މާލެ: 31°C

ޕީއެސްއެމްގެ ބޮަޑު ހިޔާނާތުގެ މައްސަލަ އޭސީސީއަށް

ޕީއެސްއެމްގެ ބޮަޑު ހިޔާނާތުގެ މައްސަލަ އޭސީސީއަށް
September 28, 2024
2 ފަހަރު ބަލާފައި
ޕީއެސްއެމްގެ ބޮަޑު ހިޔާނާތުގެ މައްސަލަ އޭސީސީއަށް
ދައުލަތުގެ މީޑިއާ، ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) ގެ ހިޔާނާތުގެ މައްސަލަ ތަހުގީގު ކުރުމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ހުށަހަޅައިފި އެވެ. އޮޑިޓަ ޖެނެރަލް އޮފީހުން މިދިޔަ ބުރާސްފަތި ދުވަހު ނެރުނު ޕީއެސްއެމުން ޑޮލަރު ގަތުމަށް ނެގި ފައިސާ އާއި އާމްދަނީގެ ގޮތުގައި ބަލައިގަނެފައިވާ ފައިސާ އާ ގުޅޭ ހާއްސަ އޮޑިޓްގެ ރިޕޯޓުގައި ބުނެފައި ވަނީ ޑޮލަރު ގަތުމުގެ ނަމުގައި 2017 ވަނަ އަހަރުން ފެށިގެން މިދިޔަ އެޕްރީލް މަހުގެ ނިޔަލަށް 9,034,083ރ ގެއްލިފައިވާކަން ފާހަގަކުރެވިފައިވާ ކަމަށެވެ. އޭގެ ތެރޭގައި ހިމެނޭ 4,260,295ރ ގެ އާމްދަނީގެ ގޮތުގައި ބަލައިގަނެފައިވާ ފައިސާ ކަމަށެވެ. އޮޑިޓުގައި ބުނި ގޮތުގައި 2017 ވަނަ އަހަރުން ފެށިގެން 2020 ވަނަ އަހަރުގެ ނިޔަލަށް އާމްދަނީގެ ގޮތުގައި ޕީއެސްއެމްއަށް ލިބުނު 4.23 މިލިއަން ރުފިޔާ ކުންފުނީގެ އެކައުންޓަށް ޖަމާކޮށްފައިނުވާ ކަމުގަ އެވެ. އެ ފައިސާގެ ތެރެއިން 4.15 މިލިއަން ރުފިޔާ އާ އެންމެފަހުން ހަވާލުވީ އެ ކުންފުނީގެ ކުރީގެ ފައިނޭންސް ޑިރެކްޓަރު, އަހުމަދު ހަނީފް ކަމަށެވެ. އެ ފައިސާގެ އިތުރުން މި އަހަރު ބަލައިގަނެފައިވާ 31,000ރ ޖަމާކޮށްފައި ނުވާ ކަމަށެވެ. އަދި ތިޖޫރީގައި ޕެޓީކޭޝް ފިޔަވައި ނަގުދުން ހުންނަން ޖެހޭ 190,087 ރުފިޔާ ބޭންކް އެކައުންޓަށް ޖަމާކުރުމަށް ހަވާލުވެފައިވާކަން އެނގެން އޮތްއިރު، އެ ފައިސާ ޕީއެސްއެމްގެ ބޭންކް އެކައުންޓަށް ޖަމާކޮށްފައި ނުވާ ކަމުގަ އެވެ. އޮޑިޓުގައި އިތުރަށް ފާހަގަކޮށްފައި ވަނީ އެކި ފަހަރުމަތިން ޑޮލަރު ގަތުމަށް ނަގާފައިވާ ފައިސާގެ ތެރެއިން 4,583,701ރ އަށްވާ 297,257 ޑޮލަރު ޕީއެސްއެމްއަށް ލިބިފައި ނުވާ ކަމަށެވެ. ޗެކް މެދުވެރިކޮށް ނެގި 968,580ރ އާ އޭނާ ހަވާލުވެ ސޮއިކޮށްފައިވާ ކަމާއި ބާކީ ހުރި ފައިސާ ނުލިބިގެން އެއްވެސް ފިޔަވަޅެއް އަޅާފައި ނުވާ ކަމަށެވެ. އެކަމާ ގުޅިގެން މީޑިއާތަަކަށް މިއަދު ފޮނުވި މެސެޖެއްގައި ފުލުހުން ބުނީ ޕީއެސްއެމްގެ ހިޔާނާތުގެ މައްސަލައެއް އެ އިދާރާއަށް ރިޕޯޓުކޮށްފައިވާ ކަމަށެވެ. ކޮރަޕްޝަނުގެ މައްސަލަތައް ތަހުގީގު ކުރުމުގެ އިހުތިސޯސް އޮންނަނީ އޭސީސީއަށް ކަމަށް ވާތީ އެ މައްސަލަ އެ ކޮމިޝަނަށް ފޮނުވާފައިވާ ކަމަށެވެ. އޮޑިޓު ކޮށްދިނުމަށް ޕީއެސްއެމުން މިދިޔަ އެޕްރީލު މަހުގެ 30 ވަނަ ދުވަހު އެދިފައި ވަނީ އެ ކުންފުންޏަށް ބޭނުންވާ ޑޮލަރު ގަތުމަށް އަމިއްލަ ފަރާތްތަކަށް އެކި ފަހަރުމަތިން ގިނަ އަދަދެއްގެ ފައިސާ ދިނުމަށްފަހު އޭގެ ތެރެއިން ބައެއް ފައިސާއަށްވާ ޑޮލަރު ނުލިބުމާ ގުޅިގެންނެވެ. މައްސަލައާ ގުޅިގެން ޕީއެސްއެމުން ލިބެންހުރި ލިޔުންތައް ބަލާ ދިރާސާކޮށް, އެތަނުގެ ކަމާ ގުޅޭ ފަރާތަކުން ވަނީ މައުލޫމާތު ސާފުކޮށްފަ އެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ