މާލެ: 31°C

އަނގޮޅިތީމް "ކިޔުޓު" ޖަމްއިއްޔާއިން އެރަށު ކޮންމެ ގޭބިސީއަކަށް ޑަސްބިނެއް ހަދިޔާކޮށްފި

އަނގޮޅިތީމް "ކިޔުޓު" ޖަމްއިއްޔާއިން އެރަށު ކޮންމެ ގޭބިސީއަކަށް ޑަސްބިނެއް ހަދިޔާކޮށްފި
October 1, 2024
2 ފަހަރު ބަލާފައި
އަނގޮޅިތީމް "ކިޔުޓު" ޖަމްއިއްޔާއިން އެރަށު ކޮންމެ ގޭބިސީއަކަށް ޑަސްބިނެއް ހަދިޔާކޮށްފި

ރ.އަނގޮޅިތީމް އެއް އާއިލާ އަަކަށް ނިސްބަތްވާ “ކަޒިންސް ޔުނިޓީ ޓްވާޑްސް އެންޕަވަރމަންޓް” (ކިއުޓް) ޖަމިއްޔާއިން އެރަށުގެ ކޮންމެ ގޭބިސީ އަކަށް ޑަސްބިނެއް ޙަދިޔާކޮއްފިއެވެ.

ކިޔުޓް ޖަމުއްޔާ އާއި ރ.އަނގޮޅިތީމް އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީ އާއި ގުޅިގެން ހިންގި މި ހަރަކާތުގައި ރަށުގައި މީހުން ދިރިއުޅޭ 200 އެއްހާ ގޭބިސީތަކަށް ޑަސްބިން ހަދިޔާކޮއްފައިވެއެވެ. މިއީ އެ ޖަމުއްޔާއިން ހެއޮއެދޭ ފަރާތްތަކާއި ގުޅިގެން އިޖްތިމާޢީ ހަރަކާތެއްގެ ގޮތުގައި ހިންގާ ހަރަކާތް ތަކުގެ ތެރެއިން ކުރިއަށް ގެންގޮސްފައިވާ ހަރަކާތެކެވެ.

ކިޔުޓް ޖަމުއްޔާއިން ވަނީ އަނގޮޅިތީމް މިސްކިތް އޭސީ ކުރުމާއި، ހެލްތް ސެންޓަރަށް ބޭނުންވާ ބައެއް އާލާތްތައް ހަދިޔާ ކުރުމުގެ އިތުރަށް އަނގޮޅިތީމް ސްކޫލްގައި އޯޕަން ލައިބްރަރީއެއް ބީ އެމް.އެލް ގެ އެހީތެރިކަމާއި އެކު ހުޅުވާފައެވެ. އޭގެ އިތުރުން ރަށު ފެންވަރުގައި އެކިއެކި ހަރަކާތްތައް އެ ޖަމުއްޔާއިން ހިންގާފައިވެއެވެ.

މި 2024 ވަނަ އަހަރު ކުރިއަށް ހިންގުމަށް ރާވާފައިވާ ހަރަކާތްތަކުގެ ތެރޭގައި މަސްވެރިންގެ ދުވަހާއި ގުޅުވައިގެން އަތޮޅުފެންވަރުގައި މަސްރޭހެއް ބޭއްވުމާއި، " ކިޔުޓް ޓޯކްސް " ގެ ނަމުގައި އަތޮޅުގެ މަދަނީ  ޖަމުއްޔާތަކަށް ހުޅުވާލައިގެން މަހާޞިއްޠާއެއް ބޭވުމަށް ދަނީ މަސައްކަތް ކުރަމުން ނެވެ. މިގޮތަށް މަހާޞިއްޔާ އެއް ބޭއްވުމުގެ ބޭނުމަކީ މަދަނީ ޖަމުއްޔާތަށް އެއްތާކުން ބައްދަލުވެ އަތޮޅު ފެންވަރުގައި މަދަނީ ޖަމުއްޔާތަކަށް ކުރެވޭ އަދި ކޮއްދެވިދާނެ ކަންކަމާއި، މަދަނީ ޖަމުއްޔާތަށް ހިންގުމުގައި އެއްބަޔަކު އަނެއްބަޔަކަށް އެހީތެރިކަމާއި ތަޖްރިބާ ހިއްސާކުރުންކަމުގައި ޖަމުއްޔާގެ ސެކްޓަރީ މުޙައްމަދު ސާހީން ( ސާއްޓެ ) މަޢުލޫމާތު ދީފައިވެއެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ