ރާއްޖެއަށް ވަޑައިގަތުމަށް މޯދީއަށް ރަސްމީ ދައުވަތު

ރާއްޖެއަށް ވަޑައިގަތުމަށް މޯދީއަށް ރަސްމީ ދައުވަތު
ލިޔުން:
ރަސްމީ ދަތުރުފުޅެއްގައި ރާއްޖެއަށް ވަޑައިގަތުމުގެ ދައުވަތު, ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު, އިންޑިއާގެ ބޮޑު ވަޒީރު ނަރެންދްރަ މޯދީއަށް ދެއްވައިފި އެވެ.
މިހާރު އިންޑިއާއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން މިއަދު ބޮޑު ވަޒީރާ ބައްދަލު ކުރެއްވުމަށްފަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސް ވިދާޅުވީ, ރާއްޖެއާއި އިންޑިއާ ދެމެދު ޑިޕްލޮމެޓިކް ގުޅުން ގާއިމް ކުރިތާ 60 އަހަރު ފުރުމުގެ މުނާސަބަތުގައި ބައިވެރިވެ ވަޑައިގަތުމަށް ރާއްޖެއަށް ދައުވަތު އަރުވާ ކަމަށެވެ.
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރާއްޖޭގައި އިންޑިއާގެ ރުޕޭ ކާޑް ބޭނުން ކުރެވޭ ގޮތް ހަދާ, އެކަން ރަސްމީކޮށް އިފްތިތާހްކޮށްފައި ވެއެވެ. އަދި އިންޑިއާގެ ކޮންސިއުލޭޓް ޖެނެރަލް އޮފީހެއް އައްޑޫ ސިޓީގައި އަދި ރާއްޖޭގެ ކޮންސިއުލޭޓެއް ބެންގަލޫރުގައި ހެދުމަށް މަޝްވަރާވެސް މި ބައްދަލުވުމުގައި ކޮށްފައި ވެއެވެ.
މީގެ އިތުރުން މި ބައްދަލުވުމުގައި ހަނިމާދޫ އިންޓަނޭޝަން އެއާޕޯޓުގެ އައު ރަންވޭ އިފްތިތާހުކޮށް، އެގްޒިމް ބޭންކްސް ގަންނަ ފަރާތްތަކުގެ ކްރެޑިޓް ފެސިލިޓީގެ ދަށުން 700 ސޯޝަލް ހައުސިންގް ޔުނިޓް ހަވާލުކޮށްފައި ވެއެވެ. އަދި އައްޑޫގައި އިންޑިއާގެ ކޮންސިއުލޭޓާއި ބެންގަލޫރުގައި ރާއްޖޭގެ ކޮންސިއުލޭޓް ހުޅުވުމާ ބެހޭ ގޮތުން ވެސް މަޝްވަރާކޮށްފައި ވެއެވެ.
މި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ބޮޑު ވަޒީރު މޯދީ ވިދާޅުވީ ޔޫޕީއައިއިން އިންޑިއާ ރާއްޖެ ގުޅާލާނެ ކަމަށެވެ. އަދި އެފްޓީއޭއާ ގުޅޭ މަޝްވަރާތައް ފެށުމަށްވެސް ދެގައުމުގެ ދެމެދުގައި އެއްބަސްވެފައި ވެއެވެ.
މި ދަތުރުފުޅުގައި ރައީސްގެ ދެކަނބަލުންނަށް އިންޑިއާ ސަރުކާރުން ވަނީ މިއަދު ރަސްމީކޮށް މަރުހަބާ ދަންނަވާފައެވެ. ރިޔާސީ ގަނޑުވަރު، ރާޝްތުރަޕަތީ ބަވަންގައި އޮތް މަރުހަބާ ދެންނެވުމުގެ ރަސްމިއްޔާތުގައި ރައީސްގެ ދެކަނބަލުން ވަޑައިގަތުމުން މަރުހަބާ ވިދާޅުވީ، އިންޑިޔާގެ ރައީސް ދުރޫޕަދީ މުރުމޫ އާއި ބޮޑުވަޒީރު ނަރެންދުރަ މޯދީ އެވެ.
މި ރަސްމިއްޔާތުގައި ރައީސްގެ ދެކަނބަލުން، މަހާތުމާ ގާންދީގެ މަގްބަރާ، ރާޖްގަޓަށް ޒިޔާރަތްކުރައްވާފައި ވެއެވެ.
މި ދަތުރުފުޅުގައި ރައީސް މުއިއްޒު ވަނީ އިންޑިއާގެ އެކްސްޓަނަލް އެފެއާޒް މިނިސްޓަރު ޑރ. ސުބްރަމާނިއަމް ޖައިޝަންކަރް ބައްދަލުކުރައްވާފަ އެވެ. އަދި ނިއުދިއްލީގައި އުޅޭ ދިވެހިންނާވެސް ރައީސް ވަނީ ބައްދަލުކުރައްވާފަ އެވެ.
ރައީސްގެ ދެކަނބަލުން ފުރަމާނަ ދަތުރުފުޅުގައި އިންޑިއާގެ ނިއުދެއްލީއަށް އިއްޔެގައި ވަޑައިގެންފައިވާއިރު، މި ދަތުރުފުޅުގައި އިންޑިއާގެ ވެރިރަށް ނިއުދިއްލީގެ އިތުރުން، މުމްބާއީއަށާއި ބެންގަލޫރަށްވެސް ޒިޔާރަތްކުރެއްވުމަށް ވަނީ ތާވަލުކުރެވިފަ އެވެ. މި ރަސްމީ ދަތުރުފުޅަކީ މި ހަފްތާގެ ބުރާސްފަތި ދުވަހާ ހަމައަށް ކުރަން ނިންމަވާފައިވާ ދަތުރެކެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

އިންޑިއާއާއި ގުޅުން އިތުރަށް ބަދަހިކޮށް އެ ގުޅުން ކުރިއަށް ގެންދަވާނެ ކަމުގެ ޔަޤީންކަން ރައީސް ޑރ މުއިއްޒު ދެއްވައިފި

ރާއްޖޭގެ ޤާނޫނުތަކާއި އުސޫލުތަކުގައި އިސްލާމް ވަންތަކަން ގާއިމްކުރަން މަޖިލީހަށް ހުށަހަޅަނީ

ފުލުހުން ބަލައިފާސްކުރަން ފެށުމުން އަތުގައި އޮތް މަސްތުވާއެއްޗެއް އެއްލާލި މީހަކު ބ މާޅޮހުން ހައްޔަރުކޮށްފި

ކަރަންޓާއި ފެނުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް އޭޑީބީ އިން ރާއްޖެއަށް 50 މިލިއަން ޑޮލަރުގެ އެނާޖީ ސެކިއުރިޓީ އިމަޖެންސީ ލޯނެއް ދޫކުރަން ނިންމައިފި

މަސްތުވާތަކެތި ވިއްކާ މީހަކު ހުޅުދޫ އިން ހައްޔަރުކޮށްފި

ތަފާތު ރަށްރަށާއި ތަފާތު ޖަމާޢަތްތަކާއި ތަފާތު ސަގާފަތްތަކުގެ އަހުލުވެރި ޒުވާނުންނަށް ތަޖުރިބާކުރެވެނީ ތަފާތު ޙަޤީޤަތްތަކެއް: ރައީސް
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
