މާލެ: 31°C

މާދަމާގެ ކުރިން ސޫކޫކަށް ދައްކަންޖެހޭ 24.6 މިލިއަން ޑޮލަރު ސަރުކާރުން ދައްކައިފި: މާލީ ވުޒާރާ

މާދަމާގެ ކުރިން ސޫކޫކަށް ދައްކަންޖެހޭ 24.6 މިލިއަން ޑޮލަރު ސަރުކާރުން ދައްކައިފި: މާލީ ވުޒާރާ
October 7, 2024
3 ފަހަރު ބަލާފައި
މާދަމާގެ ކުރިން ސޫކޫކަށް ދައްކަންޖެހޭ 24.6 މިލިއަން ޑޮލަރު ސަރުކާރުން ދައްކައިފި: މާލީ ވުޒާރާ
08 އޮކްޓޯބަރުގެ ކުރިން ސޫކޫކަށް ދައްކަންޖެހޭ 24.6 މިލިއަން ޑޮލަރު ސަރުކާރުން ދައްކައިފިއެވެ. ކުރީގެ ސަރުކާރުން 2021 ވަނަ އަހަރު އިންޓަރނޭޝަނަލް ޑެޓް ކެޕިޓަލް މާރކެޓުން 2026 ވަނަ އަހަރު މެޗުއަރ ވާގޮތަށް އިޝޫ ކޮށްފައިވާ 500 މިލިއަން އެމެރިކާ ޑޮލަރުގެ ސުކޫކުގެ އިންޓްރެސްޓުގެ ގޮތުގައި ދައްކަންޖެހޭ 24.6 މިލިއަން ޑޮލަރު ދައްކާފައިވާ ކަމަށް މާލީ ވުޒާރާއިން ހާމަކޮށްފިއެވެ. އެވުޒާރާއިން ހާމަކުރި ގޮތުގައި ކޫޕަން ޕޭމަންޓްތަކަކީ 2026 އާއި ހަމައަށް ކޮންމެ އަހަރަކު އެޕްރީލް އަދި އޮކްޓޯބަރ މަހު ސުކޫކު ހޯލަޑަރުންނަށް ދައްކަންޖެހޭ އަދަދުތަކެކެވެ. އެގޮތުން މިއަހަރުގެ އެޕްރިލް މަހުގެ ކޫޕަން ޕޭމަންޓުގެ އިތުރުން މާދަމާ އަށް ހަމަވާ ޕޭމަންޓާއި އެއްކޮށް 49.3 މިލިއަން އެމެރިކާ ޑޮލަރު މިއަހަރު ދައްކާ ޚަލާސްކޮށްފައިވާ ކަމަށް މާލީ ވުޒާރާއިން ހާމަކުރެއެވެ. ސުކޫކަށް ފައިސާދައްކުމުގެ ސުންގަޑި ހަމަވުމުގެ ކުރިން ކޫޕްން ޕޭމަންޓް ދެއްކުމުގެ ސަބަބުން ސުކޫކުގެ އަގު ހިފެހެއްޓި އަދި ސުކޫކަށް އިންވެސްޓްކޮށްފައިވާ އިންވެސްޓަރުންގެ އިތުބާރު ދަމަހައްޓަން މަގުފަހިވެގެންދާނެ ކަމަށާއި، އަދި އޭގެ ސަބަބުން ސުކޫކުގެ އަގު އުފުލިގެން ދާނެކަމަށްވެސް މާލީ ދާއިރާގެ ތަޖުރިބާކާރުން ބުނެއެވެ. ދާދިފަހުން ބައިނަލްއަގްވާމީ މާލީ އަދި އިޤްތިސާދީ ޚަބަރު ގެނެސްދޭ ބްލޫމްބާގް ނޫހުގައި ޜާއްޖެއިން އިންވެސްޓްކޮށްފައިވާ ސުކޫކަށް ފައިސާ ނުދެއްކި ޑިފޯލްޓް ވުމުގެ ފުރުސަތު އޮތްކަމަށް ލަފާކޮށްފައިވެއެވެ. އަދި އެއީ ދުނިޔޭގައިވެސް ސުކޫކެއް ޑިފޯލްޓް ވާނެ ފުރަތަމަ ފަހަރަކަމަށްވެސް އެނޫހުގައި ރުޕޯޓްކޮށްފައިވެއެވެ. އެހެންނަމަވެސް ސަރުކާރުން އޭރުވެސް ސުކޫކް ޑިފޯލްޓް ނުވެ ފައިސާ ދެއްކޭނެ ކަމުގެ ޔަގީންކަން ދެމުންގޮސްފައިވެއެވެ. ސަރުކާރުން ދިން ޔަގީންކަމާއި އެއްގޮތަށް މި މަހުގެ ކޫޕަން ޕޭމަންޓް ދެއްކުމުގެ ސަބަބުން ބޭރުގެ މާލީ އިދާރާތަކާއި އަދި ވަކިން ޚާއްސަކޮށް ފިޗް އަދި މޫޑީސްފަދަ ރޭޓިންގ އެޖެންސީތަކުން ރާއްޖެއަށް އަށް ދޭ ރޭޓިންގ އަށް ހެޔޮ ބަދަލެއް އަންނާނެކަމަށް ލާފާކުރެއެވެ. އަދި ސަރުކާރުގެ ދަރަނި ދެއްކުމަކީ ވަރަށް އިސްކަމެއް ދީގެން ކުރަމުން އަންނަ ކަމެއް ކަމަށް މާލީ ވުޒާރާއިން ހާމަކުރެއެވެ.  

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ