މާލެ: 31°C

ހަށިގަނޑުން ފެން މަދުވި ކަމުގެ 8 އަލާމާތް

ހަށިގަނޑުން ފެން މަދުވި ކަމުގެ 8 އަލާމާތް
October 2, 2024
2 ފަހަރު ބަލާފައި
ހަށިގަނޑުން ފެން މަދުވި ކަމުގެ 8 އަލާމާތް
ހަށިގަނޑުގައި ހުންނަންޖެހޭ މިންވަރަށްވުރެ ބޮޑަށް ފެން މަދުވުމުގެ ސަބަބުން ތިމާގެ ހަކަތައިގެ މިންވަރާއި ނަފްސާނީ ހާލަތަށް އަސަރުކޮށް، ސީރިއަސް ހާލަތްތަކުގައި ފުރާނައަށް ވެސް ނުރައްކާވެދާނެ އެވެ. ފުރިހަމަ ސިއްހަތެއްގައި ހުރުމަށްޓަކައި ހަށިގަނޑުގައި ފެން ހުންނަންޖެހޭ މިންވަރު މަދުވިޔަ ނުދިނުމަކީ ކޮންމެހެން ކުރަންޖެހޭ ކަމަކެވެ. ފެނާ ނުލައި ތިބާގެ ސެލްތައް މަސައްކަތެއް ނުކުރާނެއެވެ އެހެންކަމުން އިންސާނުންނަށް ފެނާ ނުލައި ދިރިއެއްނޫޅެވޭނެއެވެ. ބޮޑެތި މީހުންނާއި ކުޑަކުދިންވެސް އެކަށީގެންވާ މިންވަރަށް ދިޔާ ތަކެތި ބޭނުން ނުކުރާނަމަ ކްރޮނިކް ޑީހައިޑްރޭޝަން (ކުރިމަތިވުމަށް މަގުފަހިކުރުވައެވެ. ހަށިގަނޑުން ފެން މަދުވުމުމާ ގުޅޭ އެއް އަލާމާތައްވުރެ ގިނަ އަލާމާތް ފެނިއްޖެނަމަ އަވަހަށް ސިއްހީ ފަރުވާ ހޯދުމަކީ މުހިއްމުކަމެކެވެ. 1- ވަރުބަލިވުން ހަށިގަނޑުގައި ހުންނަންޖެހޭ މިންވަރަށްވުރެ ބޮޑަށް ފެންމަދުވެއްޖެނަމަ އާދަޔާ ހިލާފަށް ވަރުބަލިކަން އިހުސާސް ކުރެވޭނެއެވެ. އެގޮތުން ހަމައަށް ނުނިދުމާއި، ކަސްރަތު ނުވަތަ ހަށިގަނޑަށް ބުރައަކަށްވާދަ ހަރަކާތްތަކެއް ކުރާއިރު މާއަވަހަށް ވަރުބަލިކަން އިޙްސާސް ކުރެވުން ހިމެނެއެވެ. 2- ކަޑަކަމުދިއުން މަދުވުމާއި، ކުޑަކަމުދާ ތަކެތީގެ ކުލަ ގަދައަށް ހުރުން އެކަށީގެންވާ މިންވަރަށް ދިޔާތަކެތި ހަށިގަނޑުގައި ނެތްނަމަ ސޯޑިއަމް އަދި ޔޫރިއާ ފަދަ ހަށިގަނޑުން އުފެދޭ ކުނީގެ ބާވަތްތަކާ އެކު ކުޑަކަމުދާތަކެތީގެ ކުލަ އިތުރަށް ކޮންސެންޓްރޭޓްވެގެން ދެއެވެ. 3- ހަންގަނޑު ހިކުމާއި، ތުންފަތް ފަޅައިގެން ދިއުން ހަށިގަނޑުގައި ހުންނަންޖެހޭ މިންވަރަށްވުރެ ފެންމަދުވުމުގެ އެންމެ އާންމު އެއް އަލާމާތަކީ ހަންގަނޑާއި ތުންފަތް ހިކިވުމާއި ހަމުގެ އިލަސްޓިސްޓިކް ދަށްވުމެވެ. 4- ބޮލުގައި ރިއްސުން ހަށިގަނޑުގައި ހުންނަންޖެހޭ މިންވަރަށްވުރެ ފެންމަދުވުމާއި ބޮލުގައި ރިއްސުމާއި ވަރަށް ބޮޑަށް ގުޅިފައިވާ ކަމެއް ނަމަވެސް، ހަށިގަނޑުން ފެން މަދުވުމުގެ ސަބަބުން ބޮލުގައި ރިއްސަނީ ކިހިނެއްކަމެއް ސައިންސްވެރިންނަކަށް އަދި ހޯދިފައެއް ނުވެއެވެ. 5- ވަރުދެރަވުން އެކަށީގެންވާ މިންވަރަށްވުރެ ހަށިގަނޑުގައި ފެން މަދުވުމުގެ ސަބަބުން ބޮލުގައި ރިއްސުމާއި ވަރުދެރަވުން އިހުސާސް ކުރެވިދާނެއެވެ. ހަށިގަނޑުގައި ހުންނަންޖެހޭ މިންވަރަށްވުރެ ފެންމަދުވުމުގެ ސަބަބުން އޯތޮސްޓެޓިކް ހައިޕޮޓެންޝަން އަށް މަގުފަހިވެއެވެ. 6- ހިތުގެ ވިންދަށް ބަދަލުއައުން ހަށިގަނޑުގައި ހުންނަންޖެހޭ މިންވަރަށްވުރެ ފެންމަދުވުމަކީ ހިތުގެ އަލާމާތްތައް ކަމުގައިވާ ތެޅުން ނުވަތަ ވިންދު ޖެހުމުގައި ބުރޫއަރައި އާދަޔާ ޚިލާފު އަލާމާތްތައް ފެނިދާނެ ކަމެކެވެ. އެކަށީގެންވާ މިންވަރަށް ދިޔާތަކެތި ބޭނުން ނުކުރުމަކީ ހިތުގެ ދުޅަހެޔޮކަން ހިމެނޭ ގޮތަށް މުޅި ސިއްހަތަށް ނޭދެވޭ އަސަރުކުރުވާ ކަމެކެވެ. 7- ލޭގެ ޕްރެޝަރު ދަށްވުން ލޭގެ ޕްރެޝަރު ދަށްވުމަކީ ހަށިގަނޑުގައި ހުންނަންޖެހޭ މިންވަރަށްވުރެ ފެންމަދުވުމުމުގެ އަލާމާތެކެވެ. ނަމަވެސް އެކަން ފާހަގަކުރެވޭނީ ވަރަށް ބޮޑަށް ހަށިގަނޑުން ފެން މަދުވުމުންނެވެ. 8- ކޮންސެންޓްރޭޝަން ދަށްވުން ހަށިގަނޑުގައި އެކަށީގެންވާ މިންވަރަށް ފެން ނެތުމަކީ އެކަމުގެ ސަބަބުން ސިކުނޑިއަށް އަސަރުކޮށް، ކޮންސެންޓްރޭޓް ކުރުމުގެ ގާބިލުކަން ކުޑަކޮށްދޭ ކަމެކެވެ. ބައެއް ދިރާސާތަކުން ދައްކާ ގޮތުގައި ޑީހައިޑްރޭޝަންގެ ސަބަބުން ކުރު މުއްދަތުގެ ހަނދާނާއި ކޮންސެންޓްރޭޝަން އަދި މޫޑަށް ބަދަލު ގެނުވައެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ