މާލެ: 31°C

ތޫނު ހަތިޔާރު ބޭނުންކޮށްގެން ބިރުދެއްކި އަންހެންމީހާގެ ބަންދަށް އިތުރު 15 ދުވަސް ޖަހައިފި

ތޫނު ހަތިޔާރު ބޭނުންކޮށްގެން ބިރުދެއްކި އަންހެންމީހާގެ ބަންދަށް އިތުރު 15 ދުވަސް ޖަހައިފި
October 1, 2024
2 ފަހަރު ބަލާފައި
ތޫނު ހަތިޔާރު ބޭނުންކޮށްގެން ބިރުދެއްކި އަންހެންމީހާގެ ބަންދަށް އިތުރު 15 ދުވަސް ޖަހައިފި
ތޫނު ހަތޔާރު ބޭނުންކޮށްގެންކޮށް ބިރުދެއްކުމާއި، މާރާމާރީއާއި، މުދަލަށް ގެއްލުން ދިނުމުގެ ކުށުގައި ބަންދުކުރި ސެޕްޓމްބަރ 15 ވަނަ ދުވަހު ބަންދުކުރި ތ. ތިމަރަފުށި، ސަލްވާ، ފާތިމަތު ޝަހުދާ ގެ ބަންދަށް އިތުރު 15 ދުވަސް ކްރިމިނަލް ކޯޓުން ޖަހައިފިއެވެ. ޝަހުދާގެ ބަންދުގެ މުއްދަތު ކްރިމިނަލް ކޯޓުން އިތުރުކޮށްފައިވަނީ އޭނާ އާއި ދެކޮޅަށް އިތުރު ހެކި ލިބިފައިވާތީ ކަމަށާއި އެގޮތުން ތޫނު އެއްޗަކުން އޭނާ މީހަކަށް ހަމަލާ ދޭން އުޅުނުކަމާއި އޭނާ ހައްޔަރުކުރަންއުޅުނުވަގުތު އޭނާ އަތުގައި އޮތް ވަޅިއެއް ބިންމައްޗަށް ވައްޓާލިކަމަށް ފުލުހުން ބުނެފައިވާކަމަށެވެ. ފުރަތަމަ ޝަހުދާ ބަންދަށް 15 ދުވަސް ޖަހާފައިވަނީ އޭނާއަކީ ކުށުގެ ރިކޯޑު އޮތް މީހަކަށްވެފައި، އަދި އޭނާއަކީ ބިރު ދެއްކުމާއި ފޭރުމުގެ ރިކޯޑު އޮތް މީހެއް ކަމަށް ވާތީއެވެ. މިދިޔަ އަހަރުވެސް ޝަހުދާވަނީ މާލޭގައި ފިހާރައެއްގެ ސޭޓަކަށް އިން މީހެއްގެ ކަރަށް ވަޅިން ހަމަލާދިން މައްސަލައެއްގައި ހައްޔަރުކޮށްފައެވެ. އަދި އޭގެ އިތުރުން ތިމަރަފޫށިގައިވެސް އޭނާ މީހުންނަށް ތޫނު ހަތިޔާރުބޭނުންކޮގެން ހަމަލާދޭ މައްސަލާގައި އެތައްފަހަރަކު ހައްޔަރުކޮށްފައިވެއެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ