މާލެ: 31°C

ރަހީނުކުރި މައްސަލަ ބަލަން ފަށައިފި

ރަހީނުކުރި މައްސަލަ ބަލަން ފަށައިފި
October 2, 2024
2 ފަހަރު ބަލާފައި
ރަހީނުކުރި މައްސަލަ ބަލަން ފަށައިފި
ލ. ގަމުގައި ސްކޫލު ދަރިވަރަކު ބަރަހަނާކޮށް, ވީޑިއޯއާއެކު ބްލެކްމެއިލް ކުރި މައްސަލަ ފުލުހުން ބަލަން ފަށައިފި އެވެ. މީޑިއާތަކަށް މިއަދު ފޮނުވި މެސެޖެއް ގައި ފުލުހުން ބުނީ އެ މައްސަލަ ފުލުހުންގެ ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ. އަދި ކަމާއި ގުޅުން ހުރި އިދާރާތަކާ ގުޅިގެން މިކަމާ ގުޅޭ މައުލޫމަތު ހޯދުމުގު މަސައްކަތް ކުރަމުންދާ ކަމަށްވެސް ފުލުހުން ބުންޏެވެ. ރޭގައި ފެންމަތިވި މި މައްސަލަ، ފޭސްބުކްގައި ދައުރުވަމުންދާ މެސެޖެއްގައި ބުނީ ހަމަދް ބިން ހަލީފާ އަލް ޘާނީ ގައި ކިޔަވަމުންދާ ދަރިވަރަކު ދިރިއުޅޭ ގެއަށް އެހެން ދަރިވަރަކު ވަދެ އެ ކުއްޖާ ރަހީނުކޮށްގެން އެހެން ތަނަކަށް ގެންގޮސް ބަރަހަނާކޮށްފައިވާ ކަމަށެވެ. ރަހީނުކުރި ދަރިވަރަކީ އެ ސްކޫލު ޓީޗަރެއްގެ ދަރިފުޅު ކަމަށާއި ބަރަހާނަކުރުމަށް ފަހު އެ ކުއްޖާގެ ބްލެކްމެއިލް ކޮށްފައިވާ ކަމަށް ސޯޝަލް މިޑިއާގައި ދައުރުވަމުން އަންނަ މެސެޖުގައިވެ އެވެ. "...ދަނޑިބުރިއަކުން ތަޅައި (ދަރިވަރު) ވީޑިއޯ ކުރުމަށް ފަހު ރުފިޔާ ނުދީފިނަމަ ބްލެކްމެއިލްކޮށް އެ ފުރައިގެ ގިނަ ކުދިން ތިބި އިންސްޓަ ގްރޫޕަކަށް ވީޑިއޯލައި ދަރިފުޅަށް މަރުގެ އިންޒާރު ދިން" އެކަން ކޮށްފައިވަނީ ގްރޭޑް 9 އެއްގައި ކިޔަވާ ދަރިވަރެއް ކަމަށް ދައުރުވަމުންދާ މެސެޖުގައި ބުނެފައިވެ އެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ