މާލެ: 31°C

މެރިންކަލްޗާ ތަރައްގީކުރާނެ ސަރަހައްދުތައް ރައީސް ކަނޑައަޅުއްވައިފި

މެރިންކަލްޗާ ތަރައްގީކުރާނެ ސަރަހައްދުތައް ރައީސް ކަނޑައަޅުއްވައިފި
October 2, 2024
2 ފަހަރު ބަލާފައި
މެރިންކަލްޗާ ތަރައްގީކުރާނެ ސަރަހައްދުތައް ރައީސް ކަނޑައަޅުއްވައިފި
ރާއްޖޭގެ އިޤްތިޞާދު ސިންދަފާތުކޮށް ކަނޑުގެ ވަޞީލަތްތަކުން ލިބޭ ނަފާ އިތުރުކުރުމުގެ މަޤްޞަދުގައި މެރިކަލްޗަރ ތަރައްޤީކުރާ 4 ޒޯނެއް ރައީސް ޑރ މުޙައްމަދު މުޢިއްޒު ކަނޑައަޅުއްވައިފި އެވެ. މި ނިންމުން ނިންމަވާފައިވަނީ މިދިޔަ ސެޕްޓެންބަރު 30 ވަނަ ދުވަހު ބޭއްވުނު ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގަ އެވެ. މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސްއިން ހުށަހެޅުއްވި ކަރުދާހަކަށް ބިނާކޮށް، ވަޒީރުންގެ މަޖިލީހުގައި މަޝްވަރާކުރެއްވުމަށްފަހު ނިންމެވި ކަންތައްތަކުގެ ތެރޭގައި، ރާއްޖޭގައި މެރިކަލްޗަރގެ ވިޔަފާރިތައް ޤާއިމުކުރުމަށްޓަކައި ވަކި ޒޯންތަކެއް ކަނޑައެޅުން ހިމެނެ އެވެ. މި ޒޯންތަކުގައި ހެޗަރީތައް ބިނާކުރުމާއި، ހެޗަރީގައި އުފައްދާ ބާވަތްތައް މޫދުގެ މާޙައުލުގައި ބޮޑުކުރުމުގެ މަސައްކަތްތައް ކުރެވޭނެ އެވެ.

ރައީސް އޮފީހުން މަޢުލޫމާތު ދެއްވިގޮތުގައި، މެރިކަލްޗަރ ތަރައްޤީކުރާ ޒޯންތަކުގެ ގޮތުގައި ކަނޑައަޅުއްވާފައިވަނީ:

  1. ބޮޑުތިލަދުންމަތި (ހދ. އަދި ށ.އަތޮޅު) މެރިކަލްޗަރ ޒޯން
  2. މާޅޮސްމަޑުލު އުތުރުބުރީ (ރ) އަތޮޅު މެރިކަލްޗަރ ޒޯން
  3. މުލަކަތޮޅު (މ) އަތޮޅު މެރިކަލްޗަރ ޒޯން
  4. ކޮޅުމަޑުލު ( (ތ) އަތޮޅު މެރިކަލްޗަރ ޒޯން
މީގެ އިތުރުން، މާލެއަތޮޅު ދެކުނުން، ވާދޫ ކަނޑުއޮޅިން ފެށިގެން ގާތްގަނޑަކަށް 7 ކިލޯމީޓަރު ދެކުނުން އޮތް 73 ހެކްޓަރުގެ ފަރުގެ ސަރަޙައްދެއް ވަނީ ކޮމަރޝަލް ސްކޭލެއްގައި ފާނަ އާލާކުރުމުގެ މަސައްކަތް ހިންގުމަށް ޚާއްޞަކުރެވޭ މޫދުކޮށީގެ ސަރަޙައްދެއްގެ ގޮތުގައި ކަނޑައަޅުއްވާފަ އެވެ. ރައީސް އޮފީހުން އިތުރަށް ވިދާޅުވީ، މެރިކަލްޗަރ ކުރުމަށް ކަނޑައަޅާ ޒޯންތައް ކުއްޔަށް ދިނުމުގައި ޢަމަލުކުރާނެ އުސޫލުތަކެއް ވެސް ކަނޑައަޅުއްވާފައިވާ ކަމަށެވެ. މި ނިންމުންތަކަކީ ފޮރިން އިންވެސްޓްމަންޓްތައް ހިމެނޭގޮތަށް އާންމުކޮށް ހުޅުވާލައިގެން ކުރިއަށް ގެންދިއުމަށް ނިންމާފައިވާ ކަންތައްތަކެއް ކަމަށް ވެސް ރައީސް އޮފީހުން މަޢުލޫމާތު ދެއްވި އެވެ. މި ނިންމުންތަކަކީ ރާއްޖޭގެ އިޤްތިޞާދު ސިންދަފާތުކޮށް، ކަނޑުގެ ވަޞީލަތްތަކުން ލިބޭ ނަފާ އިތުރުކުރުމަށް އެޅޭ މުހިންމު ފިޔަވަޅުތަކެއް ކަމަށް ސަރުކާރުން ދެކެވަޑައިގަންނަވަ އެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ