މޫސުމީ ނުރައްކާތަކުން ސަލާމަތްވާން އަމިއްލަ ވަޒަން ދޫކޮށް ދިވެހިން ނުދާނެ

މޫސުމީ ނުރައްކާތަކުން ސަލާމަތްވާން އަމިއްލަ ވަޒަން ދޫކޮށް ދިވެހިން ނުދާނެ
ލިޔުން:
ދިވެހިންނަކީ މޫސުމަށް އަންނަ ބަދަލުތަކާއި ގުޅިގެން ކުރިމަތިވާ ނުރައްކާތަކުން ސަލާމަތްވުމަށް އަމިއްލަ ވަޒަން ދޫކޮށް ދާނެ ބައެއް ނޫންކަމަށާއި، އެކަންކަމުން ސަލާމަތްވުމަށް ކުރެވެން ހުރި މަސައްކަތްތައް ކުރުމުގައި ދެމިތިބޭނޭކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ ކަނޑުގެ ލޮނުގަނޑު އުފުލުމާއި އެކަމުގެ ސަބަބުން ކުރިމަތިވާ ނުރައްކާތަކާއި ގުޅޭގޮތުން އދ.ގެ އާންމު މަޖިލީހުގެ 79 ވަނަ ސެޝަންގެ ތެރެއިން ބޭއްވި ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.
"ދިރިއުޅުން ބިނާވެފައިވާ މަސައްކަތް، އިޖްތިމާޢީ-އިޤްތިޞާދީ ގޮންޖެހުންތައް އަދި ކަނޑުގެ ލޮނުގަނޑު އުފުލުމާއި ތަރިކައާ ސަޤާފަތާ ހުރިގުޅުން" މައުޟޫޢެއްގެ ގޮތުގައި ކަނޑައަޅައިގެން ކުރިއަށް ގެންދިޔަ މި ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ރާއްޖޭގެ ރަށްތަކުގެ ތެރެއިން 80 އިންސައްތަ ރަށުގެ އުސްމިނާއި ކަނޑުގެ ލޮނުގަނޑާއި ދެމެދު ހުންނަނީ މީޓަރަކަށްވުރެ ކުޑަ ފަރަގެއް ކަމަށެވެ. އަދި ރާއްޖޭގެ އާބާދީގެ ގާތްގަނޑަކަށް 2 ބައި ކުޅަ އެއްބައި މީހުން ދިރިއުޅެނީ ކަނޑުގެ އައްސޭރި ފަށާއި ވަރަށް ކައިރީގައިކަންވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ކަނޑުގެ ލޮނުގަނޑު އުފުލެމުންދާތީ ރާއްޖެއިން ދިޔައީ އެކަމުގެ ނުރައްކަލުގެ ރަނގަބީލު 1987 ވަނަ އަހަރުން ފެށިގެން ޖަހަމުންކަމަށެވެ. ނަމަވެސް މިހާތަނަށް އައިރުވެސް އެކަމަށް ހައްލެއް ނުހޯދި، އެ މައްސަލަ ވަނީ އިތުރަށް ބޮޑުވެފައިކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ މޫސުމަށް އަންނަ ބަދަލުތަކާއި ގުޅިގެން ބައެއް ގައުމުތަކުގެ މީހުން އެހެން ތަންތަނަށް ހިޖުރަކުރަމުން ދިޔަނަމަވެސް އެއްވެސް ދިވެއްސަކު އަމިއްލަ ވަޒަން ދޫކޮށް ދާން ބޭނުންނުވާނެ ކަމަށެވެ. އެހެންކަމުން މޫސުމަށް އަންނަ ބަދަލުތަކުން ލިބޭ ނުރައްކާތަކުން އަމިއްލަ ވަޒަން ހިމާޔަތްކުރުމުގައި ދިވެހިން ދެމިތިބޭނެކަމަށާއި، އަދި އެމަސައްކަތުގައި ކާމިޔާބު ހޯދޭނެ ކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
މި ސެޝަނުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ ކަނޑުގެ ލޮނުގަނޑު އުފުމުގެ ސަބަބުން ކުރިމަތިމާ ނޭދެވޭ އަސަރުތައް ބައިނަލްއަޤްވާމީ މުޖުތަމަޢުން ބަލައިގަތުމަށް އެދިވަޑައިގެންފައެވެ. އަދި އެ މަނިކުފާނު ވަނީ މިކަމާގުޅޭ ގޮތުން މައިގަނޑު ތިން ނުކުތާއެއް ފާހަގަކުރައްވާފައެވެ.
ފުރަތަމަ ކަމަކަށް އިޤްތިޞާދު ސިންދަފާތުކުރުމާއި އަދި ކަނޑުފަޅުގެ ދިރުންތަކުގެ މައްޗަށް ބިނާވެފައިވާ އަދި ދެމެހެއްޓެނިވި ގޮތެއްގައި ކުރާ ދިރިއުޅުމުގެ މަސައްކަތްތައް ޙިމާޔަތްކުރަންޖެހޭކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.
ދެވަނަ ކަމަކަށް ޒުވާނުން އަދި އަންހެނުންނަށް އިސްކަންދީގެން މުޖުތަމަޢުތައް ބާރުވެރިކޮށް، ސަޤާފަތާއި ތަރިކަ އަދި އަމިއްލަވަންތަކަން ޙިމާޔާތްކުރުމުގެ މުހިންމުކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.
ތިންވަނަ ކަމަކަށް، ކަނޑުގެ ލޮނުގަނޑު އުފުލުގެ ނުރައްކަލާ އެއްވެސް ޤައުމެއް ގިނިކަންޏާ ކުރިމަތިލައި، ޙައްލު ހޯދަންޖެހިގެންނުވާނެ ކަމުގައި އެމަނިކުފާނު ވިދާޅުވެ، އަދި މި މައްސަލައިގައި މުޅި ބައިނަލްއަޤްވާމީ މުޖުތަމަޢުން މަސައްކަތް ކުރަންޖެހޭކަން އެ މަނިކުފާނު ފާހަގަކުރެއްވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅު ނިންމަވާލައްވަމުން، އަންނަން އޮތް ޖީލުތަކުގެ ދިރިއުޅުމަށާއި ސަޤާފަތްތައް ހިމާޔަތްކުރެވިފައިވާ އަމާން މުސްތަޤްބަލެއް ލިބެންޖެހޭކަން ފާހަގަކުރައްވައި، މިކަމުގައި ހަރުދަނާ ގޮތްތަކެއް ނިންމުމަށް ގޮވާލެއްވިއެވެ. އަދި މިކަމަށް އެދެވޭ ޙައްލެއް ނުހޯދޭކަމުގައިވާނަމަ، މިތަނަށް އެއްވެ މިތިބި ބޭނުމާމެދު ސުވާލު އުފެދޭ ކަމުގައި އެ މަނިކުފާނު ވިދާޅުވިއެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

ފުލުހުން ބަލައިފާސްކުރަން ފެށުމުން އަތުގައި އޮތް މަސްތުވާއެއްޗެއް އެއްލާލި މީހަކު ބ މާޅޮހުން ހައްޔަރުކޮށްފި

ކަރަންޓާއި ފެނުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް އޭޑީބީ އިން ރާއްޖެއަށް 50 މިލިއަން ޑޮލަރުގެ އެނާޖީ ސެކިއުރިޓީ އިމަޖެންސީ ލޯނެއް ދޫކުރަން ނިންމައިފި

މަސްތުވާތަކެތި ވިއްކާ މީހަކު ހުޅުދޫ އިން ހައްޔަރުކޮށްފި

ތަފާތު ރަށްރަށާއި ތަފާތު ޖަމާޢަތްތަކާއި ތަފާތު ސަގާފަތްތަކުގެ އަހުލުވެރި ޒުވާނުންނަށް ތަޖުރިބާކުރެވެނީ ތަފާތު ޙަޤީޤަތްތަކެއް: ރައީސް

މަސްތުވާތަކެތީގެ މައްސަލައެއް ސާބިތުވެ މާއުނގޫދޫ ޒުވާނަކު 25 އަހަރަށް ޖަލަށް ލައިފި

ކުރިއަށް އޮތް 3 ހަފްތާގައި ބޭންކު ތަކަށް ދޫކުރާ ޑޮލަރުގެ މިންވަރު 51 އިންސައްތަ އިތުރުކުރަން އެމްއެމްއޭ އިން ނިންމައިފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
