މާލެ: 31°C

ބިޒްނަސް ސެންޓަރ ކޯޕަރޭޝަނާއެކު ހުޅުމާލޭގައި ގުދަން އިމާރާތެއް ހެދުމަށް ޝައުގުވެރިވާ ފަރާތެއް ހޯދަނީ

ބިޒްނަސް ސެންޓަރ ކޯޕަރޭޝަނާއެކު ހުޅުމާލޭގައި ގުދަން އިމާރާތެއް ހެދުމަށް ޝައުގުވެރިވާ ފަރާތެއް ހޯދަނީ
September 26, 2024
2 ފަހަރު ބަލާފައި
ބިޒްނަސް ސެންޓަރ ކޯޕަރޭޝަނާއެކު ހުޅުމާލޭގައި ގުދަން އިމާރާތެއް ހެދުމަށް ޝައުގުވެރިވާ ފަރާތެއް ހޯދަނީ
ކުދި އަދި މެދުފަންތީގެ ވިޔާފާރި ކުރާ ފަރާތްތަކަށް މުދާ ގުދަންކުރެވޭނެ އިމާރާތެއް އެޅުމަށް ޝައުގުވެރިކަން ހުރި ފަރާތެއް ހޯދުމަށް ބިޒްނަސް ސެންޓަރ ކޯޕަރޭޝަނުން ހުޅުވާލައިފިއެވެ.

އެއް ބުރިއަށްވުރެ ގިނަ ބުރިތަކަކަށް ހެދުމަށް ހަމަޖެހިފައިވާ ގުދަން އިމާރާތް ބިޒްނަސް ސެންޓަރ ކޯޕަރޭޝަނާއެކު ޖޮއިންޓް ވެންޗަރ ހަދައިގެންނާއި، ކޮންޓްރެކްޓަރ ފައިނޭންސް އަދި ލީސް މޮޑެލްއަށް އެ މަސައްކަތް ކުރުމަށް ހުށަހެޅިދާނެ ކަމަށް އެ ސެންޓަރުން ކޮސްފައިވާ އިއުލާނުގައި ވެއެވެ.

ހުޅުމާލޭގައި ތަރައްގީކުރުމަށް ހަމަޖެހިފައިވާ ވެއާހައުސް އިމާރާތް ފަރުމާކުރުމާއި، އިންޖިނިއަރިންގ އަދި ކޮންސްޓްރަކްޝަން ޕްރޮޕޯސަލް ގައި ހިމަނައި ހުށަހެޅުމަށް އެ ސެންޓަރުން ކޮށްފައިވާ އިޢުލާނާ ގުޅިގެން އެއް ފަރާތައްވުރެ ގިނަ ފަރާތުން ޕްރޮޕޯސަލް ހުށަހަޅައިފިނަމަ މަސައްކަތް ޚަވާލުކުރާނެ ފަރާތެއް ކަނޑައެޅުމުގައި ފައިނޭންސިންގ ކެޕޭސިޓީއާއި ތަޖުރިބާ އާއި ޓެކްނިކަލް ކަންކަމަށާއި އަދި ހުށަހަޅާފައިވާ ކޮންސެޕްޓަށް ބަލާނެކަމަށްވެސް އިއުލާނުގައި ވެއެވެ. އެސެންޓަރުން ކޮށްފައިވާ އިޢުލާނާ އެކު އެކްސްޕްރެޝަން އޮފް އިންޓަރެސްޓް (އީއޯއައި) ހުށަހެޅުމަށް ބޭނުންވާ މައުލޫމާތާއި ފޯމުތައް އެޓޭޗްކޮށްފައިވާނެކަމަށްވެސް އެ ސެންޓަރުގެ އިޢުލާނުގައި ވެއެވެ.

ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށާއި، ކުދި އަދި މެދުފަންތީގެ ވިޔަފާރި ކުރިއެރުވުމަށް ޓަކައި ކަމާގުޅުންހުރި ފަރާތްތަކާ ގުޅިގެން އެ ސެންޓަރުން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ