
އީރާނުގެ ތެލުގެ އިންފްރާސްޓްރަކްޗާ ތަކަށް އަމާޒުކޮށް އިޒްރޭލުން ބަދަލު ހިފާނެ ގޮތަކާ ބެހޭ ގޮތުން މަޝްވަރާކުރަމުންދާކަމަށް އެމެރިކާގެ ރައީސް ވިދާޅުވެއްޖެ
އީރާނުގެ ތެލުގެ އިންފްރާސްޓްރަކްޗާ ތަކަށް އަމާޒުކޮށް އިޒްރޭލުން ބަދަލު ހިފާނެ ގޮތަކާ ބެހޭ ގޮތުން މަޝްވަރާކުރަމުންދާކަމަށް އެމެރިކާގެ ރައީސް ވިދާޅުވެއްޖެ
ލިޔުން:
އީރާނަށް "މިއަދު" ހަމަލާއެއް ނުދިން ނަމަވެސް މުސްތަގުބަލުގައި އީރާނުގެ ތެޔޮ އުފައްދާ ތަންތަނަށް އިސްރާއިލްގެ ހަމަލާތައް އަމާޒުކުރުމަކީ އޮތްފުރުސަތެއް ކަމުގައި އެމެރިކާގެ ރައީސް ޖޯ ބައިޑަން ބުނުއްވައިފިއެވެ.
އީރާނުން އިސްރާއީލަށް ދިން މިސައިލް ހަމަލާތަކާ ގުޅިގެން މިއަދު ނޫސްވެރިންނާ ބައްދަލުކުރައްވައި އެމެރިކާގެ ރައީސް ޖޯ ބައިޑަން ވިދާޅުވީ އެ ސަރަހައްދުގައި ނުތަނަވަސްކަން އުފެދިފައިވާ މި ދަނޑިވަޅުގައި އިސްރާއިލުން އީރާނަށް އެއްވެސް ހަމަލާއެއް ދޭނެ ކަމަށް އުންމީދު ނުކުރައްވާ ކަމަށެވެ. އަދި ނޫސްވެރިއަކު އިސްރާއިލަށް ބަދަލުހިފުމުގެ ހުއްދަ ދެއްވަފާނަންތޯ ސުވާލުކުރުމުން ބައިޑެން ވިދާޅުވީ ފުރަތަމަ ކަމަކަށް އިޒްރޭލަށް "ހުއްދަ" ނުދޭ ކަމަށާއި އިޒްރޭލަށް ނަސޭހަތްތެރިވާ ކަމަށެވެ.
ބައިޑަން އިތުރަށް ވިދާޅުވީ މިސައިލް ހަމަލާއާ ގުޅިގެން އީރާނުގެ ތެލުގެ އިންފްރާސްޓްރަކްޗާ ތަކަށް އަމާޒުކޮށް އިޒްރޭލުން ބަދަލު ހިފާނެ ގޮތަކާ ބެހޭ ގޮތުން މަޝްވަރާކުރަމުންދާ ކަމަށެވެ.
ރައީސް ބައިޑަންގެ އެ ވާހަކައާއި ގުޅިގެން ދުނިޔޭގެ ތެލުގެ އަގު މިއަދު ވަނީ އުފުލިފަ އެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

އަބްދުﷲ ޝާހިދުގެ ބަންދަށް 30 ދުވަސް ޖަހައި

މަސްތުވާތަކެތީގެ މައްސަލައެއްގައި އަންހެނަކާ 3 ފިރިހެނަކު މާލެއިން ހައްޔަރުކޮށްފި

ކުޑަ ކުއްޖަކާ ބެހުނު މައްސަލައެއްގައި އަބްދުﷲ ޝާހިދު ހައްޔަރުކޮށްފި

ރަތްޔިތުންގެ ވޯޓަކާ ނުލައި ރަސްމާލެ ވިއްކާލާނަމަ އިހުތިޖާޖުކުރަން އެމްޑީޕީ އިން ނިންމައިފި

އިޓްލޮސް މައްސަލާގައި ކަނޑުން ބައެއް ގެއްލުނީ އިހުމާލުންތޯ ބަލަން ކޮމިޝަނެއް އުފައްދައިފި

ސްކޭމްކޮށްގެން ފައިސާ ފޭރޭ ކަމުގެ ތުހުމަތުގައި 4 މީހަކު ހައްޔަރުކޮށްފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
