މާލެ: 31°C

ދައުލަތަށް ލިބެންޖެހޭ 600 މިލިއަނަށްވުރެ ގިނަ ރުފިޔާ މީރާއިން ހޯދައިފި

ދައުލަތަށް ލިބެންޖެހޭ 600 މިލިއަނަށްވުރެ ގިނަ ރުފިޔާ މީރާއިން ހޯދައިފި
October 1, 2024
2 ފަހަރު ބަލާފައި
ދައުލަތަށް ލިބެންޖެހޭ 600 މިލިއަނަށްވުރެ ގިނަ ރުފިޔާ މީރާއިން ހޯދައިފި
ދައުލަތަަށް ލިބެންޖެހޭ 639 މިލިއަން ރުފިޔާގެ ޓެކްސް މީރާ އިން ހޯދައިފި އެވެ.
މީރާއިން މި އަދަދު ހާމަކުރީ އަހަރުގެ 2 ވަނަ ކުއާޓަރުގައި ނެރުނު ރިޕޯޓްގަ އެވެ.
ރިޕޯޓުގައިވާ ގޮތުން ފާއިތުވި ހަ މަސް ދުވަހުގެ ތެރޭގައި މީރާއިން 515 މިލިއަން ރުފިޔާ ހޯދާފައިވަނީ ޓެކްސް ދައްކާ ފަރާތްތަކަށް ތަކުރާރުކޮށް ޓެކްސް ދެއްކުމަށް ހަނދާންކޮށްދީގެން ނެވެ. އޭގެ ތެރޭގައި 93 މިލިއަން ރުފިޔާގެ ޑިއުސް ކްލިއަރެންސް އާއި ފްރޯޒެން ބޭންކް އެކައުންޓްތަކުން 21 މިލިއަން ރުފިޔާގެ ޑިއުސް ކްލިއަރެންސް އާއި އޯވާ ޑިއު ޕޭމަންޓްސް ތެރެއިން ހޯދާފައިވާ 12 މިލިއަން ރުފިޔާ ހިމެނެ އެވެ. މީގެ އިތުރުން ޓެކްސް ދައްކާ ފަރާތްތަކަށް ހަނދާންކޮށްދީގެން ހޯދާފައިވާ 135،000 ރުފިޔާ އަދި ކޯޓު ޝަރީއަތްތަކާއި ހަމައަށް ގޮސްގެން 10،000 ރުފިޔާ މީރާއިން ވަނީ ހޯދައިފަ އެވެ.
މީރާއިން ވަނީ ބިޒްނަސް ޕްރޮފިޓް ޓެކްސް އާއި ގުޅުންހުރި 83 އޮޑިޓަކާއި ޖީއެސްޓާއި ގުޅުންހުރި 10 އޮޑިޓާއި ޓީޖީއެސްޓީއާއި ގުޅުންހުރި 17 އޮޑިޓާއި އިންކަމް ޓެކްސްއާއި ގުޅުންހުރި 37 އޮޑިޓާއި ގްރީން ޓެކްސް އާއި ގުޅުންހުރި 5 އޮޑިޓް މަރުހަލާއެއް ކުރިއަށް ގެންގޮސްފަ އެވެ. މި ހުރިހާ އޮޑިޓްތައް ކުރިއަށްގެންދިއުމުން، އޭގެ ތެރެއިން ބައެއް ވިޔަފާރިތަކުން ދައުލަތަށް 93 މިލިއަން ރުފިޔާ ދައްކަން ޖެހޭ ކަމަށް މީރާއިން ހާމަކޮށްފައި ވެއެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ