މާލެ: 31°C

އިސްލާމީ މަރުކަޒުގައި މަސްފެންގަނޑު ހެދުން ހުއްޓާލަނީ؛ ސަބަބަކީ އިގްތިސާދީ ހާލަތު

އިސްލާމީ މަރުކަޒުގައި މަސްފެންގަނޑު ހެދުން ހުއްޓާލަނީ؛ ސަބަބަކީ އިގްތިސާދީ ހާލަތު
October 3, 2024
2 ފަހަރު ބަލާފައި
އިސްލާމީ މަރުކަޒުގައި މަސްފެންގަނޑު ހެދުން ހުއްޓާލަނީ؛ ސަބަބަކީ އިގްތިސާދީ ހާލަތު
އިގްތިސޯދު އޮތް ގޮތުން އިސްލާމީ މަރުކަޒުގައި މަސްފެންގަނޑު ހަދަންކުރި އިއުލާނު ބާތިލުކުރަން އަންގާފައިވާ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެ އެވެ. އިސްލާމީ މަރުކަޒަށް 40 އަހަރު ފުރޭތީ މަސްފެންގަނޑެއް ހަދަން އިސްލާމިކް މިނިސްޓްރީން އިއުލާނުކުރީ އިއްޔެ ހަވީރެވެ.

އެހެންނަމަވެސް މިއަދު "އެކްސް" ގައި ކުރި ޕޯސްޓެއްގައި ޝަހީމް ވިދާޅުވީ މި ވަގުތު އެ ބާވަތުގެ ކަންކަން ކުރުމަކީ އެންމެ މުނާސަބު ކަމަކަށް ނުވާ ކަމަށެވެ.

ޝަހީމް ވިދާޅުވީ އަސްލު އެ ފެންގަނޑަކީ މަރުކަޒު ބިނާކުރި އިރުން ފެށިގެން މުންނާރު ތިރީގައި އޮތް ފެންގަނޑެއް ކަމަށާއި އެތަން މަރާމާތުކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށެވެ.

އިއްޔެ ކުރި އިއުލާނުގައި މިނިސްޓްރީން ބުނީ އެ މަސްފެންގަނޑު ހަދަން ބޭނުންވަނީ އިސްލާމީ މަރުކަޒުގެ މުންނާރު ކައިރީ ކަމަށާއި އެކަމަށް އެދި ކުރިމަތި ލެވޭނީ ރަޖިސްޓްރީ ކޮށްފައިވާ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ކަމަަށެވެ.

ކުރިން މާލޭގެ ޖަލު ހުރި ތަން ތަޅާލުމަށް ފަހު އިސްލާމީ މަރުކަޒު ބިނާކޮށް ހުޅުވީ ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ވެރިކަމުގަ އެވެ. އެތަނަކީ އޭރު މާލޭގައި ހުރި އެންމެ ރީތި ބިނާ ވެސްމެ އެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ