މާލެ: 31°C

އަރަބިއްޔާގެ އާއިމާރާތުގެ އެއްބަސްވުން ބާތިލް

އަރަބިއްޔާގެ އާއިމާރާތުގެ އެއްބަސްވުން ބާތިލް
September 28, 2024
2 ފަހަރު ބަލާފައި
އަރަބިއްޔާގެ އާއިމާރާތުގެ އެއްބަސްވުން ބާތިލް

އަރަބިއްޔާ ސްކޫލުގެ އާ އިމާރާތުގެ މަސައްކަތުގެ އެއްބަސްވުން ބާތިލުކޮށްފި އެވެ.

އެޑިއުކޭޝަން މިނިސްޓްރީގެ އޮފިޝަލަކު ވިދާޅުވި ގޮތުގައި އެއްބަސްވުން ބާތިލުކުރީ މަސައްކަތުގެ އަގު ބޮޑުވުމުންނެވެ.

މަސައްކަތުގެ އަގު ބޮޑުވުމުން، އަގު ދަށްކުރުމަށް ކޮންޓްރެކްޓާ އަމިން ކޮންސްޓްރަކްޝަނާއެކު މަޝްވަރާކުރި ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެ އެވެ. ނަމަވެސް އެ މަޝްވަރާތަކުގައި އެކަށީގެންވާ ވަރަށް އަގު ކުޑަކުރަން އެއްބަސްވުމަކާއި ހަމައަށް ނާދެވުނު ކަމަށް އޮފިޝަލް ވިދާޅުވި އެވެ. ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ސަރުކާރުގައި އަރަބިއްޔާ ސްކޫލުގެ އާ އިމާރާތް އެޅުމަށް ކުރިން ހަމަޖެހިފައި އޮތީ ބާޖަމާލުއްްދީން ސްކޫލު ހިންގި ބިމުގައެވެ. އެ ގޮތުން އަރަބިއްޔާގެ އާ އިމާރާތް ބާ ޖަމާލުއްދީން ސްކޫލު ހުރި ބިމުގައި އިމާރާތްކުރަން އަމީން ކޮންސްޓްރަކްޝަންއާ ހަވާލުކުރީ ސެޕްޓެމްބަރު 2022 ގަ އެވެ. ނަމަވެސް ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތުމަށްފަހު މާލޭގެ ކުރީގެ ކުނި ކޮށި ހިންގި ބިމުގައި އަރަބިއްޔާ ސްކޫލުގެ އާ އިމާރާތް އެޅުމަށް ނިންމާ މި އިމާރާތުގެ ބިންގާ އެޅުމުގެ ރަސްމިއްޔާތު މި އަހަރުގެ ފެބްރުއަރީ މަހުގެ 24 ވަނަ ދުވަހު ބޭއްވި އެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ