މާލޭގެ ވިޔަފާރި ބަނަދަރުގައި ހިލޭ މުދާ ބެހެއްޓޭނެ މުއްދަތު ވަރަށް އަވަހަށް ބަދަލު ކުރައްވާނެކަމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑްގެ ސީއީއޯ މުހައްމަދު ވަޖީހު އިބްރާހިމް ވިދާޅުވެއްޖެއެވެ. ވަޖީހު މިހެން ވިދާޅުވީ ދުނިޔޭގެ އެންމެ ބޮޑު ޝިޕިން ލައިން ކަމަށްވާ މާއަސްކް ލައިންސް، އެމްއެސްސީގެ ކާގޯ ބޯޓެއް ރާއްޖެ އައުން ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ. މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެމްޕީއެލްގެ ސީއީއޯ މުހައްމަދު ވަޖީހު އިބްރާހީމް ވިދާޅުވީ، މިހާރު މާލޭގެ ވިޔަފާރި ބަނދަރުގައި މުދާ ބެހެއްޓުމަށް އޮތީ ވަރަށް ކުޑަ ޖާގައެއް ކަމަށާއި، ދުނިޔޭގެ ބޮޑެތި ކާގޯ ބޯޓުފަހަރު ރާއްޖެ ގެނެވޭނީ ބަނދަރުގައި ޖާގަ އޮވެގެން ކަމަށެވެ. ވަޖީހު ވިދާޅުވީ މިހާރު މާލެ ވިޔަފާރި ބަނދަރުގައި އެއްފަހަރާ ބެހެއްޓޭނީ 2،200 ކޮންޓެއިނަރު ކަމަށެވެ. އަދި މާލޭގެ ވިޔަފާރި ބަނދަރުގައި ބޭނުންކުރަމުންދަނީ ލިމިޓެޑް ވަޞީލަތްތަކެއްކަންވެސް ވަޖީހު ފާހަގަކުރެއްވިއެވެ. އެހެންކަމުން ބަނދަރުން ޖާގަ ތަނަވަސްކުރުމަށް ކާގޯ ގެނެސް، ބެހެއްޓޭނެ މުއްދަތު ވަރަށް އަވަހަށް ކުޑަ ކުރައްވާނެކަމަށް ވަޖީހު ވިދާޅުވިއެވެ.

ވިޔަފާރި ބަނދަރުގައި ޖާގައިގެ މައްސަލަ ބޮޑު؛ ހިލޭ މުދާ ބެހެއްޓޭ މުއްދަތު ކުރުކުރަނީ
ވިޔަފާރި ބަނދަރުގައި ޖާގައިގެ މައްސަލަ ބޮޑު؛ ހިލޭ މުދާ ބެހެއްޓޭ މުއްދަތު ކުރުކުރަނީ
ލިޔުން:
ކިޔުންތެރިންގެ ސަމާލުކަމަށް

މިރޭ ބާއްވާ އެއްވުމުގެ މައުލޫމާތު ކުރިން ހިއްސާއެއްނުކުރޭ، ގާނޫނާ ހިލާފު އެއްވެސް އަމަލެއް ހިންގާނަމަ ވަގުތުން ފިޔަވަޅު އަޅާނަން: ފުލުހުން

އަބްދުﷲ ޝާހިދުގެ ބަންދަށް 30 ދުވަސް ޖަހައި

މަސްތުވާތަކެތީގެ މައްސަލައެއްގައި އަންހެނަކާ 3 ފިރިހެނަކު މާލެއިން ހައްޔަރުކޮށްފި

ކުޑަ ކުއްޖަކާ ބެހުނު މައްސަލައެއްގައި އަބްދުﷲ ޝާހިދު ހައްޔަރުކޮށްފި

ރަތްޔިތުންގެ ވޯޓަކާ ނުލައި ރަސްމާލެ ވިއްކާލާނަމަ އިހުތިޖާޖުކުރަން އެމްޑީޕީ އިން ނިންމައިފި

އިޓްލޮސް މައްސަލާގައި ކަނޑުން ބައެއް ގެއްލުނީ އިހުމާލުންތޯ ބަލަން ކޮމިޝަނެއް އުފައްދައިފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
