ރާއްޖޭގައި ގަވާއިދާ ހިލާފަށް ކަޅު ބާޒާރުގައި ޑޮލަރުގެ ވިޔަފާރި ކުރަމުންދާ މައްސަލައެއްގައި ހައްޔަރުކުރި ފަސް ބިދޭސީންގެ ތެރެއިން ދެ މީހަކު ޑީޕޯޓުކޮށްލައިފި އެވެ.
ފުޅާ ދާއިރާއެއްގައި ގަވާއިދާ ހިލާފަށް ޑޮލަރުގެ ވިޔަފާރި ކުރަމުންދާ ކަމަށް އިމިގްރޭޝަނަށް ލިބުނު މައުލޫމާތެއްގެ ދަށުން މި ފަސްމީހުން އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ މި މަހުގެ 5ގަ އެެވެ. އެ މީހުން ނިސްބަތްވާ ގައުމެއް ހާމައެއް ނުކުރެ އެވެ
އިމިގްރޭޝަނުން މިއަދު ބުނި ގޮތުގައި:
-
އެ މީހުންގެ ތެރެއިން ދެ މީހަކު މިހާރު ވަނ ޑީޕޯޓުކޮށްލާފައި
-
ދެން މި މައްސަލާގައި ހިމެނޭ އަނެއް ތިން މީހުން ތިބީ ތަހުގީގުގެ ބޭނުމަށް އިމިގްރޭޝަންގެ ބެލުމުގެ ދަށުގައެވެ.







