
ހައްޖުކޯޕަރޭޝަނުން ހުޅުމާލޭގައި "ނިއަމް ރެސިޑެންސް" ގެ ނަމުގައި ހައުސިންގ މަޝްރޫޢު އެއް ހިންގަނީ
ހައްޖުކޯޕަރޭޝަނުން ހުޅުމާލޭގައި "ނިއަމް ރެސިޑެންސް" ގެ ނަމުގައި ހައުސިންގ މަޝްރޫޢު އެއް ހިންގަނީ
ލިޔުން:
ހައްޖުކޯޕަރޭޝަނުން ހުޅުމާލޭގައި ހައުސިންގ މަޝްރޫޢުއެއް ހިންގުމަށް ނިންމައި އެ މަޝްރޫޢުގެ ޑިޒައިން ކުރުމަށް ފަހިދިރިއުޅުން ކޯޕަރޭޝަނާ މިއަދު ޙަވާލުކޮށްފިއެވެ.
ހައުސިންގ މަޝްރޫޢު ޑިޒައިން ކުރުމުގެ އެއްބަސްވުމުގައި ސޮއިކުރުމަށްޓަކއި ބޭއްވި ރަސްމިއްޔާތުގައި އެފްޑީސީގެ ފަރާތުން އެ އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ހަމްދާން ޝަކީލް އެވެ. ހައްޖުކޯޕަރޭޝަނުގެ ފަރާތުން ސޮއިކުރެއްވީ އެ ކޯޕަރޭޝަނުގެ މެނޭޖިންގ ޑައިރެކްޓަރ މުޙައްމަދު ޝަކީލް އެވެ.
އެ އެއްބަސްވުމާ ގުޅޭގޮތުން ފަހިދިރިއުޅުން ކޯޕަރޭޝަނުން އާއްމުކޮސްފައިވާ މައުލޫމާތުގައި ބުނެފައިވަނީ އެ އެއްބަސްވުމަކީ ހައްޖުކޯޕަރޭޝަނުން ހުޅުމާލޭގައި ތަރައްގީކުރާ "ނިއަމް ރެސިޑެންސް" ހައުސިންގ މަޝްރޫއުގެ ޑިޒައިން މަސައްކަތް ކޮށްދިނުމަށްޓަކައި ވެފައިވާ އެއްބަސްވުމެއްކަމަށާއި، އޭގެ އިތުރުން މިނިސްޓަރީ އޮފް އިސްލާމިކު އެފެއާޒްއާއި މޯލްޑިވްސް ގޭސްއާއިއެކުވެސް އެފަދަ އެއްބަސްވުންތައް ހަދާފައިވާ ކަމަށެވެ.
މިއަހަރުގެ އޯގަސްޓް މަހު ހައްޖުކޯރޭޝަނުން ވަނީ ހުޅުމާލެއިން 50000 އަކަފޫޓުގެ ބިމެއް ގަނެ ކޮންޓްރެކްޓަރ ފައިނޭންސް ގެ އުސޫލުން އޮފީސް އިމާރާތެއް އެޅުމަށްޓަކައި 79 މިލިއަން ރުފިޔާއަށް މެޑްޓެކް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާ ޙަވާލުކޮސްފައެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

އަބްދުﷲ ޝާހިދުގެ ބަންދަށް 30 ދުވަސް ޖަހައި

މަސްތުވާތަކެތީގެ މައްސަލައެއްގައި އަންހެނަކާ 3 ފިރިހެނަކު މާލެއިން ހައްޔަރުކޮށްފި

ކުޑަ ކުއްޖަކާ ބެހުނު މައްސަލައެއްގައި އަބްދުﷲ ޝާހިދު ހައްޔަރުކޮށްފި

ރަތްޔިތުންގެ ވޯޓަކާ ނުލައި ރަސްމާލެ ވިއްކާލާނަމަ އިހުތިޖާޖުކުރަން އެމްޑީޕީ އިން ނިންމައިފި

އިޓްލޮސް މައްސަލާގައި ކަނޑުން ބައެއް ގެއްލުނީ އިހުމާލުންތޯ ބަލަން ކޮމިޝަނެއް އުފައްދައިފި

ސްކޭމްކޮށްގެން ފައިސާ ފޭރޭ ކަމުގެ ތުހުމަތުގައި 4 މީހަކު ހައްޔަރުކޮށްފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
