މާލެ: 31°C

މާފުށީ ޖަލުގައި ދަންޖެހުނު މީހާގެ ޕޯސްޓްމޯޓަމް ހަދަން ބޭރަށް

މާފުށީ ޖަލުގައި ދަންޖެހުނު މީހާގެ ޕޯސްޓްމޯޓަމް ހަދަން ބޭރަށް
September 28, 2024
2 ފަހަރު ބަލާފައި
މާފުށީ ޖަލުގައި ދަންޖެހުނު މީހާގެ ޕޯސްޓްމޯޓަމް ހަދަން ބޭރަށް

ކ. މާފުށި ޖަލުގައި ހުއްޓާ މިދިޔަ އަންގާރަ ދުވަހު އަމިއްލައަށް މަރުވި ގައިދީގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހެދުމަށް އިއްޔެ ރާއްޖޭން ބޭރަށް ފޮނުވައިފި އެވެ.

ޝަރީއަތް ނިމެންދެން ޖަލު ބަންދުގައި ހުއްޓާ މަރުވެފައި ވަނީ އަބްދުލް ގަނީ އިސްމާއިލް 62، ގ. އެއްތެޔޮމާގެ އެވެ. ދައުލަތުގެ ބެލުމުގެ ދަށުގައި ހުއްޓާ އޭނާ އަމިއްލައަށް މަރުވި މައްސަލަ ގުޅުން ހުރި އިދާރާތަކުން އަންނަނީ ބަލަމުންނެވެ.

ފުލުހުން މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ، ގަނީގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހެދުމަށް އިއްޔެގެ ވަގުތެއްގައި ރާއްޖެއިން ބޭރަށް ފޮނުވާލާފައިވާ ކަމަށެވެ. ނަމަވެސް، އޭނާގެ ހަށިގަނޑު ފޮނުވި ގައުމެއް ފުލުހުން ނުބުނެ އެވެ.

މި މަރާ ގުޅޭ މާ ބޮޑު ތަފްސީލެއް އަދި މިހާތަނަށް އެއްވެސް އިދާރާއަކުން ހާމަކޮށްފައެއް ނުވެ އެވެ.

ގަނީ ޖަލަށްލާފައި ވަނީ ކުޑަކުއްޖަކަށް ޖިންސީ ހާނިއްކަ ކުރުމުގެ މައްސަލައެއްގަ އެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ