މާލެ: 31°C

އާސަހަރާ ނިންމައިފި؛ ހުކުރު ދުވަހު ހުޅުވާލާނެ

އާސަހަރާ ނިންމައިފި؛ ހުކުރު ދުވަހު ހުޅުވާލާނެ
September 30, 2024
2 ފަހަރު ބަލާފައި
އާސަހަރާ ނިންމައިފި؛ ހުކުރު ދުވަހު ހުޅުވާލާނެ

އާ ސަހަރާއަށް ދާ މީހުން މަޑުކުރާނެ ޖާގަ އިތުރުކުރަން ދެ ބުރީގެ އިމާރާތަކާ އެކު ތަރައްގީކުރަން ފެށި މަސައްކަތްތައް ނިންމައި އަންނަ ހަފުތާގައި ހުޅުވާނެ ކަމަށް މާލޭގެ މޭޔަރު އާދަމް އާޒިމް މިއަދު ވިދާޅުވެއްޖެ އެވެ.

އާޒިމް ވިދާޅުވީ މިސްކިތާއި ވެއިޓިން އޭރިއާ އެއްކޮށް ނިންމައި އަންނަ ހުކުރު ދުވަހު ހުޅުވައި، އެ ތަނުގައި ޖަނާޒާތައް ބާއްވަން ފަށާނެ ކަމަށެވެ.

އާސަހަރާ މިސްކިތުގެ ތިރީ ބައިގެ މަސައްކަތް ނިންމައި މި މަހުގެ ކުރީކޮޅު ވަނީ އާއްމުކޮށް ހުޅުވާލައިފަ އެވެ. ނަމަވެސް، އެއްކޮށް ނުހުޅުވާތީ ކަށުނަމާދު ކުރާކަށް ނުފަށަ އެވެ.

މާލޭގައި ޖަނާޒާގެ ހުރިހާ ކަމެއް ކުރަމުން އައި އާ ސަހަރާ ބޭނުންކުރުން މެދުކަނޑާލީ މިދިޔަ އަހަރުގެ މެއި މަހުގެ ތެރޭގަ އެވެ. އޭގެ ފަހުން މާލޭގައި ނިޔާވާ މީހުންގެ ޖަނާޒާ އަދި ވަޅުލަން ފަށާފައިވަނީ ހުޅުމާލޭ ސަހަރާގަ އެވެ.

އާ ސަހަރާއަށް ދާ މީހުން މަޑުކުރާނެ ޖާގަ އިތުރު ކުރުމަށް، ދެ ބުރީގެ އިމާރާތެއް ހެދުމުގެ މަސައްކަތް، މިހާރުގެ ރައީސް ޑރ. މުހައްމަދު މުއިއްޒު މޭޔަރަކަށް ހުންނެވިއިރު ސިޓީ ކައުންސިލުން ފެށީ މިދިޔަ އަހަރުގެ ޖޫން މަހުގެ ތެރޭގަ އެވެ. އެ މަސައްކަތް އޭރު ހަވާލުކުރީ ޕީއެންޕީ މޯލްޑިވްސް ނަމަކަށް ކިޔާ ކުންފުންޏަކަށް 4.9 މިލިއަން ރުފިޔާ އަށެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ