
ރައީސް ޑރ.މުއިއްޒު އަށް ރަސްމީކޮށް އިންޑިއާއިން މަރުޚަބާ ކިޔައިފި
ރައީސް ޑރ.މުއިއްޒު އަށް ރަސްމީކޮށް އިންޑިއާއިން މަރުޚަބާ ކިޔައިފި
ލިޔުން:
ރައީސް ޑރ.މުއިއްޒު އިއްޔެ އިންޑިއާއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅުގެ ތެރެއިން އިންޑިއާ ސަރުކާރުން ރަސްމީ ކޮށް މަރްޙަބާ ދެންނެވުމުގެ ހަފްލާއެއް ބާއްވައިފިއެވެ.
އެ ރަސްމިއްޔާތު ބާއްވާފައިވަނީ މިއަދުގެ ހެނދުނު އިންޑިއާގެ ރިޔާސީ ގަނޑުވަރު ރާޝްތުރަޕަތީ ބަވަންގަ އެވެ. ރާޝްތުރަޕަތީ ބަވަން އިން ރައީސްގެ ދެ ކަނބަލުންނަށް މަރުޚަބާ ދެންނެވީ އިންޑިއާގެ ރައީސް ދުރޫޕަދީ މްރުމޫ އާއި ބޮޑުވަޒީރު ނަރެންދުރަ މޯދީ އެވެ. އެ ރަސްމިއްޔާތުގައި ރައީސް ގެ ޝަރަފްގައި 21 ބަޑީގެ ސަލާމެއް އަރުވައި ރައީސްގެ ޝަރަފްގައި އޮތް ޝަރަފްގެ ގާޑު އިންސްޕެއްޓް ކޮށްދެއްވުންވެސް އޮތެވެ.
ރާޝްތުރަޕަތީ ބަވަންގައި ބޭއްވި މަރުޚަބާ ދެންނެވުމުގެ ރަސްމިއްޔާތައްފަހު ރައީސް ދެން ވަޑައިގެންގެންފައިވަނީ މަހާތުމާ ގާންދީގެ މަޤްބަރާ (ރާޖްގަޓަށް) ބައްލަވާލެއްވުމަށެވެ.
ރައީސް ޑރ. މުއިއްޒުގެ މިދަތުރު ފުޅުގައި އިންޑިއާގެ ސަރުކާރާއެކު ރަސްމީ ވާހަކަތައް ބަދަލުކުރެއްވުމާ އަދި އިންޑިއާގެ ބެންގަލޫރު ސިޓީއަށްވެސް ދަތުރުފުޅުކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ. އެމަނިކުފާނުގެ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ރާއްޖެ ވަޑައިގަތުމަށް ހަމަޖެހިފައިވަނީ މި މަހުގެ 10 ވަނަދުވަހުއެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

އަބްދުﷲ ޝާހިދުގެ ބަންދަށް 30 ދުވަސް ޖަހައި

މަސްތުވާތަކެތީގެ މައްސަލައެއްގައި އަންހެނަކާ 3 ފިރިހެނަކު މާލެއިން ހައްޔަރުކޮށްފި

ކުޑަ ކުއްޖަކާ ބެހުނު މައްސަލައެއްގައި އަބްދުﷲ ޝާހިދު ހައްޔަރުކޮށްފި

ރަތްޔިތުންގެ ވޯޓަކާ ނުލައި ރަސްމާލެ ވިއްކާލާނަމަ އިހުތިޖާޖުކުރަން އެމްޑީޕީ އިން ނިންމައިފި

އިޓްލޮސް މައްސަލާގައި ކަނޑުން ބައެއް ގެއްލުނީ އިހުމާލުންތޯ ބަލަން ކޮމިޝަނެއް އުފައްދައިފި

ސްކޭމްކޮށްގެން ފައިސާ ފޭރޭ ކަމުގެ ތުހުމަތުގައި 4 މީހަކު ހައްޔަރުކޮށްފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
