މާލެ: 31°C

ތޫނުފިލިކަމާއި ލޮލުގެ ކޮއިގެ ކުޑަބޮޑުމިނާ ގުޅުމެއްވޭ: ދިރާސާ

ތޫނުފިލިކަމާއި ލޮލުގެ ކޮއިގެ ކުޑަބޮޑުމިނާ ގުޅުމެއްވޭ: ދިރާސާ
September 26, 2024
2 ފަހަރު ބަލާފައި
ތޫނުފިލިކަމާއި ލޮލުގެ ކޮއިގެ ކުޑަބޮޑުމިނާ ގުޅުމެއްވޭ: ދިރާސާ
ވިސްނުމާއި ތަޖުރިބާ އާއި އިހުސާސްތަކުގެ ޒަރިއްޔާއިން ޢިލްމާއި ކަންކަން ދެނެގަތުމުގައި ލޮލުގެ ކޮއިގެ ކުޑަބޮޑުމިން އެކަމުގައި ބޮޑު ރޯލެއް އަދާކުރާކަން ސައިންސްވެރިން ހޯދައިފިއެވެ. އެގޮތުން ލޮލުގެ ކޮއި ބޮޑުވާވަރަކަށް ވިސްނުންތޫނުވާ ކަމަށާއި، ނަމަވެސް ވިސްނުމާ ގުޅޭ ކަންކަމަކީ ސިކުނޑީގައި ހިނގާ ކަމަކަށްވާތީ އެކަން އިތުރައް ދިރާސާކުރައްޖެހޭކަމަށް ބުނެފައިވެއެވެ. މީހެއްގެ ލޮލަށް ބަލާލާފައި ބުނެދޭން އިނގެނީ ކޮން ވާހަތަކެއް؟ މީހެއްގެ ލޮލަށް ބަލާލާފައި އެމީހާގެ އިމޯޝަންތައް ހުރިގޮތެއް ތަސައްވަރު ކުރެވިދާނެއެވެ. އެގޮތުން އެމީހާ އެވަގުތު ހުރީ ހިތްހަމަޖެހިގެންތޯ، އެމީހާ އެވަގުތު ހުރީ ވަރުބަލިވެފަތޯ، އެމީހާ އެވަގުތު ހުރީ ރުޅިއައިސްތޯ ދެނެގަނެވިދާނެއެވެ. ލޮލުން މީހާގެ އިމޯޝަންސް ދެނެގަތުމުގެ އިތުރުން އެމީހާގެ ތޫނުފިލިކަންވެސް ދެނެގަނެވިދާނެކަމަށް ޖޯޖިއާ އިންސްޓިޓިއުޓް އޮފް ޓެކްނޮލޮޖީގައި ކުރި ދިރާސާއަކުން މިހާރުވަނީ ހާމަވެފައެވެ. ދިރާސާއިން ހާމަވީގޮތުގައި ލޮލުގެ ކޮއި ބޮޑުކޮށް ހުންނަ މީހުންނަކީ ތޫނުފިލިކަން އިތުރު ބައެކެވެ. އެކަން ހާމަވީ ހާއްސަ ވަސީލަތްތައް ބޭނުންކޮށްގެން ޕިއުޕިލް ގެ ސައިޒު ދެނެގަނެ ލޮލުގެ ކޮއިގެ ސައިޒު ގެ ސަބަބުން އެ މީހުންގެ ހުނަރާއި، އާއި ހަނދާންކުރުމާއި، އަދި ސަމާލުކަން ދޭ މިންވަރު ދެނެގަތުމަށް ކުރި ޓެސްޓުތަކުންނެވެ. ދިރާސާގެ ކުރިންވެސް ސައިންސްވެރިން ވަނީ އެކަމާގުޅުންހުރި 2 ދިރާސާއެއްކޮށްފައެވެ. އެގޮތުން އެ ދިރާސާއިންވެސް ލޮލުގެ ލޮލުގެ ކޮއިގެ ސައިޒާ ތޫނުފިލިކަމާ ގުޅުންވާކަން ދެނެގަނެވިފައިވީނަމަވެސް މިފަހަރުގެ ދިރާސާއިން އެކަން ވަރަށް ބޮޑަށް ކަށަވަރުކުރެވިފައިވާކަމަށް އެ ދިރާސާގައި ބަޔާންކޮސްފައިވެއެވެ. ދިރާސާގެ ބައިވެރިވި ސައިންސްވެރިން ބުނެފައިވަނީ ސައިންޓިފިކް އެއްވެސް ވަސީލަތަކާނުލާވެސް ލޮލުގެ ލޮލުގެ ކޮއިގެ ސައިޒް މީހެއްގެ ލޮލަށް ބަލައިގެން ވަޒަންކުރެވިދާނެކަމަށާއި އަދި އެމީހާގެ ތޫނުފިލިކަމާ ފެނުނު ނަތީޖާއާއ ހުރި ގުޅުން ވަޒަންކޮށްލެވިދާނެކަމަށެވެ. އެޓްލާންޓާ ސަރަހައްދުން 18 އަހަރާއި 35 އަހަރާ ދެމެދުގެ 500 އަށް ވުރެ ގިނަ މީހުން ބައިވެރިވި ކޮށްގެން ކުރި ދިރާސާގައި ލޮލުގެ ކޮއިގެ ސައިޒުތައް އެކަމަށް ހާއްސަ އާލާތްތައް ބޭނުންކޮށްގެން ބަލާފައިވާ ކަމަށާއި އެވްރެޖްކޮށް ލޮލުގެ ކޮއިގެ ޑައިމީޓަރ ގައި ހުންނަނީ ދެމިލިމީޓަރާއި އަށް މިލިމީޓަރާއި ދެމެދުގެ މިންވަރެއްކަމަށްވެސް އެދިރާސާއިން ވަނީ ދައްކާފައެވެ. މި އެކްސްޕެރިމެންޓުގެ އަނެއް ބަޔަކީ ސަބްޖެކްޓްތަކުން "ފްލުއިޑް އިންޓެލިޖެންސް" (އާ މައްސަލަތަކާ ކުރިމަތިލާން ޖެހިއްޖެ ނަމަ ވިސްނުމުގެ ގާބިލުކަން)، "ވޯކިން މެމޮރީ ކެޕޭސިޓީ" (ޒަމާނާ އެކު މައުލޫމާތު ހަނދާން ހުރި މިންވަރު) އަދި "އެޓެންޝަން ކޮންޓްރޯލް" (ސަމާލުކަން ކުޑަކޮށް ނަމަވެސް ސަމާލުކަން ފޯކަސް ކުރުމުގައި ދެމިތިބުމުގެ ގާބިލުކަން) އިވެލުއޭޓްކުރާ ކޮގްނިޓިވް ޓެސްޓުތަކެއް ހެދުމެވެ. ދިރާސާގެ ނިންމުންތަކަކީ ބޭސްލައިން ލޮލުގެ ކޮއިގެ ސައިޒް ބޮޑުވުމަކީ ފްލުއިޑް އިންޓެލިޖެންސް އިތުރުވުމާއި، އެޓެންޝަން ކޮންޓްރޯލް އިތުރުވުމާއި، ވޯކިން މެމޮރީ ކެޕޭސިޓީ އާއިވެސް ކުޑަ މިންވަރަކަށް ނަމަވެސް ގުޅިފައިވާ ކަމެއް ކަމަށެވެ. ދިރާސާއިން ސައިންސްވެރިންނަށް އެނގުނު ގޮތުގައި އުމުރުން ދުވަސްވީވަރަކަށް ލޮލުގެ ލޮލުގެ ކޮއިގެ ސައިޒު ކުޑަވެއެވެ. އުމުރުން ދުވަސްވީ މީހުންގެ ކޮންސްޓްރިކްޓެޑް ޕިއުޕިލް ހުރިނަމަވެސް އުމުރަށް ބެލިއިރު ލޮލުގެ ކޮއިގެ ސައިޒް ތޫނުފިލިކަމާ އޮންނަގުޅުން އަދިވެސް ދެމިއޮންނަ ކަން ވަނީ ދެނެގަނެވިފައެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ