މާލެ: 31°C

ވޭޕާއި ސިނގިރޭޓް ރާއްޖޭގައި މަނާކުރުމަށް ގޮވާލައިފި

ވޭޕާއި ސިނގިރޭޓް ރާއްޖޭގައި މަނާކުރުމަށް ގޮވާލައިފި
September 26, 2024
2 ފަހަރު ބަލާފައި
ވޭޕާއި ސިނގިރޭޓް ރާއްޖޭގައި މަނާކުރުމަށް ގޮވާލައިފި

ދުންފަތުގެ ބާވަތްތަކާއި ވޭޕް ރާއްޖެއަށް އެތެރެކުރުން މަނާކުރަން ރާއްޖޭގެ ޑޮކްޓަރުންގެ ޖަމިއްޔާއިން ގޮވާލައިފި އެވެ.

މޯލްޑިވްސް މެޑިކަލް އެސޯސިއޭޝަން (އެމްއެމްއޭ) އިން ނެރުނު ބަޔާނުގައި ބުނީ ރާއްޖެއާއި މުޅި ދުނިޔެއަށްވެސް މިއަދު އޮތް އެންމެ ބޮޑު ގޮންޖެހުމަކީ ގައިން ގަޔަށް ނާރާ ބަލިތައް ކަމަށެވެ. މިފަދަ ބަލިތަކަށް ހުށަހެޅުމަށް ދުންފަތް މުހިއްމު ދައުރެއް އަދާކުރާ ކަމަށް ބަޔާނުގައިވެ އެވެ. ބަޔާނުގައި ބުނެފައިވަނީ ދުންފަތުގައި އެތައްހާސް ވިހަ ކެމިކަލް މާއްދާ ހިމެނޭއިރު މީގެތެރެއިން 70 މާއްދާ އަކީ ކެންސަރަށް މަގުފަހިވާ މާއްދާތަކެއް ކަމަށެވެ. މީގެއިތުރުން ދުންފަތުގެ ދުމުގެ އަސަރުކުރުމުން ކުޑަކުދިންނަށް ނޭވާ ހިއްލުމާއި ފުއްޕާމޭގައި ޖަރާސީމު އަށަގަތުމާއި ލޭގެ ކެންސަރު ޖެހުން ފަދަ މައްސަލަތައް ދިމާވާ ކަމަށްވެސް ބަޔާނުގައިވެ އެވެ. އެމްއެމްއޭ އިން ބުނި ގޮތުގައި ފުއްޕާމޭގެ ކެންސަރު ބަލީގެ 85 ޕަސެންޓް ސަބަބަކީ ދުންފަތާއި އޭގެ ދުމެވެ. އެހެންވެ ރާއްޖެއަށް ދުންފަތުގެ ބާވަތްތަކާއި ވޭޕް އެތެރެކުރުން މަނާކުރަން ފިޔަވަޅުތައް އެޅުމަށް ބަޔާނުގައިވެ އެވެ. ދުނިޔޭގެ 34 ގައުމަކުން ވޭޕް އެތެރެކުރުން މަނާކޮށްފައިވާއިރު އެ ގައުމުތަކުގައި އާންމު ސިއްހަތު ރަނގަޅު ކަމަށްވެސް ބަޔާނުގައި ފާހަގަކޮށްފައިވެ އެވެ. ވޭޕާއި އީ-ސިނގިރެޓަކީ ދުންފަތަށް ވުރެ ގެއްލުން ކުޑަ އެއްޗެއް ކަމަށް ބުނި ނަމަވެސް ވޭޕާއި އީ-ސިނގިރޭޓުގައި ހިމެނޭ މެންތޯލް އަދި ސިނަމަން ފަދަ ފްލޭވާތަކަކީ ފުއްޕާމޭ ހަލާކުކުރާ މައިގަނޑު ފްލޭވާ ތަކެއް ކަމަށްވެސް ބަޔާނުގައިވެ އެވެ. އަދި އެފަދަ ތަކެތީގައި މަސްތުވާތަކެތި ގަޑުބަޑު ކުރުމުގެ ފުރުސަތު ބޮޑު ކަމަށްވެސް ފާހަގަކޮށްފައިވެ އެވެ. ދުންފަތުގެ ބާވަތްތަކާއި ވޭޕް ރާއްޖެއަށް އެތެރެކުރުން މަނާކޮށްދިނުމަށް މީގެކުރިންވެސް ބައެއް ޖަމިއްޔާތަކުން ރައީސް ޑރ. މުހައްމަދު މުއިއްޒަށް ހުށަަހަޅާފައިވެ އެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ