މާލެ: 31°C

އައިއެމްއެފްގެ ޓީމެއް އަންނަ މަހު ރާއްޖެއަށް

އައިއެމްއެފްގެ ޓީމެއް އަންނަ މަހު ރާއްޖެއަށް
September 26, 2024
2 ފަހަރު ބަލާފައި
އައިއެމްއެފްގެ ޓީމެއް އަންނަ މަހު ރާއްޖެއަށް

އިންޓަނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް)ގެ މިޝަނެއް އަންނަ މަހު ރާއްޖެއަށް އަންނަ ގޮތަށް ހަމަޖެހިއްޖެ އެވެ.

ފިނޭންސް މިނިސްޓްރީން ބުނީ އެ މިޝަނުން ރާއްޖެ އައުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ އަށްވަނަ ދުވަހު ކަމަށެވެ. އަދި 16 ވަނަ ދުވަހާ ހަމައަށް އެބޭފުޅުން ރާއްޖޭގައި ތިއްބަވާނެ ކަމަށެވެ. މިޝަންގައި ރާއްޖެ އަންނަ ފަރާތްތަކުން ސަރުކާރު ހިއްސާވާ ކުންފުނިތަކާ ގުޅޭ ގާނޫނެއް ހެދުމަށްޓަކައި ކުންފުނިތަކުގެ ގަވާނަންސްގެ އިތުރުން ޒިންމާދާރުކުރުމުގެ ނިޒާމު ފަދަ ކަންކަން ރާއްޖޭގައި އޮތް ގޮތް ބައްލަވާނެ ކަމަށް މިނިސްޓްރީން ބުންޏެވެ. އައިއެމްއެފްއަކީ ދުނިޔޭގެ އެކި ގައުމުތަކުގައި މާލީ ހަމަޖެހުން ކަށަވަރުކުރުމާއި، އިގުތިސާދީ ގޮތުން ކުރިއެރުވުން ފަދަ ކަންކަމަށް މަސައްކަތްކުރާ ޖަމިއްޔާ އެކެވެ. އައިއެމްއެފްގެ ވަފްދެއް ރާއްޖެ އައުމަށް ހަމަޖެހިފައި މިވަނީ ރާއްޖޭގެ އިގްތިސާދީ ހާލަތު ނުރައްކާތެރި ފައްތަރެއްގައި ވަނިކޮށެވެ. އައިއެމްއެފް އިން މީގެ ކުރިން ވަނީ ޗައިނާއަށް އިންތިހާއަށް ބަރޯސާވުމުގެ ސަބަބުން އިގުތިސާދީ ގޮތުން ދަރަނީގެ ދަތިކަމެއް ރާއްޖެއަށް ކުރިމަތިވެފައިވާ ކަމަށް ވެސް ބުނެފަ އެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ