މާލެ: 31°C

އާރްއެސްޑަބްލިއު ސިސްޓަމާއި ޖަނަރޭޓަރާއި ސޯލަރ ގަތުމަށް ހޭދަކުރާ އަގުގެ %35 އޮޑިވެރިން އަބުރާ ދައްކާކަށް ނުޖޭހޭނެ: ފިޝަރީޒް މިނިސްޓަރީ

އާރްއެސްޑަބްލިއު ސިސްޓަމާއި ޖަނަރޭޓަރާއި ސޯލަރ ގަތުމަށް ހޭދަކުރާ އަގުގެ %35 އޮޑިވެރިން އަބުރާ ދައްކާކަށް ނުޖޭހޭނެ: ފިޝަރީޒް މިނިސްޓަރީ
September 28, 2024
2 ފަހަރު ބަލާފައި
އާރްއެސްޑަބްލިއު ސިސްޓަމާއި ޖަނަރޭޓަރާއި ސޯލަރ ގަތުމަށް ހޭދަކުރާ އަގުގެ %35 އޮޑިވެރިން އަބުރާ ދައްކާކަށް ނުޖޭހޭނެ: ފިޝަރީޒް މިނިސްޓަރީ
މަސްދޯނި ފަހަރުގައި ލޮނުފެނުން މަސްފިނިކުރާ ނިޒާމް ހަރުކުރުމަށް ގަންނަންޖެހޭ އާރްއެސްޑަބްލިއު ސިސްޓަމާއި ޖަނަރޭޓަރާއި ސޯލަރ ގަތުމަށް ހޭދަކުރާ އަގުގެ %35 އޮޑިވެރިން އަބުރާ ދައްކާކަށް ނުޖޭހޭނެކަމަށް ފިޝަރީޒް މިނިސްޓަރީން ބުނެފިއެވެ. އެ މިނިސްޓަރީން އެކަން ހާމަކޮށްފައިވަނީ އެ މިނިސްޓަރީން މިއަދު ގއ. ގެނަމަފުށީގައި އާއެސްޑަބްލިއު ސިސްޓަމާ ގުޅޭގޮތުން މައުލޫމާތު ދިނުމަށް ބޭއްވި ބައްދަލުވުމާގުޅޭގޮތުން އެ މިނިސްޓަރީން އެކްސްގައި ކޮށްފައިވާ ޕޯށްތެއްގައެވެ. ފިޝަރީޒް މިނިސްޓަރީގެ އެކްސް އެކައުންޓުން ކޮށްފައިވާ ޕޯސްޓެއްގައި ބުނެފައިވަނީ މިއަދު ގއ. ގެމަނަފުށީގެ އޮޑިވެރިންނާއި މަސްވެރިންނާއި ކައުންސިލް ގެ މުވައްޒަފުންނަށް ދޯނިފަހަރުގައި ހަރުކުރާ ލޮނުފެނުން މަސްފިނިކުރާ ނިޒާމާއި އެ ނިޒާމު ހަރުކުރުމަށް ދޫކުރުމަށް ހަމަޖެހިފައިވާ ލޯނާ ގުޅޭ މައުލޫމާތު ދީފައިވާކަމަށެވެ. އަދި އާރއެސްޑަބްލިޔު ސިސްޓަމް ހަރުކުރުމަށް ލޯނު ދޫކުރުމަށް ހިންގާ މަޝްރޫޢުގެ ދަށުން 100 ދޯންޏަށް ލޯނު ދޫކުރަން ހަމަޖެހިފައިވާ ކަމަށެވެެ. އަދި އެލޯނުގެ ދަށުން އާރްއެސްޑަބްލިއު ސިސްޓަމާއި ޖަނަރޭޓަރާއި ސޯލަރ ގަތުމަށް ހޭދަކުރާ އަގުގެ %35 އޮޑިވެރިން އަބުރާ ދައްކާކަށް ނުޖޭހޭނެ ކަމަށްވެސް ބުނެފައިވެއެވެ. އެ ލޯނަކީ އިސްލާމީ ޝަރީޢާ ހަމަތަކުގެ މަތިން ތަކެތި ގަތް އަގާއި އަގަށް ފައިދާގެ ގޮތުގައި ލާ މިންވަރު ކަނޑައަޅައިގެން ކުރިޔަށް ގެންދާ މި ލޯނު ދެއްކުމަށް 10 އަހަރުގެ މުއްދަތެއް ލިބޭނެކަމަށާއި، އަދި ލޯނު ދައްކަން ފަށަން ޖެހޭނީ ސިސްޓަމް ގަންނަތާ 6 މަސްދުވަސް ފަހުން ކަމަށް ވެސް ބުނެފައިވެއެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ