ފެނަކައަށް ކޮރަޕްޝަންގެ ބޮޑު ތުހުމަތެއް؛ ކުންފުނިން އެކަން ދޮގުކުރޭ

ފެނަކައަށް ކޮރަޕްޝަންގެ ބޮޑު ތުހުމަތެއް؛ ކުންފުނިން އެކަން ދޮގުކުރޭ
ލިޔުން:
ބޮޑު އަގުގައި ފޭކް ސްޕެއާތަކެއް ގަތްކަމަށް ބުނާ ވާހަކަތައް ފެނަކައިން ދޮގުކޮށްފި އެވެ.
ފޭކް ސްޕޭއާތައް ގަތް ވާހަކަ ރިޕޯޓުކުރީ ރާއްޖޭގައި ރަޖިސްޓްރީކޮށްފައިވާ ނޫހަކުން ނެވެ.
އެކަމާ ގުޅިގެން ފެނަކައިން މިއަދު ނެރުނު ނޫސް ބަޔާނުގައި ބުނީ ނޫހުން ހަވާލާދީފައިވާ ލިޔުންތަކުން ފެންނަ ސްޕެއާ ކަމަށް ބުނާ އެއްޗެއްސަކީ އެ ކުންފުނީގެ އެއްޗެއް ނޫން ކަމަށެވެ.
އަދި ކުންފުންޏަށް ބޭނުންވާ ސްޕެއާ ހޯދުމުގެ މަސައްކަތް އޮތީ ކުންފުނީގެ ޕްރޮކިއުމަންޓް ޕޮލިސީގައިވާ ގޮތުގެ މަތިން ޓެންޑާ ކޮމިޓީ މަރުހަލާގައި ކަމަށާއި އެހެންކަމުން އެއީ މިހާތަނަށް ގަނެފައިވާ މުދަލެއް ނޫން ކަމަށާއި އަދި އެއަށް ބޮޑު އަދަދެއްގެ ފައިސާވެސް ދައްކާފައި ނުވާނެ ކަމަށެވެ.
އެހެންކަމުން އެކަން ރިޕޯޓުކުރި ނޫހުން އެ މުދާ ބޮޑު އަގުގައި ގަތް ކަމަށް ބަޔާންކޮށް، ނުހިނގާ ކަމެއް ހިނގި ކަމެއްގެ ގޮތުގައި ދައްކަން މަސައްކަތްކޮށް ކަނޑައެޅިގެން އޮޅުވާލާފައިވާކަމަށް ފެނަކައިން ބުންޏެވެ.
ފެނަކައިން އިތުރަށް ބުނީ އެ ކުންފުންޏަށް މުދާ ގަންނަނީ ފަންނީ މުވައްޒަފުންނަށް ފުރިހަމައަށް ބާރު ލިބޭ ގޮތަށް އެކުލަވާލެވިފައިވާ އިޖުރާއަތްތަކުގައި ހިމެނޭ ގިނަ މަރުހަލާތަކެއް ފުރިހަމަވުމަށް ފަހުގައި ކަމަށެވެ.
އަދި އެ ހުރިހާ މަރުހަލާއެއް ފުރިހަމަވެގެން އަންނަ އިރު، ކުންފުންޏަށް ގަންނަ މުދަލުގެ ކޮލިޓީ އާއި އަގު އަދި މުއްދަތު ކަނޑައެޅުމުގައި އެ މުދަލެއް ބޭނުންވާ އަސާސީ ހިދުމަތާއި ވަގުތުގެ ހާލަތަށް ވެސް ރިއާޔަތް ކުރޭވެނެކަން ވެސް ފާހަގަކޮށްފައިވެެ އެވެ.
"އާ މެނޭޖްމަންޓް ކުންފުންޏާ ހަވާލުވުމަށްފަހު، މި ކުންފުނިން ކުރިން އަމަލު ކުރަމުން ދިޔަ ޕްރޮކިއުމަންޓް އުސޫލުތަކުގައި ހުރި ބާގަނޑުތަކުން ލިބެމުންދިޔަ ގެއްލުން ހުއްޓުވައި އުސޫލުތައް ހަރުދަނާ ކުރެވުނެވެ. މިގޮތުން އެންމެ އިސްކަންދިން ކަމެއްގެ ގޮތުގައި މި ކުންފުންޏަށް ފެންވަރު ދަށް މުދަލާއި ހިދުމަތް ދެމުންދިޔަ ފޭކް ކުންފުނިތައް ނުވަތަ ވެންޑަރުން ބްލެކް ލިސްޓް ކުރެވުނެވެ. މިއީ ގާނޫނީ ގޮތުން ބަލަން ޖެހޭ ކަންކަން ބެލުމަށް ފަހު ކުންފުނީގެ ފަންނީ މުވައްޒަފުންގެ ލަފާ ހިމެނިގެން ނިންމާފައިވާ ނިންމުމެކެވެ." ފެނަކައިގެ ބަޔާނުގައިވެ އެވެ.
ފެނަކައިން ވަނީ ޒާތީ ނުވަތަ ސިޔާސީ ނުރުހުމެއްގެ ތެރެއިން ނަމަވެސް ދޮގު މައުލޫމާތުގެ މައްޗަށް ބިނާކޮށް އެފަދަ ހަބަރުތައް ނުފެތުރުމަށް ވެސް އިލްތިމާސްކޮށްފަ އެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

ފުލުހުން ބަލައިފާސްކުރަން ފެށުމުން އަތުގައި އޮތް މަސްތުވާއެއްޗެއް އެއްލާލި މީހަކު ބ މާޅޮހުން ހައްޔަރުކޮށްފި

ކަރަންޓާއި ފެނުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް އޭޑީބީ އިން ރާއްޖެއަށް 50 މިލިއަން ޑޮލަރުގެ އެނާޖީ ސެކިއުރިޓީ އިމަޖެންސީ ލޯނެއް ދޫކުރަން ނިންމައިފި

މަސްތުވާތަކެތި ވިއްކާ މީހަކު ހުޅުދޫ އިން ހައްޔަރުކޮށްފި

ތަފާތު ރަށްރަށާއި ތަފާތު ޖަމާޢަތްތަކާއި ތަފާތު ސަގާފަތްތަކުގެ އަހުލުވެރި ޒުވާނުންނަށް ތަޖުރިބާކުރެވެނީ ތަފާތު ޙަޤީޤަތްތަކެއް: ރައީސް

މަސްތުވާތަކެތީގެ މައްސަލައެއް ސާބިތުވެ މާއުނގޫދޫ ޒުވާނަކު 25 އަހަރަށް ޖަލަށް ލައިފި

ކުރިއަށް އޮތް 3 ހަފްތާގައި ބޭންކު ތަކަށް ދޫކުރާ ޑޮލަރުގެ މިންވަރު 51 އިންސައްތަ އިތުރުކުރަން އެމްއެމްއޭ އިން ނިންމައިފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
