
ރައީސް އަވަހާރަކޮށްލާނެ ކަމަށް އިންޒާރުދިން މައްސަލައެއްގެ ތަހުގީގު ފަށައިފި
ރައީސް އަވަހާރަކޮށްލާނެ ކަމަށް އިންޒާރުދިން މައްސަލައެއްގެ ތަހުގީގު ފަށައިފި
ލިޔުން:
ރައީސް ޑރ. މުހައްމަދު މުއިއްޒު އަވަހާރަކޮށްލަން މީހަކު އިންޒާރު ދިން މައްސަލައެއް ފުލުހުން ބަލަން ފަށައިފި އެވެ.
ފޭސްބުކުގައި ކޮމެންޓެއް ކުރަމުން ރައީސް އަވަހާރަކުރާނެ ކަމުގެ އިންޒާރު ދިނީ "އަބްލޯ މްޔަދު ޔޮސެފް" ނަމުގައިވާ އެކައުންޓުންނެވެ.
ފުލުހުންގެ ތަރުޖަމާނު އަހުމަދު ޝިފާން ވިދާޅުވީ އެ މައްސަލަ ފުލުހުންގެ ސަމާލު ކަމަށް އައިސްފައިވާ ކަމަށާއި ސީރިއަސް މައްސަލައެއް ގޮތުގައި ބަލަމުންދާ ކަމަށެވެ.
ރާއްޖޭގައި ވެސް ރައީސުންނަށް ހަމަލާ ދިނުމުގެ މާޒީއެއް އެބަ އޮތެވެ.
ކުރީގެ ރައީސް މައުމޫން އަބްދުއްގައްޔޫމަށް 2002 ވަނަ އަހަރު ހއ. ހޯރަފުއްޓަށް ވަޑައިގެން ބަނދަރުގައި ހުންނަވަނިކޮށް ވަޅިން ހަމަލާއެއް އަމާޒުވި އެވެ. އެ ފަހަރު އެމަނިކުފާނު ސަލާމަތްވީ، އެމަނިކުފާނު އަރިހުގައި ތިބި ސްކައުޓް ދަރިވަރުން ވެސް އެމަނިކުފާނު ދިފާއުކޮށް ދިނިތީ އެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ވެސް އެމަނިކުފާނު ވެރިކަމުގައި ހައްޖުގެ ދަތުރުފުޅަކަށް ފަހު، އަނބިކަނބަލުންނާ އެކު މާލެ ވަޑައިގެންނެވި ދުވަހު ލޯންޗުގައި އެއްޗެއް ގޮއްވާލާފައިވެ އެވެ.
ކުރީގެ ރައީސް މުހައްމަދު ނަޝީދު، މަޖިލީހުގެ ރައީސަކަށް ހުންނަވަނިކޮށް 2021 ވަނަ އަހަރު މެއި މަހު ހައެއްގައި ދިން ބޮމުގެ ހަމަލާގައި ސަލާމަތްވީ ކިރިޔާ އެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

އަބްދުﷲ ޝާހިދުގެ ބަންދަށް 30 ދުވަސް ޖަހައި

މަސްތުވާތަކެތީގެ މައްސަލައެއްގައި އަންހެނަކާ 3 ފިރިހެނަކު މާލެއިން ހައްޔަރުކޮށްފި

ކުޑަ ކުއްޖަކާ ބެހުނު މައްސަލައެއްގައި އަބްދުﷲ ޝާހިދު ހައްޔަރުކޮށްފި

ރަތްޔިތުންގެ ވޯޓަކާ ނުލައި ރަސްމާލެ ވިއްކާލާނަމަ އިހުތިޖާޖުކުރަން އެމްޑީޕީ އިން ނިންމައިފި

އިޓްލޮސް މައްސަލާގައި ކަނޑުން ބައެއް ގެއްލުނީ އިހުމާލުންތޯ ބަލަން ކޮމިޝަނެއް އުފައްދައިފި

ސްކޭމްކޮށްގެން ފައިސާ ފޭރޭ ކަމުގެ ތުހުމަތުގައި 4 މީހަކު ހައްޔަރުކޮށްފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
