މާލެ: 31°C

އެފްއޭއެމް ގެ ފައިސާއިން ގަނެފައިވާކަމަށް ތުހުމަތުކުރެވޭ 2 ޕެންޓްހައުސް ފުލުހުންނާ ހަވާލުކުރަން އަންގައިފި

އެފްއޭއެމް ގެ ފައިސާއިން ގަނެފައިވާކަމަށް ތުހުމަތުކުރެވޭ 2 ޕެންޓްހައުސް ފުލުހުންނާ ހަވާލުކުރަން އަންގައިފި
October 4, 2024
3 ފަހަރު ބަލާފައި
އެފްއޭއެމް ގެ ފައިސާއިން ގަނެފައިވާކަމަށް ތުހުމަތުކުރެވޭ 2 ޕެންޓްހައުސް ފުލުހުންނާ ހަވާލުކުރަން އަންގައިފި
އެފްއޭއެމްގެ ފައިސާއަށް ހިޔާނާތްތެރި ވުމާއި މަނީ ލޯންޑަރިންގެ ތުހުމަތު ކޮށްފައިވާ އެފްއޭއެމްގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލް އެފްއޭއެމްގެ ފައިސާއިން ގަނެފައިވާކަމަށް ތުހުމަތުކުރެވޭ 2 ޕެންޓްހައުސް ފުލުހުންނާ ހަވާލުކުރުމަށް އަންގައިފިއެވެ.

އެ މައްސަލާގެ ތަހުގީގުގެ ތެރެއިން ބައްސާމްގެ ޕެންޓްހައުސްތައް ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިއުމަށް މިދިޔަމަހުގެ 28 ގައިވަނީ ކޯޓުން އަމުރުކޮށްފައެވެ.

ކޯޓުގެ އަމުރާ ގުޅިގެން ހުޅުމާލޭގެ އަމިން އެވެނިއުގައި ހުންނަ ބައްސާމްގެ 2 ޕެންޓްހައުސް މިމަހުގެ 7 ވަނަ ދުވަހުގެ ކުރިން ފުލުހުންނާ ހަވާލުކުނުކޮށްފިނަމަ، ފުލުހުންގެ ބާރު ބޭނުންކޮށްގެން  އެ ތަންތަން އެ އިދާރާގެ ބެލުމުގެ ދަށަށް ގެންނާނެކަމަށް އެ އިދާރާއިން ބައްސާމަށް އަންގާފައިވާ އެންގުމުގައި ވަނީ ބުނެފައެވެ.

އެފްއޭއެމްގެ ފައިސާއަށް ހިޔާނާތްތެރިވެފައިވާތީ ބައްސާމުގެ މައްޗަށް ފުލުހުން ހިންގާފައިވާ ތަހުގީގުން އެނގިފައިވާ ގޮތުގައި ބައްސާމް އެ 2 ޕެންޓްހައުސް ގަތީ ކޮވިޑުގެ ދުވަސްވަރު ފުޓްބޯޅަ ކްލަބްތަކަށް ދިމާވި މާލީ ދަތިތަކުން އަރައިގަތުމަށް ފީފާ މެދުވެރިކޮށް ނެގި ލޯނުގެ ފައިސާ ބޭނުންކޮށްގެންނެވެ. އެހެންކަމުން އެ މައްސަލައިގައި ބައްސާމުގެ މައްޗަށް ދައުވާކޮށްދޭން ޕީޖީއޮފީހަށް އެމައްސަލަ މިދިޔަމަހު ފުލުހުން ވަނީ ފޮނުވާފައެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ