ރާއްޖެއިން އިންޑިއާއާއެކު ފަސް އެއްބަސްވުމެއް؛ 400 މިލިއަން ޑޮލަރުގެ ކަރަންސީ ސްވޮޕް ހިމެނޭ

ރާއްޖެއިން އިންޑިއާއާއެކު ފަސް އެއްބަސްވުމެއް؛ 400 މިލިއަން ޑޮލަރުގެ ކަރަންސީ ސްވޮޕް ހިމެނޭ
ލިޔުން:
ރާއްޖޭއިން އިންޑިއާއާއެކު 400 މިލިއަން ޑޮލަރު އަދި 30 ބިލިއަން އިންޑިއާ ރުފީސްގެ ކަރަންސީ ސްވޮޕް އެއްބަސްވުމާއެކު އިތުރު 5 އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.
އެ އެއްބަސްވުންތަކުގައި ސޮއިކުރައްވާފައިވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒު އިންޑިއާއަށް މިހާރު ކުރައްވަމުންގެންދަވާ ދަތުރުފުޅުގައި މިއަދު ކުރިއަށްދާ ޖޮއިންޓް ޕްރެސްގަ އެވެ.
ރާއްޖޭގެ ފަރާތުން ކަރަންސީ ސްވޮޕް އެއްބަސްވުމުގައި ސޮއިކުރެއްވީ އެމްއެމްއޭގެ ގަވަރުނަރު އަހުމަދު މުނައްވަރެވެ. އިންޑިއާގެ ފަރާތުން އެ އެއްބަސްވުމުގައި ސޮއިކުރެއްވީ ފިނޭންސް މިނިސްޓްރީގެ އިކޮނޮމިކް ޑިޕާޓްމަންޓްގެ ސެކެޓްރީ, ސްރީ އަޖޭ ސެތް އެވެ.
އިތުރު ހަތަރު އެއްބަސްވުމުގެ ތެރެއިން އިންޑިއާގެ ރާޝްތްރިޔާ ރަކްޝާ ޔުނިވާސިޓީއާއި ރާއްޖޭގެ ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިން އެންޑް ލޯ އެންފޯސްމަންޓްއާ ދެމެދު ވެވުނު އެއްބަސްވުމާއި ކޮރަޕްޝަން މަދުކުރުމަށް ގުޅިގެން މަސައްކަތް ކުރުމަށް އެންޓި ކޮރަޕްޝަން ކޮމިޝަނާއި ސެންޓްރަލް ބިއުރޯ އޮފް އިންވެސްޓިގޭޝަން އޮފް އިންޑިއާ ދެމެދު އެކުލަވާލި އެއްބަސްވުން ހިމެނެ އެވެ.
އެ ދެ އެއްބަސްވުމުގައި ރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ ހައިކޮމިޝަނަރު އިބްރާހިމް ޝަހީބެވެ. އަދި އިންޑިއާގެ ފަރާތުން ސޮއިކުރެއްވީ ހޯމް މިނިސްޓްރީގެ ބޯޑާ މެނޭޓްމަންޓްގެ ސެކްރެޓަރީ ރަޖެންދްރާ ކުމާރެވެ.
އޭގެ އިތުރުން ދެ އެއްބަސްވުމެއް އާ ކޮށްފައިވާއިރު އެއީ 200 ޖުޑީޝަލް އޮފިސަރުން ތަމްރީންކުރުމަށް ޖުޑީޝަލް ސާވިސް ކޮމިޝަނާއި ނޭޝަނަލް ޖުޑީޝަލް އެކަޑަމީ އޮފް އިންޑިއާ ދެމެދު އެކުލަވާލި އެއްބަސްވުމެއްގެ އިތުރުން ކުޅިވަރުގެ ރޮނގުން އެއްބާރުލުން ދިނުމަށް ވެފައިވާ އެއްބަސްވުމެކެވެ.
އެ ދެ އެއްބަސްވުމުގައި ރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ ޝިހާބެވެ. އަދި އިންޑިއާގެ ފަރާތުން ސޮއިކުރެއްވީ ހައިކޮމިޝަނަރު މުނޫ މަހާވަރެވެ.
މިއަދު ބޭއްވި ޖޮއިންޓް ޕްރެސްގައި ރުޕޭ ކާޑް ރާއްޖޭގައި ބޭނުންކުރުން އިފްތިތާހުކޮށްފައިވެ އެވެ.
އިންޑިއާގެ ރައީސް ދުރޫޕަދީ މުރުމޫގެ ދައުވަތަކަށް ރައީސްގެ ދެކަނބަލުން އިއްޔެ އިންޑިއާއަށް ފުރާވަޑައިގެންފައިވާއިރު އެ ދަތުރުފުޅު ނިންމަވާލެއްވުމަށް ހަމަޖެހިފައިވަނީ ބުރާސްފަތި ދުވަހެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

އިންޑިއާއާއި ގުޅުން އިތުރަށް ބަދަހިކޮށް އެ ގުޅުން ކުރިއަށް ގެންދަވާނެ ކަމުގެ ޔަޤީންކަން ރައީސް ޑރ މުއިއްޒު ދެއްވައިފި

ރާއްޖޭގެ ޤާނޫނުތަކާއި އުސޫލުތަކުގައި އިސްލާމް ވަންތަކަން ގާއިމްކުރަން މަޖިލީހަށް ހުށަހަޅަނީ

ފުލުހުން ބަލައިފާސްކުރަން ފެށުމުން އަތުގައި އޮތް މަސްތުވާއެއްޗެއް އެއްލާލި މީހަކު ބ މާޅޮހުން ހައްޔަރުކޮށްފި

ކަރަންޓާއި ފެނުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް އޭޑީބީ އިން ރާއްޖެއަށް 50 މިލިއަން ޑޮލަރުގެ އެނާޖީ ސެކިއުރިޓީ އިމަޖެންސީ ލޯނެއް ދޫކުރަން ނިންމައިފި

މަސްތުވާތަކެތި ވިއްކާ މީހަކު ހުޅުދޫ އިން ހައްޔަރުކޮށްފި

ތަފާތު ރަށްރަށާއި ތަފާތު ޖަމާޢަތްތަކާއި ތަފާތު ސަގާފަތްތަކުގެ އަހުލުވެރި ޒުވާނުންނަށް ތަޖުރިބާކުރެވެނީ ތަފާތު ޙަޤީޤަތްތަކެއް: ރައީސް
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
