މާލެ: 31°C

ހަންކެޑެ ހިންގަން ދުބާއީ ކުންފުންޏަކާއެކު ސޮއިކޮށްފި

ހަންކެޑެ ހިންގަން ދުބާއީ ކުންފުންޏަކާއެކު ސޮއިކޮށްފި
October 2, 2024
2 ފަހަރު ބަލާފައި
ހަންކެޑެ ހިންގަން ދުބާއީ ކުންފުންޏަކާއެކު ސޮއިކޮށްފި

އިންޓަގްރޭޓެޑް ޓޫރިޒަމް މަޝްރޫއެއްގެ ގޮތުގައި ތަރައްގީކުރާ އައްޑޫ ހަންކެޑެ ހިންގަން ޔޫއޭޭއީގެ ހޮސްޕިޓާލީ ކުންފުންޏަކާ އެކު އެ މަޝްރޫއު ހިންގާ، މޯލްޑިވްސް ފަންޑް މެނޭޖްމަންޓް ކޯޕަރޭޝަން (އެމްއެފްއެމްސީ)ން ސޮއިކޮށްފި އެވެ.

އެމްއެފްއެމްސީގެ ރަސްމީ އެކްސް އެކައުންޓުން މިއަދު ކުރި ޓްވީޓެއްގައި ބުނީ ހަންކެޑެ ހިންގަން ސޮއިކުރީ ޔޫއޭއީގެ ކުންފުންޏެއް ކަމަށްވާ ޓައިމް ހޮޓަލްސްއާ އެކު ކަމަށެވެ. އެގޮތުން:

  • އެ ކުންފުންޏާ އެކު އެއްބަސްވުމުގައި ސޮއިކުރީ މިހާރު ދުބާއީގައި ކުރިއަށްދާ ހޮސްޕިޓާލިޓީ ދާއިރާގެ އިންވެސްޓަރުންނަށް ހާއްސަ ފިއުޗާ ހޮސްޕިޓޭލިޓީ ސަމިޓުގެ ތެރޭގައި
  • އެމްއެފްއެމްސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ނާޒިމް  ޓައިމް ހޮޓަލްސްއިން ޔޫއޭއީގެ އިތުރަށް މިސްރާއި ގަތަރު ސައުދީ އަރަބިއްޔާ އަދި ލައިބީރިއާގައި ވެސް ހޮޓާ ހިންގަ އެވެ. އެ ކުންފުންޏާ އެކު ސޮއިކުރި އެއްބަސްވުމުގެ ތަފްސީލްތަކެއް އަދި ހާމައެއް ނުކުރެ އެވެ. 

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ