މާލެ: 31°C

ތަރައްގީގެ މަޝްރޫޢުތައް ހިންގުމަށްޓަކައި 3 ބިލިއަން ރުފިޔާގެ ލޯނު މިއަހަރު ނަގައިފި

ތަރައްގީގެ މަޝްރޫޢުތައް ހިންގުމަށްޓަކައި 3 ބިލިއަން ރުފިޔާގެ ލޯނު މިއަހަރު ނަގައިފި
September 25, 2024
2 ފަހަރު ބަލާފައި
ތަރައްގީގެ މަޝްރޫޢުތައް ހިންގުމަށްޓަކައި 3 ބިލިއަން ރުފިޔާގެ ލޯނު މިއަހަރު ނަގައިފި

ތަރައްގީގެ އެކިއެކި މަޝްރޫޢުތައް ހިންގުމަށް ޓަކައި މިއަހަރުގެ މިހާތަނަށް 3 ބިލިއަން ރުފިޔާގެ ލޯނު ސަރުކާރުން ނަގައިފިއެވެ.

މިނިސްޓަރީ އޮފް ފައިނޭންސް އެންޓް ޓްރެޒަރީ އިން އާންމުކޮށްފައިވާ ތަފާސްހިސާބުތަކުގައިވާގޮތުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އައު ޓާމިނަލްގެ މަސައްކަތް ނިންމުމަށްޓަކއި ސައުދީ ފަންޑް ފޯ ޑިވަލޮޕްމެންޓުން 150 މިލިއަން ޑޮލަރުގެ ލޯނު މިއަހަރު ނަގާފައިވެ އެވެ.

އަދި އެސްއެމްއީ އިމްޕެކްޓް ފަންޑަށް ފައިސާ ހޯދުމަށްޓަކއި އިސްލާމިކް ޑިވަލޮޕްމެންޓް ބޭންކުން 10.25 މިލިއަން ޑޮލަރާއި 30 މިލިއަން ޑޮލަރުގެ ލޯނެއް ނަގާފައިވެއެވެ. އޭގެ އިތުރުން  ކުވައިތު ފަންޑުން 10 މިލިއަން ޑޮލަރުގެ ލޯނެއް ރަށްރަށުގައި ހޮސްޕިޓަލް އެޅުމުގެ މަޝްރޫއު ހިންގުމަށްޓަކައި ނަގާފައިވެއެވެ.

މި ސަރުކާރުން ވެރިކަމާ ޙަވާލުވީއިރު ރާއްޖޭގެ ދަރަނި ހުރީ 129 ބިލިއަން ރުފިޔާގައެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ