މާލެ: 31°C

ހިޔާނާތުގެ ކުށުގެ އަދަބަކަށް ޖޫރިމަނާއާއެކު 40 ދުވަހު މުޖުތަމަޢުއަށް ޙިދުމަތްކުރުމަށް ކަނޑައަޅައި ހުކުމް ކޮށްފި

ހިޔާނާތުގެ ކުށުގެ އަދަބަކަށް ޖޫރިމަނާއާއެކު 40 ދުވަހު މުޖުތަމަޢުއަށް ޙިދުމަތްކުރުމަށް ކަނޑައަޅައި ހުކުމް ކޮށްފި
September 30, 2024
2 ފަހަރު ބަލާފައި
ހިޔާނާތުގެ ކުށުގެ އަދަބަކަށް ޖޫރިމަނާއާއެކު 40 ދުވަހު މުޖުތަމަޢުއަށް ޙިދުމަތްކުރުމަށް ކަނޑައަޅައި ހުކުމް ކޮށްފި
ގިނަ އަދަދެއްގެ މީހުންގެ އަތުން ފައިސާ ނަގައި އެފައިސާއަށް ހިޔާނާތްތެރިވެފައިވާ މީހެއްގެ މައްޗަށް ހިޔާނާތުގެ ކުއްސާބިތުވެ، ކުށުގެ އަދަބަކަށް 56،200 ރުފިޔާގެ ޖޫރިމަނާއަކާއެކު 40 ދުވަހު މުޖުތަމައުއަށް ޙިދުމަތްކުރުމަށް ކަނޑައަޅައި ކުރިމިނަލް ކޯޓުން މީހެއްގެ މައްޗަށް ހުކުމް ކޮށްފިއެވެ. އެގޮތަށް އިއްޔެ ކްރިމިނަލް ކޯޓުން ހުކުމް ކޮށްފައިވަނީ ބ.އޭދަފުށި ހިޔާވަހި އަލީމާޒިން ގިނަ އަދަދެއްގެ ކަސްޓަމަރުންގެ އެކައުންޓުން ޖުމްލަ 482،611.41 ރުފިޔާ ސައްހަނޫން ކުރެޑިޓް ކާޑް ޕޭމަންޓްގެ ގޮތުގައި (ފޮރެކްސް ޓްރާންސެކްޝަނުގެ ގޮތުގައި) އަލީ މާޒިންގެ އަމިއްލަ އެކައުންޓަށް ޖަމާކޮށް އޭނާގެ އަމިއްލަ ފައިސާގެ ގޮތުގައި އެފައިސާއިިން މުއާމަލާތްކޮށް އެފައިސާއަށް އޭނާ ހިޔާނާތްތެރިވެފައިވައިވާކަން ސާބިތުވެފައިވާތީ އާއި އެ ދައުވާއާއި ގުޅިގެން އަލީ މާޒިން އާއި ދައުލަތާދެމެދު ވެފައިވާ އިއުތިރާފް އެއްބަސްވުމާ ގުޅިގެން ކޮށްފައިވާ ހުކުމެކެވެ. ހުކުމުގައި ވާގޮތުން އަލީ މާޒިންގެ މައްޗަށް ސާބިތުވެފައިވާ ކުށުގެ އަދަބެއްގެ ގޮތުގައި ކަނޑައަޅާފައިވަނީ 9 މަހާއި 18 ދުވަހުގެ ޖަލުހުކުމެކެވެ. ނަމަވެސް އިއުތިރާފުގެ އެއްބަސްވުމުގެ ދަށުން 40 ގަޑިއިރު މުޖުތަމައުއަށް ޚހިދުމަތްކުރުމަށާއި ޖޫރިމަނާގެ ގޮތުގައި 56،200 ރުފިޔާ 3 މަސްދުވަހުގެ ތެރޭގައިު މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީއަށް ދެއްކުމަށް ވަނީ ހުކުމް އިއްވާފައެވެ. އަދި އިއުތިރާފް އެއްބަސްވުމުގައިވާ ގޮތުގެ މަތިން ގެއްލުމުގެ ބަދަލު ބޭންކް އޮފް މޯލްޑިވްސް އަށް ފައިސާ ދެއްކުމަށް އެއްބަސްވެފައިވާގޮތައް އެފައިސާ ދައްކަމުން ދިއުމަށްވެސް ހުކުމުގައި ވެއެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ