މާލެ: 31°C

ބުޅާ ގޯނިން ބޭރުވެއްޖެ؛ ސިޔާމު އާއި ޒާރާ މާދަމާ ކައިވެނިކުރަނީ

ބުޅާ ގޯނިން ބޭރުވެއްޖެ؛ ސިޔާމު އާއި ޒާރާ މާދަމާ ކައިވެނިކުރަނީ
October 9, 2024
2 ފަހަރު ބަލާފައި
ބުޅާ ގޯނިން ބޭރުވެއްޖެ؛ ސިޔާމު އާއި ޒާރާ މާދަމާ ކައިވެނިކުރަނީ

ލޯތްބާއި ނަސީބަކީ ކޮންމެ މީހަކަށް ލިބޭނެ އެއްޗެއް ނޫނެވެ.

ސަން ސިޔާމް ރިސޯޓްސްގެ ވެރިޔާ އަދި ދ. މީދޫ ދާއިރާގެ މަޖިލިސް މެންބަރު އަހުމަދު ސިޔާމް މުހައްމަދު އާއި މިދިޔަ ބޮޑު އީދުގައި ބ. ކަމަދޫން ގިނަ ބައެއްގެ މެދުގައި މަގުބޫލުކަން ލިބުނު ނެށުންތެރިޔާ އާމިނަތު ޒާރާގެ ކައިވެނި މާދަމާ އެކުރަނީ އެވެ.

މިއީ ވަރަށް ގިނަ ބަޔަކު ޢިންތިޒާރުކުރި ވަގުތެކެވެ. ހަބަރެކެވެ. ސޯޝަލް މީޑިއާގައި ގުގުމާލި އަޑުތައް މިވަނީ ޙަގީގަތަކަށް ވެފައެވެ. ބައެއް މީހުން ސޯޝަލް މީޑިއާގައި ބުނެފައި ވަނީ ޒާރާއަކީ ނަސީބުވެރި ޒުވާނެއް ކަމެވެ. އަނެއް ބަޔަކު ބުނީ ސިޔާމަކީ ލޯބީގައި ކާމިޔާބު ވިޔަފާރިވެރިއެއް ކަމަށެވެ.

އީދު ތެރޭގައި ޒާރާ މަޝްހޫރުވީ ރާއްޖޭގެ ފިލްމީ ތަރިއަކަށް ވެސް ނުވަތަ ސޯޝަލް މީޑިއާގެ ނުފޫޒުވެރިންނަށް ވެސް އެހާ ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ނުލިބޭނެހާ އަވަހަށެވެ. އޭނާ އާއި އީދު ނެށުންތައް ހުށައެޅި އެހެން ބައިވެރިންނަށް ތައުރީފް އާއި ލޯބީގެ ބަސްތަކުން ސޯޝަލް މީޑިއާ ފުރާލި އެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ