
އެމްޑީޕީން އާމްދަނީ ހޯދުމަށް ވިޔަފާރީގެ ތެރެއަށް ވަނުމަށް ނިންމައިފި
އެމްޑީޕީން އާމްދަނީ ހޯދުމަށް ވިޔަފާރީގެ ތެރެއަށް ވަނުމަށް ނިންމައިފި
ލިޔުން:
އެމްޑީޕީން އާމްދަނީ ހޯދުމަށް ވިޔަފާރީގެ ތެރެއަށް ވަނުމަށް ނިންމައިފި.
އެމްޑީޕީ ހިންގުމަށްޓަކައި ބޭނުންވާ ފައިސާ ހޯދުމަށްޓަކައި އެ ޕާޓީން ވިޔަފާރީގެ ތެރެއަށް ވަނުމަށް ގޮވާލައި ރޭ އެމްޑީޕީގެ އޮފީހުގައި ބޭއްވި އެޕާޓީގެ ގައުމީ މަޖިލީހަށް ހުށަހެޅުނު ގަރާރު ވަނީ އެ ޕާޓީގެ ގައުމީ މަޖިލީހުން ފާސްކޮސްފައެވެ.
އެ ގަރާރުގައި ފާހަގަކށްްފައިވާ ކަންކަމުގެ ތެރޭގައި ސިޔާސީ ޕާޓީތައް ހިންގުމަށް ދައުލަތުގެ ބަޖެޓުން ދޭ ފައިސާއަކީ ޕާޓީގެ އިދާރީ ހިންގުމަށާއި އަދި ހަރަކާތްތަކަށް ހިންގުމަށް އެކަށީގެންވާ އަދަދެއްގެ ފައިސާއެއް ނޫންކަމަށްވާތީ، ޕާޓީއަށް އާމްދަނީ ހޯދުމުގެ ގޮތުން ޕާޓީއަށް ކުރެވެންހުރި ވިޔަފާރީގެ ފުރުސަތުތައް ދެނެގަތުމާއި، ވިޔަފާރި ރަޖިސްޓްރީ ކުރާނެ ގޮތެއް ކަނޑައެޅުމަށާއި، ކުރާނެ ވިޔަފާރިތަކާއި، އެ ވިޔަފާރިތައް ކުރާނެ އުސޫލުތައް ފާސްކުރަން ގައުމީ މަޖިލީހުގެ ބައްދަލުވުމަކަށް ވީ އެންމެ އަވަހަކަށް ހުށަހަޅަންޖެހޭނެ ކަމަށް ގަރާރުގައި ވަނީ ބުނެފަ އެވެ.
ޕާޓީތަކުގެ ނަމުގައި ވިޔަފާރި ކުރުމަށް ސިޔާސީ ޕާޓީތަކުގެ ގާނޫނުން ހުއްދަ ދޭ ކަމަށާއި ނަމަވެސް ޕާޓީއަކުން ވިޔަފާރި ކުރެވޭނީ ކޮން ގޮތަކުންކަން ރާއްޖޭގެ ވިޔަފާރިކުރުމާބެހޭ ގާނޫނުތަކުން ސާފު ނުވާ ކަމަށް ރޭގެ ބައްދަލުވުމުގައި އެ ޕާޓީގެ ޗެއާޕާސަން ފާހަގަކުރެއްވި އެވެ.
ނަމަވެސް މިހާރު އަމަލުކުރަމުންދާ ކުންފުނީގެ ގާނޫނުން ޕާޓީއަކަށް ކުންފުންޏެއް ރަޖިސްޓްރީކޮށްގެން ހިންގުމުގެ ޖާގަ ލިބޭ ކަމަށް ގަބޫލުކުރާ ކަމަށް ވެސް ޗެއާޕާސަން ވިދާޅުވި އެވެ. އެހެންކަމުން އެކަމާ ގުޅޭގޮތުން އިކޮނޮމިކް މިނިސްޓަރާއި ކަމާބެހޭ އެހެން ފަރާތްތަކާ އެކީ ވެސް މަޝްވަރާކޮށްފައިވާ ކަމަށާއި އަދި ޕާޓީގެ ފަރާތުން އެފަރާތްތަކަށް ސިޓީއެއް ފޮނުވާފައިވެސްވާނެ ކަމަށް ވިދާޅުވެފަ އެވެ.
އެގަރާރު ފާސްކޮށްފައިވަނީ ގައުމީ މަޖިލީހުގެ ބައްދަލުވުމުގައި ބައިވެރިވި މެމްބަރުންގެ އަޣުލަބިއްޔަތުންނެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

މިރޭ ބާއްވާ އެއްވުމުގެ މައުލޫމާތު ކުރިން ހިއްސާއެއްނުކުރޭ، ގާނޫނާ ހިލާފު އެއްވެސް އަމަލެއް ހިންގާނަމަ ވަގުތުން ފިޔަވަޅު އަޅާނަން: ފުލުހުން

އަބްދުﷲ ޝާހިދުގެ ބަންދަށް 30 ދުވަސް ޖަހައި

މަސްތުވާތަކެތީގެ މައްސަލައެއްގައި އަންހެނަކާ 3 ފިރިހެނަކު މާލެއިން ހައްޔަރުކޮށްފި

ކުޑަ ކުއްޖަކާ ބެހުނު މައްސަލައެއްގައި އަބްދުﷲ ޝާހިދު ހައްޔަރުކޮށްފި

ރަތްޔިތުންގެ ވޯޓަކާ ނުލައި ރަސްމާލެ ވިއްކާލާނަމަ އިހުތިޖާޖުކުރަން އެމްޑީޕީ އިން ނިންމައިފި

އިޓްލޮސް މައްސަލާގައި ކަނޑުން ބައެއް ގެއްލުނީ އިހުމާލުންތޯ ބަލަން ކޮމިޝަނެއް އުފައްދައިފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
