މާލެ: 31°C

ޗައިނާއިން ދުނިޔެއަށް ދައްކައިދިނީ ނަމޫނާ

ޗައިނާއިން ދުނިޔެއަށް ދައްކައިދިނީ ނަމޫނާ
September 30, 2024
2 ފަހަރު ބަލާފައި
ޗައިނާއިން ދުނިޔެއަށް ދައްކައިދިނީ ނަމޫނާ
ބައިނަލްއަގުވާމީ މައިދާނުގައި ޗައިނާއިން އެންމެ އުސް ހަރުފަތަށް އެރި އެރުމަކީ ތަރައްގީވަމުން އަންނަ ގައުމުތަކަށް ނަމޫނާއެއް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ. ޗައއިނާގެ 75 ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް ދަރުބާރުގޭގައި މިއަދު ހަވީރު ބޭއްވި ރަސްމިއްޔާތުގައި ރައީސް މުއިއްޒު ވަނީ ތަރައްގީގެ އެންމެ އުހަށް ޗައިނާއިން ކުރި ދަތުރުގެ މައްޗަށް އަލި އަޅުވާލައްވައިފަ އެވެ. އެމަނިކުފާނު ވިދާޅުވީ ކާމިޔާބުގެ އެ ދިގު ދަތުރު ޗައިނާއިން ކަޑައްތުކުރީ ޒަމާނީ ޗައިނާއަކަށް ހެދުމަށް އެ ގައުމުން ލީ ވަރުގަދަ އަޒުމާއެކުގައި ކަަމަށެވެ. އަދި ހިތްވަރާއި ވަރުގަދަ އަޒުމާއެކު ކާމިޔާބީއަށް ދެވިދާނެކަން ޗައިނާއިން ސާބިތުކޮށްދީ އެހެން ގައުމުތަަކަށްވެސް ނަމޫނާ ދައްކައިދީފައިވާ ކަމަށެވެ. އަދި އެއާއެކު ދުނިޔޭގެ އިގުތިސާދުގައި ވެސް ޗައިނާއަކީ ވަރުގަދަ ބާރަކަށް މިހާރު ހަދާފައިވާ ކަމަށެވެ. "ޗައިނާއިން އެންމެ މަތީ ހަރުފަތަށް އެރި އެރުމުން ކިޔައިދެނީ ހަމައެކަނި އެ ގައުމުގެ ވާހަކައެއް ނޫން. އެއީ  ތަރައްގީވަމުން އަންނަ ހުރިހާ ގައުމުތަކަށް ވެސް މިސާލަކަށް ނަގަން ހަމަ ނަމޫނާއެއް" ރައީސް ވިދާޅުވި އެވެ. ރައީސް މުއިއްޒު އިތުރަށް ވިދާޅުވީ ޗައިނާ އާއި ރާއްޖެއާ ދެމެދު އޮތް ގުޅުން ބިނާވެފައިވަނީ އިތުބާރާއި، އިހުތިރާމާއި، ސިޔާދަތު ދެމެހެއްޓުމާއެކު، އިސްތިގުލާލު ހިފެހެއްޓުމުގެ ބިންގަލުގެ މަތީގައި ކަމަށެވެ. އަދި ކުރިއަށް އޮތް ތަނުގައި، ވިޔަފާރި އާއި، ފަތުރުވެރިކަމާއި، ދަނޑުވެރިކަމާއި، މަސްވެރިކަމާއި، އިއާދަކުރަނިވި ހަކަތަ އާއި، ބޯހިޔާވަހިކަމާއި ބިނާރު އަދި ސަގާފީ ދާއިރާގައި މިހާރަށްވުރެ ގުޅުން ބަދަހިވުމަށް އެމަނިކުފާނު ކުރައްވާ ތަސައްވުރު ހިއްސާކުރައްވާފައިވެ އެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ