މާލެ: 31°C

މޯލްޑިވިއަން ސީޕްލޭން ޖޮއިންޓް ވެންޗަރ އަކަށް ބަދަލުކުރުމަށް ވަޒީރުންގެ މަޖިލީހުން ނިންމަވައިފި

މޯލްޑިވިއަން ސީޕްލޭން ޖޮއިންޓް ވެންޗަރ އަކަށް ބަދަލުކުރުމަށް ވަޒީރުންގެ މަޖިލީހުން ނިންމަވައިފި
October 2, 2024
2 ފަހަރު ބަލާފައި
މޯލްޑިވިއަން ސީޕްލޭން ޖޮއިންޓް ވެންޗަރ އަކަށް ބަދަލުކުރުމަށް ވަޒީރުންގެ މަޖިލީހުން ނިންމަވައިފި
އައިލެންޑް އޭވިއޭޝަންގެ މޯލްޑިވިއަން ސީޕްލޭންގެ ހިދުމަތް އިތުރަށް ތަރައްގީކޮށް ދެމެހެއްޓެނެވި ގޮތެެއްގައި ކުރިއަށް ގެންދިއުމަށްޓަކައި ޖޮއިންޓް ވެންޗަރ ކުންފުންޏެއް އުފެއދެވުމުގެ ކަންކަން ކުރިއަށް ގެންދެވުމަށް ވަޒީރުންގެ މަޖިލީހުން ނިންމަވަވައިފިއެވެ. އެގޮތަށް ނިންމަވާފައިވަނީއިއްޔެ އޮތް ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައި މިނިސްްޓްރ އޮފް ފިނޭންސުން ހުށަހެޅި ކަރުދާހުގެ މައްޗަށް ބިނާކޮށް ވަޒީރުންގެ މަޖިލީހުގައި މަޝްވަރާކުރުމަށްފަހުއެވެ. ވަޒީރުންގެ މަޖިލީހުގައި މަޝްވަރާ ކުރުމަށްފަހު ނިންމާފައިވަނީ އައިލެންޑް އޭވިއޭޝަނުން ހިންގަމުން ގެންދާ މޯލްޑިވިއަން ސީޕްލޭން ވިޔަފާރި ޒަމާނީކޮށް، އިތުރަށް ފުޅާކޮށް ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދިއުމަށްޓަކައި އައިލެންޑް އޭވިއޭޝަންގެ ފުރިހަމަ ކޮންޓްރޯލް އޮންނަ ގޮތަށް ޖޮއިންޓް ވެންޗާ ކުންފުންޏެއް އުފެއްދުމުގެ ކަންކަން 30 އެޕްރީލް 2025 އަށް ނިންމެވުމަށެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ