މާލެ: 31°C

އަމިއްލަ މަސައްކަތްކުރާ މީހުން ބިޒްނަސް ސެންޓަރ ކޯޕަރޭޝަން ގައި ރަޖިސްޓަރީވާން ހުޅުވާލައިފި

އަމިއްލަ މަސައްކަތްކުރާ މީހުން ބިޒްނަސް ސެންޓަރ ކޯޕަރޭޝަން ގައި ރަޖިސްޓަރީވާން ހުޅުވާލައިފި
September 27, 2024
2 ފަހަރު ބަލާފައި
އަމިއްލަ މަސައްކަތްކުރާ މީހުން ބިޒްނަސް ސެންޓަރ ކޯޕަރޭޝަން ގައި ރަޖިސްޓަރީވާން ހުޅުވާލައިފި

ރާއްޖޭގައި އަމިއްލަ މަސައްކަތްކުރާ މީހުން ދަފުތަރުކުރުމުގެ މަސައްކަތް ބިޒްނަސް ސެންޓަރ ކޯޕަރޭޝަން އިން ފަށައިފިއެވެ.

ބިޒްނަސް ސެންޓަރ ކޯޕަރޭޝަނުން ބުނެފައިވަނީ އެ މަސައްކަތަކީ ރާއްޖޭގައި އަމިއްލަ މަސައްކަތްކުރާ އެއްމެ ކުދި، ކުދި، އަދި މެދުފަންތީގެ ފަރާތްތަކާއި އެފަރާތްތަކުން މަސައްކަތްކުރާ ދާއިރާތައް ދެނެގަނެ، ވިޔާފާރީގެ ފަހި މާހައުލަކާއި ފުރުސަތުތައް ފަހިކޮށްދިނުމަށްޓަކއި އެކުލަވާލާ ދަފްތަރެއް ކަމަށެެ.

އެގޮތުން އެސެންޓަރުންވަނީ އަމިއްލަ މަސައްކަތް ކުރާ ފަރާތްތައް ދަފްތަރުވުމަށްޓަކައި އަމަލުކުރާނެ ގޮތުގެ އުސޫލެއްވެސް އެކުލަވާލާފައެވެ. އެ އުސޫލާ އެއްގޮތައް މިއަދުން ފެށިގެން ރަޖިސްޓްރީ ވުމުގެ ކަންކަން އޮންލައިން ޕޯޓަލް އެއް މެދުވެރިކޮށް ކުރިއަށް ގެނެދެވޭނެ އިންތިޒާމު ހަމަޖެހިފައިވާނެ ކަމަށްވެސް އެސެންޓަރުން ބުނެފައޮވެއެވެ. އަދި އެ ސެންޓަރުގެ ވެބްސައިޓުގައިވެސް ޕޯޓަލްގެ ލިންކު ހިއްސާ ކޮސްފައިވާނެކަމަށް ވަނީ ބުނެފައެވެ.

އިތުރަށް އެސެންޓަރުން ބުނެފައިވަނީ އެސެންޓަރުގައި ރަޖިސްޓްރީ ވުމުގައި އެހީތެރިކަން ބޭނުންވާ ފަރާތްތަކުން މާލޭގައި ހުންނަ އެސެންޓަރުގެ މައި އޮފީހާއި އަތޮތެރޭގައި އެސެންޓަރުގެ އޮފީސްތައް ގާއިމްކޮށްފައިވާ ރަށްރަށުގެ ސެންޓަރުތަކުން ރަސްމީ ގަޑީގައި އެހީތެރިކަން ފޯރުކޮށްދޭނެ އިންތިޒާމުވެސް ހަމަޖައްސާފައިވާނެކަމަށެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ