ސާދިޔާ ބަންދުކުރީ ގާނޫނާ ޚިލާފަށް ކަމަށް ހައިކޯޓުން ކަނޑަ އަޅައިފި

ސާދިޔާ ބަންދުކުރީ ގާނޫނާ ޚިލާފަށް ކަމަށް ހައިކޯޓުން ކަނޑަ އަޅައިފި
ލިޔުން:
ރާއްޖޭގައި ހުންނަ ބޭރު ޤައުމުތަކުގެ އެމްބަސީތައް ކައިރިއަށް އެއްވެ އަޑުގަދަކޮށް ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވި މައްސަލައިގައި، ދީނީ އިލްމުވެރިޔާ ޑރ. މުހައްމަދު އިޔާޒުގެ އަނބިކަނބަލުން އާއިޝަތު ޝާދިޔާ ހައްޔަރުކޮށް ބަންދުކުރީ ޤާނޫނާ ހިލާފަށް ކަމަށް ހައިކޯޓުން ކަނޑައަޅައިފި އެވެ.
ބައެއް އެމްބަސީތައް ކައިރިއަށް އެއްވެ އަޑުގަދަކޮށް ފުލުހުންގެ ވާޖިބު އަދާކުރުމަށް ހުރަސްއެޅި މައްސަލައިގައި، ކޯޓު އަމުރެއްގެ ދަށުން އޮގަސްޓް 28 ވަނަ ދުވަހު ހައްޔަރު ކޮށްފައިވަނީ ދީނީ އިލްމުވެރިޔާ ޑރ. މުހައްމަދު އިޔާޒުގެ އަނބިކަނބަލުން އާއިޝަތު ޝާދިޔާ އާއި ޑރ. ޝަޒްރާ އިބްރާހީމެވެ. މި ދެމީހުން ހައްޔަރުކޮށް ފުރަތަމަ ބަންދަށް 3 ދުވަސް ދިނުމަށްފަހު ދެވަނަ ފަހަރަށް ބަންދަށް ދީފައިވަނީ 5 ދުވަހެވެ. އޭގެފަހުން ސެޕްޓެމްބަރު 5 ވަނަ ދުވަހު މި ދެމީހުން ކޯޓަށް ހާޒިރު ކުރުމުން ޝަރުތު ކުރުމަށްފަހު ބަންދުން ދޫކޮށްލުމަށް ވަނީ އަމުރު ކޮށްފަ އެވެ.
ކްރިމިނަލް ކޯޓުން ޝާދިޔާ ތިން ދުވަހަށް ބަންދު ކުރި މައްސަލަ ހައިކޯޓުގައި އިސްތިއުނާފު ކުރުމުން އެ މައްސަލައިގައި މިއަދު ހައިކޯޓުން އިއްވި ހުކުމުގައި ބުނެފައިވަނީ، ޝާދިޔާ ބަންދުކުރީ މުޖުތަމައުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެދާނެތީ ކަމަށް ކަނޑައެޅުމަށްފަހު ކަމަށާއި ނަމަވެސް އެ ނިންމުމަށް ވާސިލުވިގޮތެއް ސާފު ނުވާ ކަމަށެވެ. މީގެއިތުރުން ތުހުމަތު ކުރެވޭ މިންވަރެއްގެ ހެކި ހުރިނަމަވެސް ބަންދު ކުރުމަށް ނިންމާފައިވަނީ ޤާނޫނާ ހިލާފަށް ކަމަށް ކަނޑައަޅާފައިވެ އެވެ.
އެހެންކަމުން ހައުކޯޓުން ވަނީ މި މައްސަލައިގައި ޝާދިޔާ ތިން ދުވަހުގެ މުއްދަތަށް ބަންދު ކުރުމަށް ކްރިމިނަލް ކޯޓުން ނެރުނު އަމުރު ބާތިލުކޮށް ހުކުމް ކޮށްފަ އެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

އިންޑިއާއާއި ގުޅުން އިތުރަށް ބަދަހިކޮށް އެ ގުޅުން ކުރިއަށް ގެންދަވާނެ ކަމުގެ ޔަޤީންކަން ރައީސް ޑރ މުއިއްޒު ދެއްވައިފި

ރާއްޖޭގެ ޤާނޫނުތަކާއި އުސޫލުތަކުގައި އިސްލާމް ވަންތަކަން ގާއިމްކުރަން މަޖިލީހަށް ހުށަހަޅަނީ

ފުލުހުން ބަލައިފާސްކުރަން ފެށުމުން އަތުގައި އޮތް މަސްތުވާއެއްޗެއް އެއްލާލި މީހަކު ބ މާޅޮހުން ހައްޔަރުކޮށްފި

ކަރަންޓާއި ފެނުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް އޭޑީބީ އިން ރާއްޖެއަށް 50 މިލިއަން ޑޮލަރުގެ އެނާޖީ ސެކިއުރިޓީ އިމަޖެންސީ ލޯނެއް ދޫކުރަން ނިންމައިފި

މަސްތުވާތަކެތި ވިއްކާ މީހަކު ހުޅުދޫ އިން ހައްޔަރުކޮށްފި

ތަފާތު ރަށްރަށާއި ތަފާތު ޖަމާޢަތްތަކާއި ތަފާތު ސަގާފަތްތަކުގެ އަހުލުވެރި ޒުވާނުންނަށް ތަޖުރިބާކުރެވެނީ ތަފާތު ޙަޤީޤަތްތަކެއް: ރައީސް
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
