މާލެ: 31°C

މުހިއްމު ބަދަލެއް: ޓޫރިމުން ލިބޭ ބޭރު ފައިސާ ދިވެހި ބޭންކްތަކަށް ޖަމާކުރަން ލާޒިމްކޮށްފި

މުހިއްމު ބަދަލެއް: ޓޫރިމުން ލިބޭ ބޭރު ފައިސާ ދިވެހި ބޭންކްތަކަށް ޖަމާކުރަން ލާޒިމްކޮށްފި
October 1, 2024
2 ފަހަރު ބަލާފައި
މުހިއްމު ބަދަލެއް: ޓޫރިމުން ލިބޭ ބޭރު ފައިސާ ދިވެހި ބޭންކްތަކަށް ޖަމާކުރަން ލާޒިމްކޮށްފި
ޓޫރިޒަމަށް ލިބޭ ހުރިހާ ބޭރު ފައިސާއެއް ރާއްޖޭގެ ބޭންކުތަކަށް ޖަމާކުރަން ޖެހޭ ގޮތަށް ބަދަލުކޮށް، ބޭރު ފައިސާ ބެހޭ އާ ގަވާއިދެއް ސަރުކާރު ގެޒެޓުގައި ޝާއިއުކޮށްފި އެވެ. ޓޫރިޒަމްގެ ދާއިރާގެ މުދާ ވިއްކާ ފަރާތްތަކާއި ހިދުމަތް ފޯރުކޮށްދޭ ފަރާތްތަކުން ވިއްކާ މުދަލާއި ހިދުމަތަށް ކޮންމެ މީލާދީ އަހަރަކަށް ލިބޭ ޖުމުލަ ބޭރު ފައިސާ ޖެހިގެން އަންނަ އަހަރުގެ ޖެނުއަރީ 28 ގެ ކުރިން ރާއްޖޭގެ ބޭންކެއްގައި ޖަމާކުރަން ޖެހޭނެ ކަމަށް ގަވާއިދުގައި ބުނެފައިވެ އެވެ. އެ ފައިސާ ޖަމާކުރާނީ އެމެރިކާ ޑޮލަރުން ނުވަތަ މީރާއިން ހުއްދަކުރާ ބޭރު ފައިސާއަކުން ކަމަށް ވެސް ލިޔެފައިވެ އެވެ. ފައިސާ ޖަމާކުރުމަށް ފަހު އެ މައުލޫމާތު މީރާއަށް ހުށަހަޅަން ޖެހެ އެވެ.

ބޭންކަށް މާރުކުރަން މަޖުބޫރުކުރަން

އާ ގަވާއިދާ އެކު ކެޓަގަރީ އޭ ޓޫރިސްޓު ވިޔަފާރިތަކުން މީލާދީ މަހެއްގައި އަންނަ ކޮންމެ ޓޫރިސްޓަކަށް 500 އެމެރިކާ ޑޮލަރުގެ ރޭޓުން، އެ މަހަަށް ފަހު ހިނގާ ތިންވަނަ މަހުގެ 28 ވަނަ ދުވަހުގެ ކުރިން ދައްކަން ޖެހޭނެ އެވެ. އެ އުސޫލުން ކެޓަގަރީ ބީން ދައްކަން ޖެހޭނީ 25 ޑޮލަރުގެ ރޭޓުންނެވެ. ކެޓަގަރީ އޭގެ ޓޫރިސްޓު ވިޔަފާރިއަކަށް އެ އަދަދަށް ފައިސާ ނުލިބޭނަމަ މީރާއަށް ހުށަހެޅުމަށް ގަވާއިދުގައި ބުނެފައިވެ އެވެ. އެ ގޮތުން ބަލަން ޖެހޭ ކަންކަން ބެލުމަށް ފަހު ގަވާއިދުގައި ބުނާ އަދަށް ވުރެ ދަށް އަދަދެއް އެ ވިޔަފާރިއަކަށް ކަނޑައެޅުމުގެ ބާރު އެމްއެމްއޭއަށް ލިބިގެންވާ ކަމަށް ވެސް ގަވާއިދުގައި ބުނެފައިވެ އެވެ. އެ ހުއްދަ ދިނުމުގައި ބެލޭނެ ކަންކަމުގެ ތެރޭގައި ހުރީ:
  • ބޭރު ފައިސާއިން އަދާކުރަން ޖެހިފައިވާ ޓެކްސް
  • މާލީ އިދާރާތަކަށް ބޭރު ފައިސާއިން އަދާކުރަން ޖެހިފައިވާ ދަރަނި
  • ކޯޓު ހުކުމެއްގައި ދެއްކުމަށް ކަނޑައެޅިފައިވާ ބޭރު ފައިސާގެ އިލްތިޒާމުތައް
  • އޮތޯރިޓީން ހުއްދަ ދޭ އެހެން ވެސް ބޭރު ފައިސާގެ އިލްތިޒާމުތައް
ގަވާއިދުގައި ބަޔާންކުރާ މި މާއްދާތަކާ ހިލާފުވާ ވިޔަފާރިތައް 5،000 ރުފިޔާއާއި 1 މިލިއަން ރުފިޔާއާ ދެމެދުގެ އަދަދަކުން އެމްއެމްއޭން ޖޫރިމަނާ ކުރެވޭނެ ކަމަށް ވެސް ބުނެފައިވެ އެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ