
ދުނިޔޭގެ އެންމެ ބޮޑު ޝިޕިންލައިންގެ ޚިދުމަތް ރާއްޖެއަށް
ދުނިޔޭގެ އެންމެ ބޮޑު ޝިޕިންލައިންގެ ޚިދުމަތް ރާއްޖެއަށް
ލިޔުން:
މެޑިޓެރޭނިއަން ޝިޕިން ކޮމްޕެނީ (އެމްއެސްސީ) ގެ ދަތުރުތައް ދިވެހިރާއްޖެއަށް ފަށައިފި އެވެ. އެމްއެސްސީއަކީ ދުނިޔޭގެ އެންމެ ބޮޑު ޝިޕިންލައިނެވެ.
އެމްއެސްސީން ރާއްޖެއަށް އައި ފުރަތަމަ ބޯޓު، "އެމްއެސްސީ އެފް މަނާސާ" ވަނީ އިއްޔެ މާލޭގައި ބަނދަރުކޮށްފަ އެވެ. އެ ބޯޓަށް މަރުހަބާ ކިއުމުގެ ގޮތުން މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ވަނީ ވޯޓަ ސެލިއުޓްއެއް ދީފަ އެވެ.
އެމްއެސްސީގެ ފުރަތަމަ ބޯޓަށް މަރުހަބާ ކިއުމަށް އެމްޕީއެލް އާއި އެމްއެސްސީގެ ލޯކަލް އެޖެންޓް، ސެންޗޫރިއަން އާ ގުޅިގެން މާލޭ ވިޔަފާރި ބަނދަރުގައި ރަސްމިއްޔާތެއް ބޭއްވި އެވެ. އެ ރަސްމިއްޔާތުގައި ބޯޓުގެ ކެޕްޓަނަށް އެމްޕީއެލް އަދި ސެންޗޫރިއަންގެ ފަރާތުން ހަނދާނީ ފިލައެއް އެރުވި އެވެ.
އެ ރަސްމިއްޔާތުގައި އެމްޕީއެލްގެ ސީއީއޯ މުހައްމަދު ވަޖީހް އިބްރާހިމް ވަނީ އެމްއެސްސީގެ ދަތުރުތައް ރާއްޖެއަށް ފެށުމަށް ސެންޗޫރިއަނުން ކުރި މަސައްކަތަށް ޝުކުރު އަދާކުރައްވާފަ އެވެ. އަދި މާލޭ ވިޔަފާރި ބަނދަރުގެ ހިދުމަތްތައް ހަރުދަނާ ކުރުމަށް މިހާރު ވެސް ގިނަ މަސައްކަތްތަކެއް ކުރަމުންދާކަން ވަޖީހު ފާހަގަކުރެއްވި އެވެ.
ސެންޗޫރިއަންގެ މެނޭޖިން ޑިރެކްޓަރު އައިމަން ޖަލީލް ވިދާޅުވީ އެމްއެސްސީގެ ދަތުރުތައް ރާއްޖެއަށް ފެށުމުގައި އެންމެ ބޮޑު އެހީތެރިކަމެއް ލިބުނީ އެމްޕީއެލްގެ ފަރާތުން ކަމަށެވެ. އެމްއެސްސީގެ ދަތުރުތައް ރާއްޖެއަށް ފެށުމަކީ ވިޔަފާރީގެ ދާއިރާއަށް ލިބުނު ކުރިއެރުމެއް ކަމުގައި ސިފަކުރެއްވި އެވެ.
އެމްއެސްސީގެ ބޯޓުން 800 ކޮންޓޭނަރު ވަނީ ރާއްޖެ ގެނެސްފަ އެވެ. އޭގެ ތެރޭގައި ހިމެނެނީ މުޅިން ވެސް ޖެނެރަލް ކާގޯ އެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

އަބްދުﷲ ޝާހިދުގެ ބަންދަށް 30 ދުވަސް ޖަހައި

މަސްތުވާތަކެތީގެ މައްސަލައެއްގައި އަންހެނަކާ 3 ފިރިހެނަކު މާލެއިން ހައްޔަރުކޮށްފި

ކުޑަ ކުއްޖަކާ ބެހުނު މައްސަލައެއްގައި އަބްދުﷲ ޝާހިދު ހައްޔަރުކޮށްފި

ރަތްޔިތުންގެ ވޯޓަކާ ނުލައި ރަސްމާލެ ވިއްކާލާނަމަ އިހުތިޖާޖުކުރަން އެމްޑީޕީ އިން ނިންމައިފި

އިޓްލޮސް މައްސަލާގައި ކަނޑުން ބައެއް ގެއްލުނީ އިހުމާލުންތޯ ބަލަން ކޮމިޝަނެއް އުފައްދައިފި

ސްކޭމްކޮށްގެން ފައިސާ ފޭރޭ ކަމުގެ ތުހުމަތުގައި 4 މީހަކު ހައްޔަރުކޮށްފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
