މާލެ: 31°C

މަނީ އެކްސްޗޭންޖިން ލައިސެންސަށް އެދެން ހުޅުވާލައިފި

މަނީ އެކްސްޗޭންޖިން ލައިސެންސަށް އެދެން ހުޅުވާލައިފި
October 3, 2024
2 ފަހަރު ބަލާފައި
މަނީ އެކްސްޗޭންޖިން ލައިސެންސަށް އެދެން ހުޅުވާލައިފި
މަނީ އެކްސްޗޭންޖިން ވިޔަފާރިތަކުން ލައިސަންސަށް އެދި ހުށަހެޅުމުގެ ފުރުސަތު މަރުކަޒީ ބޭންކް, މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ހުޅުވާލައިފި އެވެ. އިއްޔެ އެމްއެމްއޭއިން އެހެން ބުނީ ބޭރު ފައިސާގެ ގާނޫނީ އޮނިގަނޑު ހަރުދަނާކުރުމާއި ހަމަޖެހުން ދެމެހެއްޓުމަށްޓަކައި އެ އޮތޯރިޓީއިން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން "މަނީ ޗޭންޖިން ވިޔަފާރިއާ ބެހޭ ގަވާއިދު" އަށް މިދިޔަ އަންގާރަ ދުވަހު އަމަލުކުރަން ފެށުމާ ގުޅިގެންނެވެ. އެމްއެމްއޭއިން ބުނީ އެ ގަވާއިދަށް އަމަލުކުރަން ފެށުމާއެކު "މަނީ ޗޭންޖާކަމުގެ ލައިސަންސް ލިބިގެން ބޭރު ފައިސާ ގަނެ ވިއްކާ ފަރާތްތަކުން ކަންތައް ކުރަންވީ ގަވާއިދު (1987) އުވިފައިވާ ކަމަށެވެ. މިހާރު އަމަލުކުރަން ފަށާފައިވާ ގަވާއިދުގެ ދަށުން އެމްއެމްއޭއިން ދޫކުރަނީ ދެ ބާވަތެއްގެ ލައިސަންސްއެކެވެ.

އެ ދެ ބާވަތަކީ:

  • ޓިއާ 1 - ބޭރު ފައިސާ ގަތުމާއި ވިއްކުމުގެ ވިޔަފާރިކުރުމުގެ ލައިސަންސް, އެ ލައިސަންސް ދޫކުރާނީ ކުންފުނީގެ ގާނޫނުގެ ދަށުން ބޭރު ފައިސާ ގަތުމާއި ވިއްކުމުގެ ވިޔަފާރިކުރުމަށް އުފައްދާފައިވާ ކުންފުނިތަކަށް.
  • ޓިއާ 2 - ބޭރު ފައިސާ ވިއްކުމުގެ ވިޔަފާރިކުރުމުގެ ލައިސަންސް, އެ ލައިސަންސް ދޫކުރާނީ ދިވެހިރާއްޖޭގެ ޓޫރިޒަމާ ބެހޭ ގާނޫނުގެ ފަށުން ޓޫރިސްޓް ރިސޯޓް ހިންގަން ހުއްދަ ނުވަތަ ލައިސަންސް ލިބިފައިވާ ކުންފުނިތަކަށް.
އެމްއެމްއޭއިން ބުނީ އެ އޮތޯރިޓީއިން ލައިސަންސް ލިބިގެން އެ ވިޔަފާރިކުރާ ފަރާތްތަކުން އާ ލައިސަންސް ލިބެންދެން ކުރީގައި ދޫކޮށްފައިވާ ލައިސަންސްގެ ދަށުން ބޭރު ފައިސާ ގަނެ ވިއްކުމުގެ ވިޔަފާރި ކުރިއަށް ގެންދެވިދާނެ ކަމަށެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ