށް ގެންދަވާނެ ކަމުގެ ޔަޤީންކަން ރައީސް ޑރ މުއިއްޒު ދެއްވައިފި

ރާއްޖޭގެ ޤާނޫނުތަކާއި އުސޫލުތަކުގައި އިސްލާމް ވަންތަކަން ގާއިމްކުރަން މަޖިލީހަށް ހުށަހަޅަނީ

ފުލުހުން ބަލައިފާސްކުރަން ފެށުމުން އަތުގައި އޮތް މަސްތުވާއެއްޗެއް އެއްލާލި މީހަކު ބ މާޅޮހުން ހައްޔަރުކޮށްފި

ކަރަންޓާއި ފެނުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް އޭޑީބީ އިން ރާއްޖެއަށް 50 މިލިއަން ޑޮލަރުގެ އެނާޖީ ސެކިއުރިޓީ އިމަޖެންސީ ލޯނެއް ދޫކުރަން ނިންމައިފި

މަސްތުވާތަކެތި ވިއްކާ މީހަކު ހުޅުދޫ އިން ހައްޔަރުކޮށްފި

ތަފާތު ރަށްރަށާއި ތަފާތު ޖަމާޢަތްތަކާއި ތަފާތު ސަގާފަތްތަކުގެ އަހުލުވެރި ޒުވާނުންނަށް ތަޖުރިބާކުރެވެނީ ތަފާތު ޙަޤީޤަތްތަކެއް: ރައީސް
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
