ރައީސްގެ ދެކަނބަލުން ތާޖު މަހަލްއަށް

ރައީސްގެ ދެކަނބަލުން ތާޖު މަހަލްއަށް
ލިޔުން:
ދުނިޔޭގެ 7 އަޖައިބުގެ ތެރޭގައި ހިމެނޭ އިންޑިއާގެ ތާޖް މަހަލް އަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު މިއަދު ޒިޔާރަތްކުރައްވައިފި އެވެ.
ސަތާރަ ވަނަ ގަރުނުގައި އިންޑިއާގައި ވެރިކަންކުރެއްވި މުގަލް ރަސްކަލެއްކަމަށް ކަމަށްވާ ޝާހް ޖަހާން އޭނާގެ އަންހެނުންގެ ހަނދާނުގައި ބިނާކުރެއްވި ތާޖް މަހަލަށް ރައީސް ޒިޔާރަތްކުރެއްވި ހެނދުގެ ވަގުތެއްގަ އެވެ. ތާޖު މަހަލް އަށް ޒިޔާރަތް ކުރެއްވުމަކީ އިންޑިއާ އަށް ވަޑައިގަންނަވާ ގައުމުތަކުގެ ލީޑަރުން އާއްމުކޮށް ކުރައްވާ ކަމެކެވެ.
ތާޖް މަހަލް ހުންނަ އިންޑިއާގެ އުއްތަރުޕްރެދޭޝް (ޔޫޕީ) އާގްރާ އަށް ވަޑައިގެންނެވުމުން ރައީސްގެ ދެކަނބަލުންނަށް މަރުހަބާ ދެންނެވީ ޔޫޕީގެ ޗީފް މިނިސްޓަރު ޔޮގެންދްރަ އާދިތުޔަނާތުގެ ފަރާތުން ސްޓޭޓް މިނިސްޓަރު ޔޮގެންދްރަ އުޕްދަޔާ އެވެ.
ރައީސް ދެކަނބަލުން ތާޖް މަހަލްއަށް ޒިޔާރަތް ކުރައްވާތީ އާންމުންނަށް އެތަން ދެގަޑިއިރަށް ބަންދުކުރި އެވެ.
ރައީސްގެ ދެކަނބަލުން ފުރަމާނަ ދަތުރުފުޅުގައި އިންޑިއާގެ ނިއުދެއްލީއަށް ވަޑައިގެންފައި ވަނީ އާދިއްތަ ދުވަހުގަ އެވެ. ރައީސް އިންޑިއާއަށް ކުރައްވަމުން ގެންދަވާ މި ދަތުރުފުޅަކީ ހަތަރު ދުވަހުގެ ދަތުރުފުޅެކެވެ.
މި ދަތުރުފުޅުގައި ރައީސް ވަނީ އާގްރާ އާއި މުމްބާއީ އަދި ބެންގަލޫރަށް ވަޑައިގަތުމަށްވެސް ތާވަލް ކުރެވިފައެވެ.
އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރާއްޖޭގައި އިންޑިއާގެ ރުޕޭ ކާޑް ބޭނުން ކުރެވޭ ގޮތް ހަދާ, އެކަން ރަސްމީކޮށް އިފްތިތާހްކޮށްފަ އެވެ. އަދި އިންޑިއާގެ ކޮންސިއުލޭޓް ޖެނެރަލް އޮފީހެއް އައްޑޫ ސިޓީގައި އަދި ރާއްޖޭގެ ކޮންސިއުލޭޓެއް ބެންގަލޫރުގައި ހެދުމަށް މަޝްވަރާވެސް މި ބައްދަލުވުމުގައި ކޮށްފައިވެ އެވެ.
މީގެ އިތުރުން މި ބައްދަލުވުމުގައި ހަނިމާދޫ އިންޓަނޭޝަން އެއާޕޯޓުގެ އައު ރަންވޭ އިފްތިތާހުކޮށް، އެގްޒިމް ބޭންކްސް ގަންނަ ފަރާތްތަކުގެ ކްރެޑިޓް ފެސިލިޓީގެ ދަށުން 700 ސޯޝަލް ހައުސިންގް ޔުނިޓް ހަވާލުކޮށްފައި ވެއެވެ. އަދި އައްޑޫގައި އިންޑިއާގެ ކޮންސިއުލޭޓާއި ބެންގަލޫރުގައި ރާއްޖޭގެ ކޮންސިއުލޭޓް ހުޅުވުމާ ބެހޭ ގޮތުން ވެސް މަޝްވަރާކޮށްފައިވެ އެވެ.
އެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ބޮޑު ވަޒީރު މޯދީ ވިދާޅުވީ ޔޫޕީއައިއިން އިންޑިއާ ރާއްޖެ ގުޅާލާނެ ކަމަށެވެ. އަދި އެފްޓީއޭއާ ގުޅޭ މަޝްވަރާތައް ފެށުމަށްވެސް ދެގައުމުގެ ދެމެދުގައި އެއްބަސްވެފައިވެ އެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

އިންޑިއާއާއި ގުޅުން އިތުރަށް ބަދަހިކޮށް އެ ގުޅުން ކުރިއަށް ގެންދަވާނެ ކަމުގެ ޔަޤީންކަން ރައީސް ޑރ މުއިއްޒު ދެއްވައިފި

ރާއްޖޭގެ ޤާނޫނުތަކާއި އުސޫލުތަކުގައި އިސްލާމް ވަންތަކަން ގާއިމްކުރަން މަޖިލީހަށް ހުށަހަޅަނީ

ފުލުހުން ބަލައިފާސްކުރަން ފެށުމުން އަތުގައި އޮތް މަސްތުވާއެއްޗެއް އެއްލާލި މީހަކު ބ މާޅޮހުން ހައްޔަރުކޮށްފި

ކަރަންޓާއި ފެނުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް އޭޑީބީ އިން ރާއްޖެއަށް 50 މިލިއަން ޑޮލަރުގެ އެނާޖީ ސެކިއުރިޓީ އިމަޖެންސީ ލޯނެއް ދޫކުރަން ނިންމައިފި

މަސްތުވާތަކެތި ވިއްކާ މީހަކު ހުޅުދޫ އިން ހައްޔަރުކޮށްފި

ތަފާތު ރަށްރަށާއި ތަފާތު ޖަމާޢަތްތަކާއި ތަފާތު ސަގާފަތްތަކުގެ އަހުލުވެރި ޒުވާނުންނަށް ތަޖުރިބާކުރެވެނީ ތަފާތު ޙަޤީޤަތްތަކެއް: ރައީސް
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
