- ކޮރަޕްޝަން ވިޔަނުދިނުމަށްޓަކައި (ޕްރިވެންޝަން) ބޭނުންވާ މަޢުލޫމާތު ދެ މުއައްސަސާގެ މެދުގައި ބަދަލުކުރުން؛
- ކޮރަޕްޝަނާއި ދެކޮޅަށް މަސައްކަތްކުރުމުގައި "ބެސްޓް ޕްރެކްޓިސް"ތަކުގެ މަޢުލޫމާތު ބަދަލުކުރުމާއި، ދެމުއައްސަސާ ގުޅިގެން ދިރާސާކުރުން؛
- ތަޢުލީމު، ތަމްރީނު އަދި ދިރާސާ ހިމެނޭގޮތަށް ކޮރަޕްޝަން ހުއްޓުވުމަށް ފުޅާ ދާއިރާއެއްގައި މަސައްކަތްކުރުމަށް އެކުގައި މަޝްރޫޢުތަކާއި ޙަރަކާތްތައް ކުރިޔަށްގެންދިޔުން؛
- ކޮރަޕްޝަން ވިޔަނުދިނުމާއި (ޕްރިވެންޝަން) އެކަމާ ދެކޮޅަށް ހޭލުންތެރިކުރުވުމުގައި އެއް މުއައްސަސާ އަނެއް މުއައްސަސާއަށް އެހީތެރިވެ، މަޢުލޫމާތާއި، ހުނަރާއި، ތަޖުރިބާއާއި އަދި އެންމެ ރަނގަޅު އުސޫލުތައް ހިއްސާކުރުން؛
- ކޮރަޕްޝަނުގެ ކުށް ތަޙުޤީޤުކުރުމާއި، ވިޔަނުދިނުމާއި ދަޢުވާކުރުމާއި ގުޅޭ ފަންނީ އެހީތެރިކަން ބަދަލުކުރުން؛
- ކޮރަޕްޝަންގެ ކުށް ވިޔަނުދިނުމާއި ތަޙުޤީޤު ކުރުމާ ގުޅުންހުރި މުވައްޒަފުން ތަމްރީނުކުރުން؛
- ދެ ފަރާތް ގުޅިގެން ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމާ ގުޅުންހުރި ފޯރަމްތަކާއި، ސެމިނަރތަކާއި، ކޮންފަރެންސްތަކާއި ވަރކްޝޮޕްތައް ބޭއްވުމާއި އެފަދަ ކަންކަމުގައި ބައިވެރިވުން؛
- މުއައްސަސާތަކުގެ ހިންގުން ހަރުދަނާކުރުމާއި، ކޮރަޕްޝަންގެ ހިރާސް ކުޑަކުރުމަށް ކުރާ ކަންކަމުގައި އެއްބާރުލުމާއި އެހީތެރިކަންދިނުން؛
- ކޮރަޕްޝަނާ ދެކޮޅަށް މަސައްކަތްކުރުމަށް އިންޓަރޕޯލް ފަދަ މިހާރު ޤާއިމުކޮށްފައިވާ ބައިނަލްއަޤުވާމީ ނެޓްވަރކްތައް އެންމެ ފުރިހަމަ ގޮތުގައި ބޭނުންކުރުމުގައި އެހީތެރިކަން ބަދަލުކުރުން؛

އެންޓި ކަރަޕްޝަން ކޮމިޝަނާއި އިންޑިއާގެ ސީބީއައި އާ ދެމެދު ކޮރަޕްޝަނާ ދެކޮޅަށް މަސައްކަތްކުރުމުގައި އެހީތެރިކަން ފޯރުކޮށްދިނުމާ ގުޅޭ އެމްއޯޔޫ އެއްގައި ސޮއިކޮށްފި
އެންޓި ކަރަޕްޝަން ކޮމިޝަނާއި އިންޑިއާގެ ސީބީއައި އާ ދެމެދު ކޮރަޕްޝަނާ ދެކޮޅަށް މަސައްކަތްކުރުމުގައި އެހީތެރިކަން ފޯރުކޮށްދިނުމާ ގުޅޭ އެމްއޯޔޫ އެއްގައި ސޮއިކޮށްފި
ލިޔުން:
އެންޓި-ކޮރަޕްޝަން ކޮމިޝަނާއި އިންޑިއާގެ ސެންޓްރަލް ބިއުރޯ އޮފް އިންވެޓިގޭޝަން (ސީ.ބީ.އައި) އާ ދެމެދު އެމްއޯޔޫ އެއްގައި ސޮއިކޮށްފިއެވެ.
ރައީސް ޑރ.މުޙައްމަދު މުއިއްޒު އިންޑިއާއަށް ކުރައްވަމުންގެންދަވާ ފުރަމާނަ ދަތުރުފުޅުގެ ތެރެއިން މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ދިވެހިރާއްޖެއިން އިންޑިއާއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު އަލްފާޟިލް އިބްރާހީމް ޝަހީބު އާއި އިންޑިއާގެ މިނިސްޓްރީ އޮފް ހޯމްއެފެއަރޒްގެ ބޯޑަރ މެނޭޖްމަންޓް ޑިޕާޓްމަންޓުގެ ސެކްރެޓަރީ ޑރ. ރާޖެންދްރަ ކުމާރު ވަނީ ރަސްމީކޮށް ދެގައުމުގެ މެދުގައި އެމްއޯޔޫ ބަދަލުކުރައްވާފައެވެ.
އެސީސީން ހާމަކޮސްފައިވާ ގޮތުގައި އޮކްޓޯބަރ 6 ވަނަ ދުވަހު ވަނީ އެމްއީޔޫގައި ދެފަރާތުން ސޮއި ކޮށްފައެވެ. އެގޮތުން ދިވެހިރާއްޖޭގެ ފަރާތުން ސޮއިކުރައްވާފައިވަނީ އޭސީސީ ގެ ރައީސް އަލްއުސްތާޛު އާދަމް ޝާމިލްއެވެ. އަދި ސީ.ބީ.އައިގެ ފަރާތުން ސޮއިކުރެއްވީ ސީ.ބީ.އައިގެ ޑިރެކްޓަރ، ޕްރަވީން ސޫދެވެ.
އެ ކޮމިޝަނުން ހާމަކޮސްފައިވާގޮތުން އެ އެމްއޯޔޫގެ ދަށުން ކުރިޔަށް ގެންދާ މައިގަނޑު ކަންތައްތަކުގެ ތެރޭގައި
ކިޔުންތެރިންގެ ސަމާލުކަމަށް

އަބްދުﷲ ޝާހިދުގެ ބަންދަށް 30 ދުވަސް ޖަހައި

މަސްތުވާތަކެތީގެ މައްސަލައެއްގައި އަންހެނަކާ 3 ފިރިހެނަކު މާލެއިން ހައްޔަރުކޮށްފި

ކުޑަ ކުއްޖަކާ ބެހުނު މައްސަލައެއްގައި އަބްދުﷲ ޝާހިދު ހައްޔަރުކޮށްފި

ރަތްޔިތުންގެ ވޯޓަކާ ނުލައި ރަސްމާލެ ވިއްކާލާނަމަ އިހުތިޖާޖުކުރަން އެމްޑީޕީ އިން ނިންމައިފި

އިޓްލޮސް މައްސަލާގައި ކަނޑުން ބައެއް ގެއްލުނީ އިހުމާލުންތޯ ބަލަން ކޮމިޝަނެއް އުފައްދައިފި

ސްކޭމްކޮށްގެން ފައިސާ ފޭރޭ ކަމުގެ ތުހުމަތުގައި 4 މީހަކު ހައްޔަރުކޮށްފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
