މާލެ: 31°C

ސައުދީއާއެކު ވިޔަފާރީގެ އެއްބަސްވުމެއް

ސައުދީއާއެކު ވިޔަފާރީގެ އެއްބަސްވުމެއް
October 1, 2024
2 ފަހަރު ބަލާފައި
ސައުދީއާއެކު ވިޔަފާރީގެ އެއްބަސްވުމެއް
ސައުދީއާއި ރާއްޖެއާ ދެމެދުގައި ވިޔަފާރި ދާއިރާއިން ގުޅުން ބަދަހިކުރަން އެމްއޯޔޫއެއްގައި ސޮއިކޮށްފި އެވެ. ރަސްމީ ދަތުރެއްގައި ސައުދީއަށް ވަޑައިގެން އުޅުއްވާ، އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ރޭގައި އެކްސްގައި ކުރި ޕޯސްޓެއްގައި ވިދާޅުވީ ދެ ގައުމުގެ ދެމެދުގައި ވިޔަފާރީގެ ދާއިރާ އާއި އިންވެސްޓްމަންޓްގެ ދާއިރާއިން ގުޅުން ބަދަހިކުރުމާ ބެހޭގޮތުން މަޝްވަރާތަކެއް ކޮށްފައިވާ ކަމަށެވެ. މީގެ އިތުރުން ސައީދު ވިދާޅުވީ ދެ ގައުމުގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ބަދަހިކުރުމަށް ކުރެވޭނެ ކަންތައްތަކާ މެދުގައިވެސް މަޝްވަރާ ކޮށްފައިވާ ކަމަށެވެ. ރާއްޖޭގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ އިކޮނޮމިކް މިނިސްޓަރު ސައީދު އެވެ. އަދި ސައުދީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ މިނިސްޓާ އޮފް ކޮމާސް މަޖީދު ބިން އަބްދުﷲ ބިން އުސްމާން އެވެ. ވިޔަފާރި އެއްބަސްވުމުގައި ސޮއިކުރެއްވި އިރު، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީކުރުމަށް ދޭ ލޯނު އެހީއަކާއި ރާއްޖޭގެ ސިއްހީ ދާއިރާ ތަރައްގީކުރުމަށް ދޭ ލޯނު އެހީ އެއްގެ އެއްބަސްވުމެއްގައި މެއި މަހުގައި ވަނީ ސޮއިކޮށްފަ އެވެ. ސައުދީގެ 94 ވަނަ ގައުމީ ދުވަހުގެ މުނާސަބަތުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ދިވެހިރާއްޖެ އާއި ސައުދީ އަރަބިއްޔާ އާ ދެމެދު އޮންނަ ގުޅުން ބިނާވެފައި ވަނީ ޒަމާންވީ ރަހުމަތްތެރިކަމާއި އިސްލާމްދީނުގެ މަތިވެރި އުސޫލުތަކުގެ މައްޗަށް ކަމަށް ވިދާޅުވެފަ އެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ