މާލެ: 31°C

ކުރީގެ ޕީޖީގެ ނިންމުންތައް ރިވިއުކުރަން ރައްޔިތުން ބޭނުންތޯ ބަލަނީ

ކުރީގެ ޕީޖީގެ ނިންމުންތައް ރިވިއުކުރަން ރައްޔިތުން ބޭނުންތޯ ބަލަނީ
October 1, 2024
2 ފަހަރު ބަލާފައި
ކުރީގެ ޕީޖީގެ ނިންމުންތައް ރިވިއުކުރަން ރައްޔިތުން ބޭނުންތޯ ބަލަނީ
ކުރީގެ ޕީޖީގެ ނިންމުންތައް ރިވިއުކުރަން ރައްޔިތުން ބޭނުންތޯ ބަލާނެކަމަށް ޕްރޮސިކިއުޓަޖެނެރަލް އައްބާޝް ޝަރީފް ވިދާޅުވެއްޖެއެވެ. އެމަނިކުފާނު އެގޮތައް ވިދާޅުވެފައިވަނީ މިއަދު ޕީޖީއޮފީހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފޫލު ދައްކަވަމުންނެވެ. އެ ބައްދަލުވުމުގައި ވާހަކަފުޅދައްކަވަމުން ޕީޖީ އައްބާސް ޝަރީފް ވިދާޅުވީ ކުރީގެ ފީޖީ ނިންމަވާފައިވާ ނިންމެވުންތަކާ ގުޅިގެން ވަރަށް ގިނަ ޝަކުވާ ލިބެމުންދާކަމަށާއި އެހެންކަމުން މިއަދުން ފެށިގެން އެފަދަ މައްސަލަތާގުޅިގެން ޝަކުވާ ކުރުމުގެ ފުރުސަތު ހުޅުވާލާފައިވާކަމަށެވެ. މިއަދު ޕީޖީ އިފީހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކުރީގެ ޕީޖީގެ އެއްވެސް ނިންމެވުމެއް ރިވިއުކުރާނެތޯ، ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުން ޕީޖީ އައްބާސް ޝަރީފް ވިދާޅުވީ އަމިއްލައަށް އިސްނަގައިގެން ވަކި މައްސަލައެއް ރިވިއު ނުކުރައްވާނެ ކަމަށެވެ. ނަމަވެސް އެމަނިކުފާނުގެ ވިސްނުމަކީ އެ މައްސަލަތަކާ ގުޅިގެން ޝަކުވާއަށް ހުޅުވާލުންކަމަށާއި، އެ ގޮތުން ކުރިއަށް އޮތް 20 ދުވަހުގެ ތެރޭގައި ޝަކުވާ ހުށަހަޅައިފި ނަމަ، އެ މައްސަލަތައް ރިވިއުކުރުމަށް އެކަމަށް ކަނޑައަޅާފައިވާ ކޮމިޓީއަކުން ނިންމާނެ ކަމަށް އޭނާ ވިދާޅުވި އެވެ. އިތުރަށް ވާހަކަދައްކަވަމުން އެމަނިކުފާނު ވިދާޅުވީ ޝަކުވާ ހުށަހެޅޫމަށް ހުޅުވާލި ފުރުސަތުގައި ރައީސް ޔާމީންގެ މައްސަލަ ހުށަހެޅިނަމަވެސް ކޮމިޓީން ރިވިއުކުރަން ނަގާނެކަމަށާއި އެކަމުގައިވެސް އެ ކޮމެޓީން ގޮތެއް ނިންމަވާނެކަމަށެވެ.

ޕީޖީ އައްބާސް ޝަރީފް ވިދާޅުވީ އެއްވެސް މައްސަލައެއް އަމިއްލަފުޅަށް ރިވިއުކުރަން ނުނިންމަވާނެކަމަށާއި، އެގޮތުން ރިވިއުކުރާ މައްސަލަތައް އަމިއްލައަށް ނިންމަވަން ބޭނުންނުވާ ސަބަބަކީ އެގޮތަށް އެކަން ކޮށްފިނަމަ ތަފާތު ތުހުމަތުކޮށްފާނެތީ ކަމަށެވެ.

އެ ނޫސްވެރިންގެ ބައްދަލުވުމުގައި ޕީޖީ އައްބާސް ޝަރީފް ވިދާޅުވީ ޕީޖީ އޮފީހުގައި ރަނގަޅު ޕްރޮސިކިއުޝަން ނިޒާމެއް ގައިމް ކޮށްފައިވާކަމަށާއި އޮފީހުގެ ކަންކަން ވަރަށް ފުރިހަމައަށް ކުރީގެ ޕީޖީ ރާވާފައިވާކަމަށެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ