ޔާމީން އެހަދަނީ ދޮގު، މާލޭގައި އަޅުގަނޑުގެ ގޯއްޗެއް ނޯންނާނެ: ފައިސަލް

ޔާމީން އެހަދަނީ ދޮގު، މާލޭގައި އަޅުގަނޑުގެ ގޯއްޗެއް ނޯންނާނެ: ފައިސަލް
ލިޔުން:
މާލެއިން ބިމެއް ބައްލަވައިގަތްކަމަށް ކަމަށް ދެކެވޭ ވާހަކަތައް މިނިސްޓަރ އޮފް ޓޫރިޒަމް އިބްރާހިމް ފައިސަލް ދޮގު ކުރައްވައިފަ އެވެ.
މާލެއިން ބިމެއް ބައްލަވައިގަތްކަމަށް ދެކެވޭ ވާހަކަތައް ފައިސަލް ދޮގުކުރެއްވީ، ކުރީގެ ރައީސް އަދި ކޮރަޕްޝަންގެ ކުށް ސާބިތުވެ، ޖަލު ހުކުމެއް ތަންފީޒްކުރެއްވި އަބްދުﷲ ޔާމީން ދެއްކެވި ވާހަކަފުޅުތަކަކާއި ގުޅިގެންނެވެ.
ޕީޕަލްސް ނޭޝަނަލް ފްރަންޓުން ބޭއްވި ޖަލްސާއެއްގައި ޔާމީން ވިދާޅުވެފައިވަނީ “އަބުދުއްރަހީމްގެ (ދަރިފުޅު) ފައިސަލް ވެސް މިހާރު ވަނީ މާލެ އިން ބިން ގަނެފަ” އެވެ. ނަމަވެސް މި ތުހުމަތަށް ބާރުދޭ އެއްވެސް ހެއްކެއް ނުވަތަ ތަފްސީލެއް ޔާމީން ހިއްސާކުރައްވާފައެއް ނުވެ އެވެ.
މި ތުހުމަތުތަކަށް ރައްދުދެއްވައި ފައިސަލް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މާލެއިން ބިމެއް ބައްލަވައިގަތްކަމަށް ބުނެ ކުރީގެ ރައީސް ޔާމީން ދައްކަމުން ގެންދާ ވާހަކައަކީ ކަނޑައެޅިގެން ރޯ ބުހުތާނު ދޮގު ވާހަކައެއް ކަމަށެވެ.
ފައިސަލް ވަނީ އެ ފަދަ ދޮގުވާހަކަތައް ދެއްކުން ހުއްޓާލެއްވުމަށް ރައީސް ޔާމީނަށް ގޮވާލައްވާފަ އެވެ. އަދި ރައްޔިތުންގެ މެދުގައި ފިތުނަ ފަސާދަ އުފައްދުމަށް މަސައްކަތް ނުކުރެއްވުމަށް ރައީސް ޔާމީނަށް ނަސޭހަތްތެރިވެވަޑައިގެންނެވި އެވެ.
ރައީސް ޔާމީން ބާއްވަވަމުން އަންނަ ޖަލްސާތަކުގައި އެމަނިކުފާނު ގެންދަވނީ ސަރުކާރާއި ސަރުކާރުގެ އިސް މަޤާމުތަކުގައި ތިއްބެވި ފަރާތްތަކާއި ގުޅުވައި އަސްލު ނޫން ވާހަކަތަކަކާއި، ގިނަ ތުހުމަތުތަކެއް ކުރައްވަމުންނެވެ. އަދި ރައީސް ޑރ. މުހައްމަދު މުއިއްޒުއާ ގުޅޭގޮތުންވެސް އެމަނިކުފާނު ގެންދަވަނީ އަސްލެއް ނެތް ގިނަ ވާހަކަތަކެއް ދައްކަވަމުންނެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

އިންޑިއާއާއި ގުޅުން އިތުރަށް ބަދަހިކޮށް އެ ގުޅުން ކުރިއަށް ގެންދަވާނެ ކަމުގެ ޔަޤީންކަން ރައީސް ޑރ މުއިއްޒު ދެއްވައިފި

ރާއްޖޭގެ ޤާނޫނުތަކާއި އުސޫލުތަކުގައި އިސްލާމް ވަންތަކަން ގާއިމްކުރަން މަޖިލީހަށް ހުށަހަޅަނީ

ފުލުހުން ބަލައިފާސްކުރަން ފެށުމުން އަތުގައި އޮތް މަސްތުވާއެއްޗެއް އެއްލާލި މީހަކު ބ މާޅޮހުން ހައްޔަރުކޮށްފި

ކަރަންޓާއި ފެނުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް އޭޑީބީ އިން ރާއްޖެއަށް 50 މިލިއަން ޑޮލަރުގެ އެނާޖީ ސެކިއުރިޓީ އިމަޖެންސީ ލޯނެއް ދޫކުރަން ނިންމައިފި

މަސްތުވާތަކެތި ވިއްކާ މީހަކު ހުޅުދޫ އިން ހައްޔަރުކޮށްފި

ތަފާތު ރަށްރަށާއި ތަފާތު ޖަމާޢަތްތަކާއި ތަފާތު ސަގާފަތްތަކުގެ އަހުލުވެރި ޒުވާނުންނަށް ތަޖުރިބާކުރެވެނީ ތަފާތު ޙަޤީޤަތްތަކެއް: ރައީސް
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
